Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފުރަތުގެ ބިލް އަލުން އަނބުރާ ކޮމިޓީއަށް

ނަފުރަތުގެ ބިލް ދިރާސާކުރުމަށް އަނބުރާ ކޮމިޓީއަށް

8 ޖުލައި 2021 | ބުރާސްފަތި 13:20

ބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައިވަނީ 39 މެމްބަރުންގެ ވޯޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖުލައި 2021 | ބުރާސްފަތި 13:20
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލް އަލުން އަނބުރާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރ ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހު ދިރާސާކޮށްފައިވަނީ ޖުޑީޝަރީ ކޮމިޓީންނެވެ. ބިލް ހުށަހެޅުމާއެކު ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އާންމުން ވަނީ މިބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. ކޮމިޓީން މިބިލް ދިރާސާކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިޔުޓަރ ޖެނެރަލް އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ޚިޔާލު ހޯދާފައެވެ. މީގެއިތުރުން މިބިލަކީ އާންމުގެ މަސްލަހަތު ބޮޑު ބިލަކަށް ވުމުން އާންމުންގެ ޚިޔާލު ހޯދުމަށް ކޮމިޓީން ނިންމިކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ. އެގޮތުން ހުޅުވާލި ފުރުސަތުގައި ގާތްގަނޑަކަށް 2462 ޚިޔާލު އާންމުންގެ ފަރާތުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކޮމިޓީއަށް ލިބިފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މިހުރިހާ ފަރާތްތަކުގެ ޚިޔާލާއެކު ކޮމިޓީން ވަނީ މިބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް ކޮމިޓީން ގެނައި އިސްލާހުތަކަށް ފަހުން ސަރުކާރުގެ ފަރާތުން ވަނީ އަނެއްކާވެސް އިސްލާހުތަކެއް ހުށަހަޅާފައެވެ.

ބުރާސްފަތި ދުވަހު ކުރިޔަށްދިޔަ ޖަލްސާގައި މިބިލްގެ ކޮމިޓީ ރިޕޯޓަށް މެމްބަރުން ބަހުސްކުރައްވަމުން ގެންދެވިއިރު ވަނީ މިބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ވާހަކަދައްކަވާފައެވެ. އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ވަނީ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައެވެ. ބިިލްގެ ކޮމިޓީ ރިޕޯޓަށް މެމްބަރުން ބަހުސްކުރައްވަމުން ވަކިން ޚާއްސަކޮށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށަހަޅާ ބިލް ހުށަހެޅުއްވި މެމްބަރު ނުރައްކަލަށް ހުށަހެޅުނުއިރުވެސް ސަރުކާރުން އެމެމްބަރު ދިފާއުކުރައްވާ އެއީ ސަރުކާރުން ހުށަހެޅުއްވި ބިލެއްކަމަށް ސާފުކޮށްދެއްވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ބިލްގެ ބެލެނިވެރި ފަރާތަކީ ކޮބައިތޯ ބައެއް މެމްބަރުން ވަނީ ސުވާލުއުފައްދަވާފައެވެ.

އަދި އެމްޑީޕީގެ މެމްބަރުންވެސް ހިމެނޭ ގޮތަށް މިބިލް ބޭރުކޮށްލުމަށް ވަނީ ގޮވާލައްވާފައެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާގޮތުން ބިލެއް ބަލައިގަނެ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވުމަށްފަހު ދެން އެބިލެއް މަޖިލީހުން ބޭރުކޮށެއްނުލެވޭނެއެވެ.

ބިލް އަނބުރާ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާލާފައިވަނީ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ގޮތުންނެވެ. ބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅުއްވާފައިވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމްއެވެ. އެހުށަހެޅުއްވުމަށް ތާއީދުކުރައްވާފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދެވެ. މިބިލް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފައިވަނީ 39 މެމްބަރުންނެވެ. ކޮމިޓީއަށް ފޮނުވުމަށް ނުފެންނަކަމަށް 3 މެމްބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ 2 މެމްބަރުން ތިއްބެވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް