Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ދިވެހިރާއްޖޭގެ ނަމުގެ މާނައަކީ ކޮބާ؟

މޯލްޑިވްސް މިނަމަށް އަދި މިވީ އެންމެ 52 އަހަރު

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 22 ޖުލައި 2021 | ބުރާސްފަތި 13:40
11 ނޮވެމްބަރު 1968ގައި ގާއިމް ކުރެވުނު މި ޖުމުހޫރިއްޔާގެ ފުރަތަމަ ސްޓޭމްޕް

11 ނޮވެމްބަރު 1968ގައި ގާއިމް ކުރެވުނު މި ޖުމުހޫރިއްޔާގެ ފުރަތަމަ ސްޓޭމްޕް

މޯލްޑިވްސް މިނަމަށް އަދި މިވީ އެންމެ 52 އަހަރެވެ. ދިވެހިރާއްޖެއަކީ ދިވެހި ބަހުން ރާއްޖޭގެ އާއްމު ނަމެވެ. އުރުދޫ، ހިންދީ އަދި ފާރިސީ ބަހުންނަމަ މަހަލްދީބެވެ. އަރަބި ބަހުން މަލްދީފެވެ. ދިވެހިރާއްޖޭގެ އިނގިރޭސި ނަން މޯލްޑިވް އައިލެންޑްސް ކިޔާފައިވަނީ މަހަލްދީބުގެ އިނގިރޭސި ނަމެއްގެ ގޮތުގައެވެ.

ދިވެހިރާއްޖޭގެ އިނގިރޭސި ނަން މޯލްޑިވްސް އަށް ހަމަޖެއްސީ 11 ނޮވެންބަރު 1968ގައި މި ޖުމުހޫރިއްޔާއާއެކުގައެވެ. އަދި 11 ނޮވެންބަރު 1968ގެ މި ޖުމުހޫރިއްޔާގެ ގާނޫނުއަސާސީގައި ވަނީ "ދިވެހި ޖުމުހޫރިއްޔާ"އެވެ. ރާއްޖެ މިނަމުގެ ލަފުޒީ މާނައަކީ ރަސްކަމެވެ. މަމްލިކާ/ކިންގްޑަމް އެވެ. ރާއްޖެ މިނަމުގެ މަފުހޫމަކީ ގައުމެވެ.

ކަމާބެހޭގޮތުން ތާރީޚީ އިލްމުވެރިންގެ ރައުުޔު ތަފާތެވެ. އަލްއުސްތާޛު އަލްމުއައްރިޚު އިބްރާހީމް ޝިހާބުގެ ރައުޔަކީ ޖަޒީރާތަކުގެ ހާރެވެ. މިއީ މިހާރުގެ ނަޒަރުން، ރާއްޖޭގެ ތިމާވެއްޓާއި ސަގާފަތާއި ފަތުރުވެރިކަމާއި ގުޅޭ ނަމެކެވެ.

އަލްއުސްތާޛު އަލްމުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީގެ ރައުޔުގައި އަންހެނުންގެ ރާއްޖެއެވެ. މިއީ މިހާރުގެ ނަޒަރުން، އަންހެނުންގެ ކުރިއެރުމާއި ބަވަނަވެފައިވާ ދުނިޔެއާއި ގުޅޭ ނަމެކެވެ.

އަލްމުޙްތަރަމް އަލްމުއައްރިޚު ޢަބްދުލްޙަކީމް ޙުސައިން މަނިކުގެ ރައުޔުގައި މަސްވެރިންގެ ރާއްޖެއެވެ. މިހާރުގެ ނަޒަރުން މިއީ ރާއްޖޭގެ ސަގާފަތާއި ގަދީމީ ދިވެހި އިގުތިސާދާއި ގުޅޭ ނަމެކެވެ.

ވީމާ، މިއީ ވަކިގޮތެއް ކަނޑައެޅި ނިމިފައިވާ ނަމެއް ނޫނެވެ. ކަމެއް ނޫންމެއެވެ. ބޮޑަށް ބުރަވެވެނީ މަރުހޫމް ޝިހާބު ވިދާޅުވިފަދައިން ޖަރީރާތަކުގެ ހާރު ކަމުގައެވެ.

ޚާރިޖީ ވުޒާރާހެރިޓޭޖް މިނިސްޓްރީދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
20 އޮކްޓޯބަރު 2025

ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު

20 އޮކްޓޯބަރު 2025
ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރިއަޅައި ބަންދުކޮށްފައި ވަނީ ކޮން ބައެއް ކަމެއް އެނގިވަޑައިނުގަންނަވާ: މިނިސްޓަރު އާދަމް ނަސީރު
29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
30 އެޕްރީލު 2025

ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި

30 އެޕްރީލު 2025
ޅެމުން ފަރުވާ ދިނުމާ ގުޅޭގޮތުން ފުލުހުން ގައުމިއްޔަތު މިނިސްޓްރީއާއެކު މަޝްވަރާކޮށްފި
16 އެޕްރީލު 2025

ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު

16 އެޕްރީލު 2025
ދިވެހި ބަހުން ވާހަކަ ދެއްކެވިއިރު ވެސް ހެރިޓޭޖް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ސާފެއް ނުވޭ: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު