Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

އަރުޝީފުކުރުމުގައި ރާއްޖެއަށް ހާސް އަހަރުވީ ތާރީޚެއް

ދިވެހިވަންތަކަން ދިރުވައި ދިވެހި ފަތްފުއްތައް އަބަދަށް ރައްކާތެރިކުރުމަކީ ގައުމީގޮތުން ލާޒިމުކަމެއް

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2022 | ހުކުރު 14:15
ދިވެހިރާއްޖޭގެ އިހުގެ ބައެއް ރިކޯޑުތައް ލިޔެވި ރައްކާކުރެވިފައިވަނީ އިހުގެ ލޯމާފާނުތަކުގައި

ދިވެހިރާއްޖޭގެ އިހުގެ ބައެއް ރިކޯޑުތައް ލިޔެވި ރައްކާކުރެވިފައިވަނީ އިހުގެ ލޯމާފާނުތަކުގައި

ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އުފެދުނީއްސުރެ އަރުޝީފީ މަސައްކަތްތައް ކުރެވެމުން އައެވެ. އެންމެކުރީގެ ލޯމާފާނުތަކެވެ. ފުރޭފުތަކެވެ. ފަތްތޫރަތަކެވެ. ފަތްކޮޅުތަކެވެ. ފަތްފުއްތަކެވެ. މިއީ މިކަމުގެ ސާބިތު ހެކިތަކެވެ. ވީމާ ސާސްކަފެއް ނުވަތަ ހާސް އަހަރުގެ އަރުޝީފީ ތާރީޚެއް މިގައުމުގައި އެބައޮތެވެ.

ފަހުގެ ތާރީޚަށް ބަލާއިރު ބޮޑުބަނޑޭރިގޭ އުސޫލުން ދައުލަތް ހިންގިއިރު ލިޔެކިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓިފައިވެއެވެ. 1942 ގައި ވުޒާރަތުއް ދާޚިލިއްޔާއިން ދުވަހުން ދުވަހަށް ދައުލަތުގެ ކަންކަން ހިނގާގޮތް ލިޔެ އަރުޝީފުކުރަން ފެށުނެވެ. މިއީ މިހާތަނަށް މެދުނުކެނޑި ހިނގަމުންއައި ކަމެކެވެ. މިކަމަށްވެސް 80 އަހަރުވީއެވެ.

1959 ގައި ރަށްރަށުގައި އިދާރާތައް ގާއިމު ކުރެވި ދުވަހުން ދުވަހަށް ލިޔެކިޔުން ބަލަހައްޓައި ރައްކާތެރިކުރަން ފެށުނެވެ. 1968 ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އިން އަރުޝީފުގެ މަސައްކަތް ކުރަން ފެށިއެވެ. އަދި 1982 ގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން އަރުޝީފުގެ މަސައްކަތް ކުރަންފެށިއެވެ.

1984 ގައި ޝަރުއީ އަރުޝީފު ގާއިމު ކުރިއެވެ. 1990 ގައި ރައީސް އޮފީހުގެ ލިޔެކިޔުންތައް މައިކްރޯ ފިލްމަށް ނަގަން ފެށުނެވެ. 1996 ގައި ގައުމީ އަރުޝީފުގެ ނަމުގައި އިދާރީ އޮފީހެއް މިނިސްޓްރީ އޮފް އިންފޮމޭޝަން އާރޓްސް އެންޑް ކަލްޗަރގެ ދަށުގައި އުފެދުނެވެ. 2000 ގައި ކަސްޓަމްސްގައި ލިޔެކިޔުން ޑިޖިޓަލް (ސުމޭކު) ނިޒާމު ގާއިމުކުރިއެވެ. 2003 ގައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓީ) އުފެދި ދައުލަތުގެ ޑިޖިޓަލް އާކައިވް ގާއިމު ކުރުމުގެ މަސައްކަތް ފެށުނެވެ.

2010 ގައި އީ_ގަވަރމަންޓް ނިޒާމު "ޖެމްސް" (ދައުލަތުގެ އިދާރީ ލިޔެކިޔުންތައް ސުމޭކު ނިޒާމުން ބަލަހައްޓާ ވިއުގަ) ގާއިމު ކުރިއެވެ. 2010 ގައި ރައީސް އޮފީހުގައި ހުރި ތާރީޚީ ފަތްކޮޅުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް "ފަތްކޮޅު މަޝްރޫއު"ގެ ނަމުގައި ބޭރުގެ މާހިރުންގެ އެހީގައި ކޮންޒަވޭޝަން ޕްރޮގްރާމެއް ހިންގުނެވެ. މިއީ މިގޮތުން ހިންގުނު މިފަދަ އެންމެބޮޑު މަޝްރޫއެވެ.

19 ޖަނަވަރީ 2012 ގައި ގާނޫނީ ގޮތުން މަރުކަޒީ ނިޒާމުން ދިވެހިރާއްޖޭގެ ގައުމީ އަރުޝީފު އުފެދުނެވެ. މިއާއެކު ފުރަތަމަ ފަހަރަށް ދައުލަތުގެ އެންމެހައި އިދާރާތަކުގެ ލިޔެކިޔުމުގެ ކަންކަން ގައުމީ އަރުޝީފުން މަރުކަޒީ ނިޒާމުން ވިލަރެސްކޮށް ބަލަހައްޓަން ފެށުނެވެ. 2012 ގައި ޖުޑީޝަރީގައި މަރުކަޒީ ނިޒާމުން ސުމޭކު (ޑިޖިޓަލް) ލިޔެކިޔުމުގެ ވިއުގަ ގާއިމުކުރިއެވެ. 2013 ގައި ދައުލަތުގެ އިދާރާތަކުގެ ލިޔެކިޔުމުގެ ކަންކަން ހުރިނެތްގޮތުގެ ސާވޭ ކުރަން ގައުމީ އަރުޝީފުން ފެށުނެވެ.

2014 ގައި ބައިނަލްއަގުވާމީ އަރުޝީފު ޖަމުއިއްޔާގެ މެންބަރުކަން ގައުމީ އަރުޝީފަށް ހޯދުމުގެ މަސައްކަތް ފެށުނެވެ. 2014 ގައި ދައުލަތުގެ ލިޔެކިޔުންތަކުގެ މަރުކަޒީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ގައުމީ އަރުޝީފުން ފެށުނެވެ. 2015 ގައި ގައުމީ އަރުޝީފުގައި ޒަމާނީ ފައިލިން ރެކުގައި އަރުޝީފީ ލިޔުންތައް ތަރުތީބުކުރުން އަދި ތާރީޚީ ފޮތްތަކުގެ ލައިބްރަރީއެއް ގާއިމުކުރިއެވެ. އަދި 2015 ގައި ދައުލަތުގެ ލިޔެކިޔުން ހަރުދަނާކޮށް ބެލެހެއްޓުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ގައުމީ އަރުޝީފުން ފެށިއެވެ. މާލެއާއި އަތޮޅުތަކުގައި މި ޕްރޮގްރާމްގެ ބައްދަލުވުންތައް ބޭއްވުނެވެ.

2016 ގައި ދައުލަތުގެ ލިޔެކިޔުން ސުމޭކު ކުރުމުގެ މަރުކަޒީ މަޝްރޫއެއް ގައުމީ އަރުޝީފުން ފެށިއެވެ. އަދި މި މަޝްރޫއުގެ ދަށުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރޮބޮޓިކް ސްކޭނަރެއް ގެނައެވެ. 2016 ގައި ދިރާސާކޮށް އާންމު ކުރުމުގެ (ރިސާރޗް އެންްޑް ޕަބްލިކޭޝަން) މަޝްރޫއެއް ގައުމީ އަރުޝީފުން ފަށައި ބައެއް ފޮތްތައް ސުމޭކު ނިޒާމުން ނެރުނެވެ. އަދި އެއަހަރު ޕްރިޒަވޭޝަން އެންޑް ކޮންޒަވޭޝަން ލެބޯޓްރީއެއް ގާއިމު ކުރުމުގެ މަސައްކަތް ގައުމީ އަރުޝީފުން ފެށިއެވެ.

2017 ގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަކީ 100% ޑިޖިޓަލް (ސުމޭކު) ލިޔެކިޔުމުގެ މުއައްސަސާއެއް ކަމުގައި ކަނޑައެޅުނެވެ. 2018 ގައި ދައުލަތުގެ ގިނަ އިދާރާތަކުގެ ރެކޯޑްސް ޑިިޖިޓަލް ކުރެވުނެވެ. 2019 ގައި ތާރީޚީ ފޮޓޯ މައުރަޒުތައް ބޭއްވުނެވެ.

2020 ގައި ބައިނަލްއަގުވާމީ އަރުޝީފު ޖަމުއިއްޔާގެ މެންބަރުކަން ގައުމީ އަރުޝީފަށް ލިބުނެވެ. 2021 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޒަމާނީ ޕާލަމެންޓަރީ އާކައިވެއް ގާއިމު ކުރެވުނެވެ.

ދިވެހިވަންތަކަން ދިރުވައި ދިވެހި ފަތްފުއްތައް އަބަދަށް ރައްކާތެރިކުރުމަކީ ގައުމީގޮތުން ލާޒިމުކަމެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު

ކޮމެންޓް

އިތުރަށް ކިޔާލަން

އެފްއެސްއެމް އިން ލިޔެކިޔުންތައް ނައްތާލި މައްސަލަ އަރުޝީފުން ފުލުހަށް ހުށަހަޅަނީ

އެފްއެސްއެމް އިން ލިޔެކިޔުންތައް ނައްތާލި މައްސަލަ އަރުޝީފުން ފުލުހަށް ހުށަހަޅަނީ

24 އޮކްޓޯބަރު 2023
ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

06 ސެޕްޓެމްބަރު 2023
މިއަހަރަކީ ފެނުގެ އިދާރާއަށް 50 އަހަރުވީ ރަންޔޫބީލު އަހަރު!

މިއަހަރަކީ ފެނުގެ އިދާރާއަށް 50 އަހަރުވީ ރަންޔޫބީލު އަހަރު!

10 އެޕްރީލު 2023
ދިވެހިރާއްޖެއަށް 897ވަނަ ރޯދަމަސް

ދިވެހިރާއްޖެއަށް 897ވަނަ ރޯދަމަސް

03 އެޕްރީލު 2023
ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަވެސް އެންމެ ފަހުންވެސް ފެނުނީ އާޖެންޓީނާއަށް ވޯލްޑުކަޕު ލިބުނު މަންޒަރު!!

21 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު