Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިމެންސް ޔޫރޯ 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

މިއީ ޔޫރޯގެ މެޗެއް ބެލުމަށް އެންމެ ގިނަ އަދަދަކަށް ސަޕޯޓަރުން ސްޓޭޑިއަމަށް ދިޔަ މެޗު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 1 އޯގަސްޓު 2022 | ހޯމަ 13:51
އިންގްލެންޑާއި ޖަރުމަނު ކުޅުނު ފައިނަލް މެޗު ބެލުމަށް ސްޓޭޑިއަމަށް ހާޒިރުވި ސަޕޯޓަރުން

އިންގްލެންޑާއި ޖަރުމަނު ކުޅުނު ފައިނަލް މެޗު ބެލުމަށް ސްޓޭޑިއަމަށް ހާޒިރުވި ސަޕޯޓަރުން

ވިމެންސް ޔޫރޯ 2022ގެ ފައިނަލް މެޗު ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް ވަދެއްޖެއެވެ.

އިންގްލެންޑާއި ޖަރުމަނު ބައްދަލުކުރި މި މެޗު ބެލުމަށް 87،192 ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ. މެޗު ކުޅުނީ އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. މިއީ ޔޫރޯގެ މެޗެއް ބެލުމަށް އެންމެ ގިނަ އަދަދަކަށް ސަޕޯޓަރުން ސްޓޭޑިއަމަށް ދިޔަ މެޗެވެ. މީގެ ކުރިން ޔޫރޯގެ އަންހެން ޑިވިޝަން ބަލަން އެންމެ ގިނަ އަދަދަކަށް ސަޕޯޓަރުން ވަދެފައިވަނީ މިއަހަރުގެ މުބާރާތް ފެށި މެޗަށެވެ. އެމެޗުގައި ބައްދަލުކުރީ އިންގްލެންޑާއި އޮސްޓްރިއާއެވެ. މިދިޔަ މަހުގެ ކުރީކޮޅު އޮތް މި މެޗު ބެލުމަށް 68،871 ސަޕޯޓަރުން އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްއަށް ވަނެވެ.

ޔޫރޯގެ ފިރިހެން ޑިވިޝަންގެ މެޗެއް ބެލުމަށް އެންމެ ގިނަ އަދަދަކަށް ސަޕޯޓަރުން ސްޓޭޑިއަމަށް ވަނީ 1964 ވަނަ އަހަރުއެވެ. މެޗު ކުޅުނީ ރެއާލް މެޑްރިޑްގެ ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައެވެ. ސްޕެއިނާއި ސޮވިއެޓް ޔޫނިއަން ބައްދަލުކުރި މި މެޗު ބެލުމަށް 79،115 ސަޕޯޓަރުން ދަނޑަށް ވަނެވެ.

މިދިޔަ އަހަރު އޮތް ފިރިހެން ޑިވިޝަންގެ ޔޫރޯގެ ފައިނަލް މެޗު ބެލުމަށް ދަނޑަށް ހާޒިރުވީ 67،000 ސަޕޯޓަރުންނެވެ. ފައިނަލް މެޗުގައި ބައްދަލުކުރީ އިންގްލެންޑާއި އިޓަލީއެވެ. ކޮވިޑް-19ގެ ސަބަބުން އެފަހަރުގެ މުބާރާތަށް ސަޕޯޓަރުންނަށް ވަދެވޭ އަދަދު ވަރަށް ބޮޑަށް ލިމިޓްކުރިއެވެ.

މިއަހަރުގެ އަންހެން ޑިވިޝަންގެ ޔޫރޯ ބެލުމަށް ޖުމްލަ 574،875 ސަޕޯޓަރުން ދަނޑަށް ވަނެވެ. މިއީ އެންމެ ފަހުން މި މުބާރާތް އޮތްއިރު ސަޕޯޓަރުން ދަނޑަށް ވަތްވަރަށްވުރެ ދެގުނަ މަތީ އަދަދެކެވެ. މީގެ ކުރިން އެންމެ ފަހުން މުބާރާތް ބޭއްވީ 2017 ވަނަ އަހަރު ނެދަލެންޑްސްގައެވެ. އެފަހަރުގެ މުބާރާތް ބަލަން ސްޓޭޑިއަމަށް ދިޔައީ ޖުމްލަ 240،055 ސަޕޯޓަރުންނެވެ.

ޔުއެފާ ޔޫރޯއިނގިރޭސިވިލާތްޖަރުމަނު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

06 އޮކްޓޯބަރު 2025
ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން

ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން

14 ސެޕްޓެމްބަރު 2025
ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް އެތައް ހާސް ޖަރުމަނު މީހުން މަގު މައްޗަށް

ޣައްޒާ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް އެތައް ހާސް ޖަރުމަނު މީހުން މަގު މައްޗަށް

14 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު