Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓަލީ އާއި އާޖެންޓީނާގެ މެޗު

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

މި ޚާއްސަ މެޗު ކުޅޭނީ އަންނަ އަހަރުގެ ޖޫން މަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 ސެޕްޓެމްބަރު 2021 | ބުދަ 15:03
ޔޫރޯގެ ޗެމްޕިއަން އިޓަލީ އާއި ކޮޕަ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ

ޔޫރޯގެ ޗެމްޕިއަން އިޓަލީ އާއި ކޮޕަ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ

ފުޓްބޯޅައިގެ އެންމެ ވަރުގަދަ ދެ ބައްރު ކަމަށްވާ ޔޫރަޕުގެ ޗެމްޕިއަނުންނާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުން ވާދަކުރާ މެޗު އަންނަ އަހަރުގެ ޖޫން މަހު ކުޅެން ދެ ބައްރުގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާ އާއި ކޮންމެބޯލުން ނިންމައިފިއެވެ.

މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިޓަލީންނެވެ. އަދި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ހޯދާފައިވަނީ އާޖެންޓީނާއިންނެވެ. އެހެންކަމުން ޔުއެފާ އާއި ކޮންމެބޯލުން ވަނީ އިޓަލީ އާއި އާޖެންޓީނާ ބައްދަލުކުރާ މެޗު އަންނަ އަހަރުގެ ޖޫން މަހުގައި ކުޅެން ނިންމާފައެވެ. އެކަމަކު މި މެޗު ކުޅޭނެ ސްޓޭޑިއަމަކާއި ތާރީޚެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

އަންނަ އަހަރު ފުޓްބޯޅައިގެ އެންމެ ވަރުގަދަ ދެ ބައްރުގެ ޗެމްޕިއަނުން ކުރިމަތިލާއިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ޔޫރޯ އާއި ކޮޕާ އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ސުޕަ ކަޕް މެޗު ކުޅެފައެވެ. އެއީ 1985 ވަނަ އަހަރާއި 1993 ވަނަ އަހަރެވެ. ކާރު އެކްސިޑެންޓެއްގައި މަރުވި ޔުއެފާގެ ކުރީގެ ރައީސް އިޓަލީގެ އާޓެމިއޯ ފްރާންޗީގެ ނަމުން ނަން ދީގެން އޭރު ކުޅުނު އެ މެޗުގައި ފުރަތަމަ ފަހަރަށް 1983 ގައި ވާދަކުރީ އުރުގުއޭ އާއި ފްރާންސެވެ. އެ މެޗުން ފްރާންސް މޮޅުވިއިރު، ދެވަނަ މެޗުގައި 1993 ވަނަ އަހަރު އާޖެންޓީނާއިން ވަނީ ޑެންމާކް ބަލިކޮށްފައެވެ.

ޔޫރަޕުގެ ޗެމްޕިއަނުންނާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ޚާއްސަ މެޗެއް ކުޅޭއިރު، މި ދެ ބައްރުން އަންނަނީ ގުޅިގެން ގިނަ ހަރަކާތްތަކެއްވެސް ކުރިއަށްގެންދަމުންނެވެ. އެގޮތުން މި ފަހަރުގެ ޔޫރޯގައި ދެކުނު އެމެރިކާގެ ރެފުރީން އިންސާފުކުރިއިރު، ކޮޕަ އެމެރިކާގައި ޔޫރަޕުގެ ރެފުރީން ވަނީ އިންސާފުކޮށްފައެވެ.

ޔުއެފާ އާއި ކޮންމެބޯލް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކޮންމެ ދެ އަހަރަކުން އެއް އަހަރު ފީފާ ވޯލްޑް ކަޕް ބާއްވާ ގޮތަށް ފީފާއިން ދާދި ފަހުން ހުށަހެޅި ޕްރޮޕޯސަލަށް އެންމެ ދެކޮޅު ހަދަމުން އަންނަ ބަޔަކީވެސް ޔުއެފާ އާއި ކޮންމެބޯލެވެ. އެކަމަކު ފީފާގެ އެ ޕްރޮޕޯސަލަށް ގިނަ ގައުމުތަކަކުން ތާއީދުކޮށްފައިވާއިރު، އެ ޕްރޮޕޯސަލް ޕްރޮމޯޓުކުރުމަށް އެންމެ ބޮޑަށް ހަރަކާތްތެރިވަމުން އަންނަ އެއް ބައްރަކީ އޭޝިއާއެވެ.

ޔުއެފާކޮންމެބޯލްޔުއެފާ ޔޫރޯކޮޕާ އެމެރިކާ

އިތުރަށް ކިޔާލަން

14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
08 ޖޫން 2024

ކޮޕާ އެމެރިކާ، ޔުނައިޓެޑް ސްޓޭޓްސްގައި ބާއްވަނީ ކީއްވެ؟

08 ޖޫން 2024
ކޮޕާ އެމެރިކާ، ޔުނައިޓެޑް ސްޓޭޓްސްގައި ބާއްވަނީ ކީއްވެ؟
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
04 ނޮވެމްބަރު 2023

ފަައިނޭންޝަލް ފެއާ ޕްލޭގެ އުސޫލާ ހިލާފުވި މައްސަލައިގެ އިސްތިއުނާފު ބާސެލޯނާ އަށް ނާކާމިޔާބު ވެއްޖެ

04 ނޮވެމްބަރު 2023
ފަައިނޭންޝަލް ފެއާ ޕްލޭގެ އުސޫލާ ހިލާފުވި މައްސަލައިގެ އިސްތިއުނާފު ބާސެލޯނާ އަށް ނާކާމިޔާބު ވެއްޖެ
10 އޮކްޓޯބަރު 2023

ޔޫއެފާއިން، އިޒްރޭލުގައި ކުޅޭ ހުރިހާ މެޗެއް ފަސްކޮށްފި

10 އޮކްޓޯބަރު 2023
ޔޫއެފާއިން، އިޒްރޭލުގައި ކުޅޭ ހުރިހާ މެޗެއް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު