Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

ޖޯޖީނިއޯ އާސެނަލަށް ބަދަލުވުމުގައި އާޓެޓާގެ "ނުފޫޒު" ވަރަށް ބޮޑު

މީގެ ކުރިން ވެސް އޭނާ އާސެނަލަށް ގެނައުމަށް އާޓެޓާ އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2023 | ބުރާސްފަތި 02:32
ޖޯޖީނިއޯ އާޓެޓާ އާއެކު

ޖޯޖީނިއޯ އާޓެޓާ އާއެކު

ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވުމުގައި އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ވަރަށް ބޮޑަށް "ނުފޫޒު" ފޯރުވި ކަމަށް އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ބުނެފި އެވެ.

ޗެލްސީ ދޫކޮށް ޖޯޖީނިއޯ މިހާރި ވަނީ އާސެނަަލަށް ބަދަލުވެފަ އެވެ. ޖޯޖީނިއޯ ހޯދުމަށް އާސެނަލް އިން ޗެލްސީ އަށް ގާތްގަނޑަކަށް 12 މިލިއަން ޕައުންޑުގެ އަގެއް ދައްކާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އާސެނަލަށް ބަދަލުވުމަށްފަހު ވާހަކަ ދައްކަމުން ޖޯޖީނިއޯ ބުނީ، އޭނާ އެ ކުލަބަށް ގެނައުމުގައި އާޓެޓާގެ ދައުރު ބޮޑު ކަމަށެވެ. އަދި އާޓެޓާ އަކީ އެކަމުގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރި މީހެއް ކަމަށާއި، މީގެ ކުރިން ވެސް އޭނާ އާސެނަލަށް ގެނައުމަށް އާޓެޓާ އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށެވެ. ނަމަވެސް އެފަހަރުތަކުގައި ވެސް އެކަން ކާމިޔާބު ނުވީ އޭނާ ބޭނުންނުވާތީ ނޫން ކަމަށާއި، އެކަމުގައި އޮތީ އެހެން ސަބަބުތަކެއް ކަމަށް ޖޯޖީނިއޯ ބުންޏެވެ. ޖޯޖީނިއޯ ބުނީ އާސެނަލާއެކު މުޅިން އައު ޗެލެންޖަކަށް އޭނާ ތައްޔާރު ކަމަށާއި، އާސެނަލް ޖާޒީގައި ދަނޑަށް އަރާ ކުޅެލުމަށް ވެސް ކެތްމެދުވެފައި ހުރި ކަމަށެވެ. އޭނާ ބުނީ ކުލަބު ބަދަލުވުމުގެ ކަންކަން ކުރިއަށް ދިޔައީ އޭނާ ހީވެސް ނުކުރާހާ އަވަހަށް ކަމަށާއި، ނަމަވެސް އޭނާ ހުރީ ކުޑަ ހައިރާންކަމެއްގެ ތެރޭގައި ކަމަށް ޖޯޖީނިއޯ ބުންޏެވެ. ނަމަވެސް އޭނާ ބުނީ މިއީ ވަރަށް ރަނގަޅު ޗެލެންޖެއް ކަމަށެވެ.

މީގެ އިތުރުން ޖޯޖީނިއޯ ބުނީ އާސެނަލްގެ ޖާޒީ އަކީ ވަރަށް މުހިންމު ޖާޒީއެއް ކަމަށާއި، އެއީ ވަރަށް ތާރީޚީ ޖާޒީއެއް ކަމަށެވެ. އާސެނަލަކީ ވަރަށް ބޮޑު ކުލަބެއް ކަމަށާއި، އެއީ ކުރިއެރުންތަކެއް ލިބޭނެ ކުލަބެއްކަން ފާހަގަކޮށް ޖޯޖީނިއޯ ބުނީ، އާސެނަލްގައި ހުރެވުނީތީ އޭނާ ވަރަށް އުފާވާ ކަމަށެވެ.

ޖޯޖީނިއޯއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އޭނާ އަކީ މިޑްފީލްޑުގައި ކުޅޭ ވަރަށް ވިސްނުންތެރި، ހުނަރުވެރި ކުޅުންތެރިޔެއް ކަމަށެވެ. ޖޯޖީނިއޯ އަކީ ލީޑާޝިޕް ހުރި ކުޅުންތެރިޔެއްކަން ފާހަގަކޮށް އާޓެޓާ ބުނީ، އޭނާ ވަނީ ޕްރިމިއާ ލީގުގައި ވެސް އަދި ޤައުމީ ޓީމުގައި ވެސް އެކަން ސާބިތުކޮށްދީފައި ކަމަށެވެ. އަދި ޖޯޖީނިއޯގެ ކެރިއަރުގައި އޭނާ އަށް އެތައް ކާމިޔާބީތަކެއް ލިބިއްޖެ ކަމަށާއި، ނަަމަވެސް އަދިވެސް އޭނާ ފެންނަނީ އިތުރު ކާމިޔާބީ ހޯދަން ބޭނުންވެފައި ހުރި ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށެވެ. އޭނާ ބުނީ ޖޯޖީނިއޯގެ ސޮއި ލިބުމަކީ އާސެނަލަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އޭނާ އަށް މަރުޙަބާ ކިޔާ ކަމަށެވެ.

ނަޕޯލީ ދޫކޮށް ޖޯޖީނިއޯ ޗެލްސީ އަށް ބަދަލުވީ ވެސް 2018 ވަނަ އަހަރު އެވެ. އޭގެ ފަހުން މިވީ މުއްދަތުގައި އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 213 މެޗުގައި 29 ލަނޑު ޖަހައިފަ އެވެ. ޖޯޖީނިއޯ ވަނީ ޗެލްސީއާއެކު ހަތަރު ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ޔޫރޮޕާ ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ވެސް ހިމެނެ އެވެ. މީގެ އިތުރުން އެފްއޭ ކަޕްގެ ފައިނަލްގައި ތިން ފަހަރު ކުޅުނުއިރު ކަރަބޯ ކަޕްގެ ފައިނަލްގައި ދެ ފަހަރު ވަނީ ކުޅެފަ އެވެ.

އިޓަލީގެ ޤައުމީ ޓީމަށް 46 މެޗު ކުޅެދީފައިވާ ޖޯޖީނިއޯ ވަނީ އެ ޓީމާއެކު 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ތިން ވަނަ ހޯދި އިޓަލީ ޓީމުގައި ވެސް އޭނާ ހިމެނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާޓެޓާގެ ބަލި އަންނަނީ ރަނގަޅުވަމުން: އާސެނަލް

އާޓެޓާގެ ބަލި އަންނަނީ ރަނގަޅުވަމުން: އާސެނަލް

20 މާރިޗު 2020
ކްރިކެޓް ކޯޗުގެ މައްސަލައިގައި ޕާކިސްތާނު އެމްބެސަޑަރ ނުފޫޒު ފޯރުވަނީ!

ކްރިކެޓް ކޯޗުގެ މައްސަލައިގައި ޕާކިސްތާނު އެމްބެސަޑަރ ނުފޫޒު ފޯރުވަނީ!

24 އޮކްޓޯބަރު 2019
ކުޅިވަރުގައި ނުފޫޒު ގަދަވަނީ ކުޅިވަރުގެ ވަޒީރުކަން ވަރަށް އަވަހަށް ސާފުވާނެ: ސުޒެއިން

ކުޅިވަރުގައި ނުފޫޒު ގަދަވަނީ ކުޅިވަރުގެ ވަޒީރުކަން ވަރަށް އަވަހަށް ސާފުވާނެ: ސުޒެއިން

29 ޑިސެމްބަރު 2018
ސައްރީގެ ފަހަތުން ޖޯޖީނިއޯ ވެސް ޗެލްސީއަށް

ސައްރީގެ ފަހަތުން ޖޯޖީނިއޯ ވެސް ޗެލްސީއަށް

15 ޖުލައި 2018
ސިޓީއަށް ނޫނެކޭ ބުނެވެން ނެތް: ޖޯޖީނިއޯ

ސިޓީއަށް ނޫނެކޭ ބުނެވެން ނެތް: ޖޯޖީނިއޯ

31 މެއި 2018

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު