Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެކްސިން ޖަހާ މީހުންނަށް ލުއިތަކެއް

ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހުން ވެކްސިން ޕާސްޕޯޓް ސްކީމްގައި ހިމަނަން ޖެހޭ: ޖޯންސަން

3 ޖުލައި 2021 | ހޮނިހިރު 04:54

އިނގިރޭސިވިލާތުގައި ދިރިއުޅޭ 5 މިލިއަން މީހުން ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ ކަމަށް ބެލެވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ޖުލައި 2021 | ހޮނިހިރު 04:54
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން

އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދަމުން އަންނަ އެސްޓްރަޒެނިކާ ވެކްސިން ނުވަތަ ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހުން ވެކްސިން ޕާސްޕޯޓް ސްކީމްގައި ހިމަނަން ނުޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

އިނގިރޭސި ބޮޑުވަޒީރު މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ ޔޫރަޕިއަން ޔޫނިއަނުން އެންމެ ފުރަތަމަ އެކުލަވާލި ވެކްސިން ޕާސްޕޯޓް ސްކީމްގައި ކޮވިޝީލްޑް ވެކްސިން ހިމަނާފައި ނުވާތީއެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅޭ 5 މިލިއަން މީހުން ކޮވިޝީލްޑް ވެކްސިން ޖަހާފައިވާނެ ކަމަށް ބެލެވެއެވެ.

ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލް އާއެކު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބޮރިސް ޖޮންސަން ވިދާޅުވީ އެމްއެޗްއާރުއޭގެ އެހެން ކޮވިޑް ވެކްސިނަށް އީޔޫއިން ހުއްދަދީފައިވާއިރު ކޮވިޝީލްޑް ވެކްސިނަށް ހުއްދަދޭން ނުޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހުންނަށް އީޔޫއަށް އައުމުގެ ހުއްދަދީގެން އެކަމުގެ ސަބަބުން ގެއްލުމެއްވާތަން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޔޫރަަޕިއަން ޔޫނިއަންގެ ވެކްސިން ޕާސްޕޯޓް ސްކީމް އެންމެ ފުރަތަމަ ހާމަކުރިއިރު ކޮވިޝީލްޑް ވެކްސިން ނުހިމަނައެވެ. އެއާއެކު އިންޑިއާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ޔޫރަޕްގެ ގައުމުތަކުން އިންޑިއާއަށް މީހުން އެތެރެ ނުކުރެވޭނެ ކަމަށްވެސް އެ ގައުމުންވަނީ ބުނެފައެވެ. އިންޑިއާގެ އާބާދީގެ ބޮޑުބަޔަކަށް ކޮވިޝީލްޑާއި، ކޮވެކްސިން ޖަހާފައިވާއިރު ޔޫރަޕުން އެ ވެކްސިން ބަލައި ނުގަތުމަކީ އިންޑިއާގެ ރައްޔިތުންނާމެދު ތަފާތުކުރުން ގެންގުޅުން ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

އޭގެފަހުން އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހުންނަށް ޖަރމަނީއާއި ސްޕެއިން ހިމެނޭ ގޮތަށް ޔޫރަޕްގެ 9 ގައުމަކަށް ދަތުރުކުރެވޭނެކަން އިންޑިއާގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކޮވިޝީލްޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އޮސްޓްރިއާ، ޖަރމަނީ، ސްލޮވޭނިއާ، ގްރީސް، އައިސްލެންޑް، އަޔަރލެންޑް، ސްޕެއިން އަދި ސްވިޒަރލެންޑަށް ދަތުރު ކުރެވޭނެކަން އެގައުމުތަކުން އަންގާފައިވާ ކަމަަށެެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ޔޫރަޕަށް ދަތުރު ކުރެވޭ ގޮތަށް ޔޫރަޕިއަން ޔޫނިއަނުން ވަނީ ލުއިތަކެއް ދީފައެވެ. ވެކްސިން ޕާސްޕޯޓް ޕްރޮގްރާމްގައި ހިމަނާފައިވަނީ ހުޅަނގުގެ ގައުމުތަކުގައި އުފައްދާފައިވާ ވެކްސިނެވެ. އެއީ، މޮޑާނާ، ފައިޒާ، ޖޯންސަން އެންޑް ޖޯންސަން އަދި އެސްޓްރަޒެނަކާއެވެ.

ކޮވިޑް-19 ވެކްސިންޔޫރަޕިއަން ޔޫނިއަންބޮރިސް ޖޯންސަން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
21 އޮކްޓޯބަރު 2025

ޕުޓިން، ހަންގޭރީ އަށް ވަޑައިގެންނެވުމަކީ ރީތި ކަމެއް ނޫން: ކާޖާ ކަލާސް

21 އޮކްޓޯބަރު 2025
ޕުޓިން، ހަންގޭރީ އަށް ވަޑައިގެންނެވުމަކީ ރީތި ކަމެއް ނޫން: ކާޖާ ކަލާސް
30 ސެޕްޓެމްބަރު 2025

މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު

30 ސެޕްޓެމްބަރު 2025
މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
11 ސެޕްޓެމްބަރު 2025

އިސްރާއީލާ ދެކޮޅަށް، އީޔޫ އިން ފިޔަވަޅު އެޅުމަށް ތާއީދު ކުރަން ޖަރުމަނުން ތައްޔާރު

11 ސެޕްޓެމްބަރު 2025
އިސްރާއީލާ ދެކޮޅަށް، އީޔޫ އިން ފިޔަވަޅު އެޅުމަށް ތާއީދު ކުރަން ޖަރުމަނުން ތައްޔާރު
06 ސެޕްޓެމްބަރު 2025

ޣައްޒާ ހަނގުރާމައާ ގުޅިގެން، އީޔޫ އިން ޒިންމާ އަދާ ނުކުރާ ކަމަށް ބެލްޖިއަމްގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ

06 ސެޕްޓެމްބަރު 2025
ޣައްޒާ ހަނގުރާމައާ ގުޅިގެން، އީޔޫ އިން ޒިންމާ އަދާ ނުކުރާ ކަމަށް ބެލްޖިއަމްގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ
03 ސެޕްޓެމްބަރު 2025

ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ

03 ސެޕްޓެމްބަރު 2025
ޔުކްރެއިން އީޔޫއާ ގުޅުމާ މެދު ރަޝިޔާ އިން ދެކޮޅު ނުހަދާ ކަމަށް ޕުޓިން ވިދާޅުވެއްޖެ
02 ސެޕްޓެމްބަރު 2025

ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

02 ސެޕްޓެމްބަރު 2025
ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި
30 އޯގަސްޓު 2025

އިސްރާއީލްއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެއްޖެ

30 އޯގަސްޓު 2025
އިސްރާއީލްއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެއްޖެ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް