Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖޭގެ އާބާދީގެ ތަފްސީލު

ރާއްޖޭގެ އާބާދީގެ 32 އިންސައްތައަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ 38 އިންސައްތަ މީހުން މަސައްކަތް ކުރަނީ ކޮންސްޓްރަކްޝަން ދާއިރާގައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 13 ޖުލައި 2021 | އަންގާރަ 07:26
ރާއްޖޭގެ އާބާދީގެ 568،362 ގެ ތެރެއިން 182،696 އަކީ ބިދޭސީން

ރާއްޖޭގެ އާބާދީގެ 568،362 ގެ ތެރެއިން 182،696 އަކީ ބިދޭސީން

ރާއްޖޭގެ އާބާދީގެ 32 އިންސައްތައަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކަމަށް ސްޓެޓިސްޓިކްސް ބިޔުރޯއިން ހާމަ ކޮށްފިއެވެ.

ދުނިޔޭގެ އާބާދީގެ ދުވަހާ ގުޅިގެން އެ ބިޔުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އާބާދީގެ 568،362 ގެ ތެރެއިން 182،696 އަކީ ބިދޭސީންނެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ 38 އިންސައްތަ މީހުން ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރަމުން ދާއިރު ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާ ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. މިއީ ރާއްޖޭގައި އުޅޭ ބިދޭސީންގެ 18 އިންސައްތައެވެ.

Advertisement - newsAdvertisement

ވަޒީފާ އަދާކުރާ އުމުރުފުރައިގެ ތެރެއިން 20 އަހަރާއި 44 އަހަރާ ދެމެދު ދިވެހިންނަށް ވުރެ ގިނައީ ބިދޭސީން ކަމަށް ވެސް މި ތަފާސްހިސާބުތަކުން ދައްކައެވެ. ސްޓެޓިސްޓިކްސް ބިޔުރޯއިން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީގެ 48 އިންސައްތައަކީ އަންހެނުންނެވެ. އަދި ދިރިއުޅެމުންދާ ބިދޭސީންގެ 9 އިންސަތައަކީ ވެސް އަންހެނުންނެވެ.

މީގެ އިތުރުން ރާއްޖޭގެ އާބާދީގެ 568،362 ގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަނީ މާލޭގައެވެ. ދިވެހިންނާއި ބިދޭސީން ހިމެނޭހެން ޖުމްލަ 234،454 މީހުން އުޅެމުންދަނީ މާލޭގައި ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. މިއީ ރާއްޖޭގެ އާބާދީގެ 41.3 އިންސައްތައެވެ.

ރާއްޖޭގައި މީހުން ދިރިއުޅެމުންދާ އުމުރުފުރާތަކަށް ބަލާއިރު އުމުރުން ދުވަސްވީ، 65 އަހަރުން މަތީގެ 19،531 މީހުން މިވަގުތު ރާއްޖޭގައި އުޅެމުންދާކަމަށް ބިޔުރޯއިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރެއިން 48 އިންސައްތަ ހިއްސާ ކުރަނީ އަންހެނުންނެވެ. މީގެ އިތުރުން އާބާދީގެ 23 އިންސައްތައަކީ 17 އަހަރުން ދަށުގެ ކުޑަކުދިންނެވެ. ރާއްޖޭގައި މިވަގުތު ތިބީ 128،635 ކުޑަކުދިންނެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާބާދީދުނިޔޭގެ އާބާދީ ދުވަސް 2021

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު

ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު

23 އޮކްޓޯބަރު 2024
ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 24 އިންސައްތައަކީ ކުޑަކުދިން

10 މެއި 2023
ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ

ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ

14 މާރިޗު 2023
އަންނަ ހަފްތާގައި ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް އަރާނެ

އަންނަ ހަފްތާގައި ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް އަރާނެ

07 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު