Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގައުމީ އަރުޝީފު ރައްކާކުރުން

އަރުޝީފު ރައްކާކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ދާއިމީ އިމާރާތެއް: ޢާމިރު

ބޯހިޔާވައްސެއް ހޯދައި، އެކަމަށް މަސައްކަތްކޮށްފިނަމަ، ބައިނަލްއަޤްވާމީ އެހީތެރިކަން ވެސް ލިބޭނެ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 12 ޖުލައި 2021 | ހޯމަ 18:02
ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު

ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު

ގައުމީ އަރުޝީފު ރައްކާކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ އެތަނުގެ ދާއިމީ އިމާރާތެއްކަމަށް، ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޢާމިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާމިރު ވިދާޅުވީ، އަރުޝީފަކީ ވަކި ގޮތަކަށް، ވަކި ހަމައެއްގެ ތެރެއިން ރައްކާކޮށް ބަލަހައްޓަން ޖެހޭ އެއްޗެއް ކަމަށެވެ. އެގޮތުން އަބަދު އެއްތަނުން އަނެއްތަނަށް އެ ގެންދިއުމާއި އެއާ ކުޅެ އޭގައި އަތްލުމަކީ ކުރެވޭނެ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާމިރު ވިދާޅުވީ އަރުޝީފުގައި ކޮންމެ ކަމަކީ ވެސް މިހާރު ވަރަށް އުނދަގޫ ކަންތައްތަކެއް ކަމަށެވެ. އަދި އަރުޝީފު ރައްކާކުރުމުގައިވެސް ވަރަށް ބޮޑެތި ދަތިތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. ދައުލަތުގެ ރިކޯޑުތައް ރައްކާކޮށްފައި ހުންނަގޮތުގެ މިސާލު ނަންގަވައި އާމިރު ވިދާޅުވީ އެތަކެތި ރައްކާކުރުމަށް ކޮންމެ އަހަރަކު އެތައް ޚަރަދެއް ހިނގާ ކަމަށެވެ. އެހެންވީމައި އޭގެ ބަދަލުގައި ސައިންޓިފިކް ގޮތްތަކުން އަރުޝީފު ހަރުދަނާގޮތަކަށް ރައްކާކޮށް، އެއަށް ރަނގަޅު ބޯހިޔާވަހިކަމެއް ހޯދުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

އަރުޝީފު ރައްކާކުރުމަށް ރަނގަޅު ބޯހިޔާވައްސެއް ހޯދައި އެކަމަށް މަސައްކަތްކޮށްފި ނަމަ އެކަމަށް ބައިނަލްއަޤްވާމީ އެހީތެރިކަންވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެހީދޭނެ ފަންޑުތައް ވެސް މަދުނޫން ކަން ފާހަގަކުރައްވައި ވިދާޅުވީ، މައިގަނޑު ކަމަކީ އަރުޝީފަށް ބޯހިޔާވަހިކަމެއް ހޯދުން ކަމަށެވެ. އަދި ދެން ހުރި ކަންކަމަކީ ވަރަށް ފަސޭހައިން ކުރެވޭނެ ކަންތައްތައް ކަމަށެވެ.

އޭނާ ވިދާޅުވީ އަރުޝީފެއް އުފައްދައި، ތަނަކަށް ޖަމާކުރުމަކުން ނުނިމޭ ކަމަށެވެ. އެއިން ދޭން ޖެހޭ ޚިދުމަތްތަކެއް ވެސް ހުންނަކަން ފާހަގަކުރައްވައި، މައުލޫމާތަށް ފަސޭހައި ވާސިލްވާނެ ގޮތް ހެދުމަކީ ދޭން ޖެހޭ ޚިދުމަތެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޚިދުމަތްދޭން ޖެހޭ ކޮންމެ ފަހަރަކީ އަރުޝީފުގައި ރައްކާކޮށްފައިވާ އެއްޗެއްގެ އަސްލުގައި އަތްލާ ފަހަރަކަށް ވެގެން ނުވާނެ ކަމަށް އާމިރު ވިދާޅުވިއެވެ.

އެއްޗެހި އަރުޝީފުގައި ރައްކާކުރަނީ ގިނަ ދުވަސްވަންދެން ޤަދީމީ ތަކެތީގެ ގޮތުގައި ރައްކާކުރުމަށްޓަކައި ކަމަށާއި، އެހެންކަމުން ކޮންމެ ފަހަރަކު އޭގައި އަތްލުމުގެ ބަދަލުގައި އަމަލުކުރެވޭނެ އެހެން އުސޫލެއް އޮތުން މުހިންމު ކަމުގައި ވިދާޅުވިއެވެ. އަދި އޭގައި އަތްލާ ނަމަވެސް އަތްލާންޖެހޭއިރު އަޅަން ޖެހޭ ފިޔަވަޅުތަކެއް އަޅައި ރައްކާތެރިކަމާއެކު އެކަން ކުރުން މުހިންމު ކަމަށް ޢާމިރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއެސްއެމް އިން ލިޔެކިޔުންތައް ނައްތާލި މައްސަލަ އަރުޝީފުން ފުލުހަށް ހުށަހަޅަނީ

އެފްއެސްއެމް އިން ލިޔެކިޔުންތައް ނައްތާލި މައްސަލަ އަރުޝީފުން ފުލުހަށް ހުށަހަޅަނީ

24 އޮކްޓޯބަރު 2023
އަރުޝީފުކުރުމުގައި ރާއްޖެއަށް ހާސް އަހަރުވީ ތާރީޚެއް

އަރުޝީފުކުރުމުގައި ރާއްޖެއަށް ހާސް އަހަރުވީ ތާރީޚެއް

21 ޖެނުއަރީ 2022
ދިވެހިރާއްޖޭގެ ނަމުގެ މާނައަކީ ކޮބާ؟

ދިވެހިރާއްޖޭގެ ނަމުގެ މާނައަކީ ކޮބާ؟

22 ޖުލައި 2021
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު