Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދިލިޕް ކުމާރު

ދިލިޕް ކުމާރު މަރުވެއްޖެ

މަރުވީ އުމުރުން 98 އަހަރުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ޖުލައި 2021 | ބުދަ 04:10
ދިލިޕް ކުމާރް

ދިލިޕް ކުމާރް

ކުރީގެ މަޝްހޫރު އެކްޓަރ ދިލިޕް ކުމާރު މަރުވެއްޖެއެވެ.

އޭނާ މަރުވީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މަރުވިއިރު އުމުރަކީ 98 އަހަރެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުގައި ޑރ. ޖަލިލް ޕާކާއާ ހަވާލާދީ ބުނެފައިވަނީ ދިލިޕް މަރުވީ ބުދަ ދުވަހުގެ ހެނދުނު 07:30 ގައި ދިގު މުއްދަތަކަށް ބޭސް ކުރަންޖެހޭ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އިންޑިއާގެ މުމްބާއީގައި ހުންނަ ހިންދޫޖާ ހޮސްޕިޓަލުގައި ދިލިޕް އެޓްމިޓް ކުރީ ނޭވާލާން އުނދަގޫވުމުގެ ސަބަބުންނެވެ.

މި މަހުގެ ކުރީކޮޅު ވެސް ދިލިޕްކުމާރު ނޭވާލާން އުނދަގޫވުމާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު އޭރު ޑޮކްޓަރުން ވަނީ އޭނާގެ ފުއްޕާމޭގައި ފެން ހެދިފައިވާ ކަމަށް ބުނެފައެވެ.

ދިލިޕް ކުމާރު ވަނީ 65 ފިލްމްގައި މަސައްކަތް ކޮށްފައެވެ. އޭނާގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި 1955 ވަނަ އަހަރު ރިލީޒްކުރި "ދޭވްދާސް"، 1957 ވަނަ އަހަރު ރިލީޒްކުރި "ނަޔާ ދައުރު"، 1960 ވަނަ އަހަރު ރިލީޒްކުރި "މުގަލް އީ އާޒަމް"، 1961 ވަނަ އަހަރު ރިލީޒްކުރި "ގަންގާ ޖަމުނާ"، 1981 ވަނަ އަހަރު ރިލީޒްކުރި "ކްރާންޓީ" އަދި 1986 ވަނަ އަހަރު ރިލީޒްކުރި "ކަރްމާ" ހިމެނެއެވެ.

ދިލިޕް ކުމާރު އެންމެ ފަހުން ފެނިފައިވަނީ 1998 ވަނަ ފިލްމް "ގީލާ" އިންނެވެ. އޭނާއަށް ވަނީ 1994 ވަނަ އަހަރު "ދާދާސާހެބް ޕަލްކޭ އެވޯޑް" އަރުވާފައެވެ. އަދި 2015 ވަނަ އަހަރު "ޕަދްމާ ވިބޫޝަން" އެވޯޑް ވެސް ދީފައެވެ.

ދިލިޕް ކުމާރު މަރުވުމާ ގުޅިގެން އިންޑިއާގެ ގިނަ ބަޔަކު ތައުޒިޔާ ކިޔަމުން އަންނައިރު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އެގޮތުން މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިލިޕް އަކީ ލެޖެންޑެއް ކަމަށާއި އޭނާ މަރުވުމުން އެއީ ލިބުނު ވަރަށް ބޮޑު ހިތާމެއް ކަމަށެވެ.

ބޮލީވުޑް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

24 ނޮވެމްބަރު 2025
މަޝްހޫރު ހިންދީ ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ
21 އޮކްޓޯބަރު 2025

ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ

21 އޮކްޓޯބަރު 2025
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން އާސްރާނީ މަރުވެއްޖެ
10 އޮކްޓޯބަރު 2024

ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް

10 އޮކްޓޯބަރު 2024
ބޮލީވުޑްގެރާނީ ރޭކާއަށް 70 އަހަރު: އަދި ވެސް އެފަދަ ދެވަނަ އެއް ނެތް
31 މެއި 2022

ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ

31 މެއި 2022
ބޮލީވުޑް ލަވަކިޔުންތެރިޔާ ކޭކޭ ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ
07 ފެބުރުއަރީ 2022

ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

07 ފެބުރުއަރީ 2022
ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު