Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ޔޫރޯ 2025

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ބިޑު ކާމިޔާބުކުރާ ގައުމު އިއުލާނުކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 25ގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 12 އޮކްޓޯބަރު 2022 | ބުދަ 15:47
ޔުއެފާ ޔޫރޯ

ޔުއެފާ ޔޫރޯ

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓު ކުރުމަށް ބިޑުކޮށްފިއެވެ.

މި ހަތަރު ގައުމުން ހުށަހަޅާ ބިޑަށް ތާއީދުކުރުމަށް، ފެރޯ އައިލެންޑާއި އައިސްލެންޑުންވެސް ވަނީ ނިންމާފައެވެ. ހަތަރު ގައުމު ގުޅިގެން ބިޑު ހުށަހަޅަން ނިންމާފައިވާކަން އިއުލާނުކުރީ ބުދަ ދުވަހުއެވެ.

މިކަމާގުޅިގެން ނޯރވޭގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލިސް ކްލޭވްނެސް ވިދާޅުވީ، އަންހެނުންގެ ފުޓްބޯޅައިގައި އެގައުމުތަކަށް ކޮށްދެވޭނެ ގިނަގުނަ ޚިދުމަތްތަކެއް އެބަހުރިކަމަށެވެ. އަދި ތާރީޚީ މުބާރާތެއް ބޭއްވުމަށް ޔޫރަޕުގެ އެހެން ގައުމުތަކުންވެސް މި ހަތަރު ގައުމާއި ގުޅުމުގެ ފުރުސަތު އެބައޮތްކަމަށް ވިދާޅުވިއެވެ. އަދި ކުޅުންތެރިންނާއި ސަޕޯޓަރުންނަށްވެސް ޚާއްސަ މުބާރާތަކަށް މި މުބާރާތް ހަދަން މަސައްކަތްކުރާނެކަމަށް، ސްވިޑްން ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކާލް-އެރިކް ނިލްސަން ވިދާޅުވިއެވެ.

މި ގައުމުތައް ގުޅިގެން ހުށަހެޅި ބިޑުގައި މުބާރާތުގެ މެޗުތައް ކުޅުމަށް ރާވާފައިވަނީ ކޯޕަންހޭގަން، ސްޓޮކޯމް، އޮސްލޯ، ހެލްސިންކީ، އޮޑޭންސް، ގޮތެމްބާގް، ޓްރޮންދޭމް އަދި ޓަމްޕެރޭގައެވެ.

ބިޑުކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 12 އޮކްޓޫބަރުގެ ނިޔަލަށެވެ. ފްރާންސް. ޕޮލެންޑު އަދި ސްވިޒަލެންޑުންވެސް ވަނީ މުބާރާތް ހޯސްޓު ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެ އިތުރުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން، ޔޫކްރެރިންވެސް މުބާރާތް ހޯސްޓުކުރުމަށް ޝައުގުވެރިކަން ފާޅުކުރިއެވެ.

މުބާރާތް ހޯސްޓު ކުރުމަށް ހުށަހަޅާފައިވާ ބިޑުތައް ދިރާސާ ކުރުމަށްފަހު ހޯސްޓު ކުރާނެ ގައުމެއް ޔުއެފާގެ އެކްޒެކިއުޓިވް ކޮމިޓީން އިއުލާނުކުރާނީ އަންނަ އަހަރުގެ ޖެނުއަރީ 25ގައެވެ.

ޔުއެފާ ޔޫރޯ

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު