Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދުނިޔޭގެ އާބާދީ

ދުނިޔޭގެ އާބާދީ އަންނަ މަހު 8 ބިލިއަނަށް އަރާނެ

18 އޮކްޓޯބަރު 2022 | އަންގާރަ 16:41

މިކަމާ ކަންބޮޑުވެގެން ތެޅިފޮޅިނުގަތުމަށް ވަނީ ގޮވާލައްވާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 18 އޮކްޓޯބަރު 2022 | އަންގާރަ 16:41
ދުނިޔޭގެ އާބާދީ

ދުނިޔޭގެ އާބާދީ

ދުނިޔޭގެ އާބާދީ ކުރިޔަށް އޮތް ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހު 8 ބިލިއަނަށް އަރާނެކަމަށް އަންދާޒާކުރެވިފައިވާ ކަމަށާއި، ނަމަވެސް މިކަމާ ކަންބޮޑުވެގެން ފިޔަވަޅުތަކެއް ނޭޅުމަށް އދ.ން ގޮވާލައިފިއެވެ. އދ.ން ނެރޭ ވަރލްޑް ޕޮޕިއުލޭޝަން ޕްރޮސްޕެކްޓްސް 2022 ރިޕޯޓްގައިވާ ގޮތުން، އެންމެ ބޮޑު އާބާދީ އެއް އޮތް ގައުމުގެ ގޮތުގައި މިހާތު އޮތް ޗައިނާ ފަހަތަށްޖައްސައި އިންޑިޔާއިން 2023 ވަނަ އަހަރު އެމަގާމު ހޯދާނެއެވެ.

ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާތީ އެކި ފަރާތްތަކުން ކަންބޮޑުވަނީ، ކާބޯތަކެތި ހަމަހަމަ ގޮތުގައި ބެހިގެން ނުދިއުމާއި، ހިޖުރަކުރުމުގެ މައްސަލަތަކާއި، އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުކުރާ މީހުންގެ އަދަދު ގިނަވުމާއި، އަދި ދުނިޔޭގައިވާ އެހެނިހެންވެސް ވަސީލަތްތައް މުޅި އާބާދީއަށް ފުދޭވަރަށް ނެތްކަމުގެ ކަންބޮޑުވުމެވެ.

"ދަ ގާޑިއަން"އަށް ދެއްވާފައިވާ ބަޔާނެއްގައި، ޔޫއެން ޕޮޕިއުލޭޝަން ފަންޑްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. ނަތާލިއާ ކާނެމް ވަނީ، ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާތީ ގައުމުތަކުން ކަންބޮޑުވެގެން ތެޅިފޮޅިނުގަތުމަށް ގޮވާލައްވާފައެވެ. ޑރ. ކާނެމް ވިދާޅުވީ މިގޮތަށް ތެޅިފޮޅިގަތުމުގެ ބަދަލުގައި ގައުމުތަކުން ކުރަންވީ ކަމަކީ މިފަދަ ބަދަލަކުން އެންމެ އަސަރުކުރާނެ ގްރޫޕްތަކަށް (މިސާލަކަށް އަންހެނުންނާއި ކުޑަކުދިން އަދި އެހެންވެސް "އެއްކައިރި ކުރެވޭ" ފަރާތްތަކަށް) އެހީވެދޭންވީކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މި މުހިންމު މުނާސަބަތަކީ ކޮންމެހެން ހުރިހާފަރާތްތަކުން އުފަލުން އެކަން ފާހަގަކުރާނެ މުނާސަބަތަކަށް ނުވެދާނެކަމަށެވެ. ދުނިޔެއަށް ނުތަކާވަރަށް އާބާދީ އިތުރުވާކަމަށާއި އެންމެން ދިރިތިބުމަށް ބޭނުންވާ ވަސީލަތްތައް ނެތްކަމުގެ ކަންބޮޑުވުން އެއްބަޔަކަށް އޮންނާނެއެވެ. ނަމަވެސް އިންސާނުންގެ އަދަދު ގިނަވުމަކީ ކޮންމެހެން ބިރުގަންނަންވީ ސަބަބެއް ނޫންކަމަށް ވިދާޅުވަން ކެރިވަޑައިގަންނަވާކަމަށް ޑރ. ކާނެމް ވިދާޅުވިއެވެ.

އާބާދީ އިތުރުވާ މިންވަރަށް އެކަނި ފޯކަސްކުރާނަމަ، ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އެޅުން ކައިރިކަމަށާއި، ނަމަވެސް މިފަދަ ފިޔަވަޅުތަކަކީ ގިނަފަހަރަށް ނާކާމިޔާބު އަދި ބައެއްފަހަރު ނުރައްކާވެސް ކަމެއްކަމުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މަޖުބޫރުން ނުވިހާގޮތް ހެދުމާއި އާއިލާ ރޭވުންފަދަ ކަންކަމަކީ ދިގުމުއްދަތަކަށް ބަލާއިރު އޭގެ ނަތީޖާ މާރަނގަޅު ކަންކަން ނޫންކަމަށް ވިދާޅުވެފައިވެއެވެ. ހަމައެއާއެކު، އަންހެނަކު ބޭނުން އިރަކު ކުދިން ހޯދުމުގެ އިންސާނީ ހައްގު އަންހެނުން އޮންނަންޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އާބާދީ އިތުރުވާނެ ނިސްބަތް އަންދާޒާކޮށްފައިވާގޮތުގައި، 2050 ވަނަ އަހަރާ ހަމައަށް އިތުރުވާނެކަމަށް ބެލެވޭ އަދަދުގެ ދެބައިކުޅައެއްބައި އިތުރުވާނީ 8 ގައުމެއްގައެވެ. މީގެ ތެރޭގައި ނައިޖީރިޔާ، އިތިއޯޕިއާ އަދި ފިލިޕީންސް ހިމެއެވެ.     

އާބާދީއެކުވެރި ދައުލަތްތައް (އ.ދ.)ދުނިޔެ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
10 ޖުލައި 2025

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
23 ސެޕްޓެމްބަރު 2024

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2024
ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި
07 ޖުލައި 2024

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟
02 ޖުލައި 2024

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!
25 ޖޫން 2024

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
22 ޖޫން 2024

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް