Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ241 ކޮމިޓީން ކުރިޔަށް ގެންދިޔަ އިންކުއަރީ

އިންކުއަރީ ރިޕޯޓަށް ބަހުސްކުރައްވަން ބޭނުންފުޅުވާ ހުރިހާ މެމްބަރުން ބަހުސްކޮށް ނިމެންދެން ޖަލްސާގެ ވަގުތު އިތުރުކޮށްފި

ޖަލްސާ ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:30ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖުލައި 2021 | ބުރާސްފަތި 18:13
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީގެ ރިޕޯޓަށް ބަހުސްކުރައްވަން އެދިވަޑައިގެންނަވާ ހުރިހާ މެމްބަރުން ބަހުސްކޮށް ނިމެންދެން ޖަލްސާގެ ވަގުތު އިތުރުކޮށްފިއެވެ.

މިދައުރުގެ ފަހު ޖަލްސާ ފަށާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:30ގައެވެ. މިޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ވެސް މިރިޕޯޓް އެކަންޏެވެ. ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމެވެ. ރިޕޯޓަށް ބަހުސްކުރެއްވުމަށް އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުންނަށް އެފުރުސަތު ލިބެންދެން ޖަލްސާގެ ވަގުތު އިތުރުކުރުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމެވެ. މިހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ގައްދޫ ދާއިރާގެ މެމްބަރު އަޙުމަދު ޒާހިރެވެ. މިހުށަހެޅުން ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 26 މެމްބަރުންގެ އިއްތިފާގުން ވަނީ ޖަލްސާގެ ވަގުތު އިތުރުކުރުމަށް ފާސްކޮށްފައެވެ.

Advertisement - newsAdvertisement

އިންކުއަރީ ރިޕޯޓް ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ މިރިޕޯޓުގައި ހިމެނޭ އެންމެހާ ކަންކަމަކީ އިންކުއަރީއަށް ހޯދާފައިވާ މައުލޫމާތުތައްކަމަށެވެ. އެއީ އިންކުއަރީއަށް ހާޒިރުކުރި ފަރާތްތަކުން ދީފައިވާ ޖަވާބުތަކަށް ރިޢާޔަތްކޮށް އަދި ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް ލިޔެފައިވާ ލިޔުންތައްކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ވާހަކައަކީ ލިޔެކިޔުންތަކާއި، އިންކުއަރީއަށް ހާޒިރުވި ބޭފުޅުން ދެއްވާފައިވާ ޖަވާބަށް ބެލުމަށްފަހު ލިޔެފައިވާ ވާހަކަތަކެއްކަމަށް ވިދާޅުވިއެވެ.  

މި ރިޕޯޓްގައި 242 ސަފްހާ ހިމެނޭއިރު ރިކޮމެންޑޭޝަންގެ ގޮތުގައި 45 ކަމެއް ވަނީ ހިމަނާފައެވެ.

އިންކުއަރީ ހެދުމުން ކަންބޮޑުވާ ވަރަށް ގިނަ ކަންކަން ފާހަގަވެގެން ހިނގައްޖެކަަމަށް އަސްލަމް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައި ދިޔުން މައްޗަށް ގޮސްފައިވާ މިންވަރު ފާހަގަވާކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް މުއައްސަސާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއީ ކަންބޮޑުވުމެއްކަމަށް ވިދާޅުވެ ހަރުކަށި ފިކުރާ ދެކޮޅަށް ކުރަންޖެހޭ ހަނގުރާމައިގައި އެންމެން އެކައްޗެއް ކިޔައި އެއްގަލަކަށް އަރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އަމަލުކުރަންޖެހޭ ގާނޫނުތައް އެކުލަވާލައި ފްރޭމް ވޯރކެއް އެކުލަވާލަން ޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީން އިންކުއަރީ ރިޕޯޓް ފާސްކޮށްފައިވަނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 13 މެމްބަރުންގެ އިއްތިފާގުންނެވެ. މިއީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ހިމެނޭ ރިޕޯޓަކަށް ވާތީ މި ރިޕޯޓްގެ ބައެއް މައުލޫމާތުތަކީ ސިއްރުކޮށްފައިވާ މައުލޫމާތުތަކެވެ. އެހެންނަމަވެސް އިންކުއަރީ ރިޕޯޓްގެ ފުރިހަމަ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އުއްތަމަ ފަނޑިޔާރަށް އަރުވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. މިހާރު ހިނގަމުންދާ ތަހުގީގާ ގުޅޭ މައުލޫމާތާއި، ސީދާ ބައެއް ފަރާތްތަކުގެ ނަންތައް ހިމެނޭތީ އާންމުކުރާ ރިޕޯޓްގައި އެތަންތަން ހުންނާނީ އުނިކުރެވިފައެވެ. ނަމަވެސް އެމައުލޫމާތުތައް އުނިކުރެވޭ ސަބަބު ބަޔާންކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރުން ވިދާޅުވެފައިވަނީ މިރިޕޯޓްގައި ރައީސް ނަޝީދަށް އެކި ފަހަރުމަތިން ތްރެޓްތައް އަންނަމުންދިޔަކަން އެނގެން އެބައޮތްކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ މެދުގައި އެކަށީގެންވާ މިންވަރަށް މައުލޫމާތުތައް ބަދަލުކުރެވިފައިނުވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ރިކޮމެންޑޭޝަންގެ ގޮތުގައި ހުރި ކަންކަމަށް ސަރުކާރުން ސަމާލުކަން ދޭންޖެހޭކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު