Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

ހަމަލާތައް ހުއްޓާނުލާހާ ހިނދަކު އެމެރިކާ އާ އެކު އީރާނުން ކުރާނެ މަޝްވަރާ އެއް ނޯންނާނެ: ޚާރިޖީ ވަޒީރު

ހުކުރު ދުވަހު ޔޫރަޕްގެ ޚާރިޖީ ވަޒީރުން، އެމެރިކާ އިން ސީދާ މަޝްވަރާ ތަކަށް އީރާނާ އެކު ދާން ބޭނުން ވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރަށް ދަންނަވާނެ ކަމަށް ރޮއިޓާރސް އިން ބުނެފައިވޭ

ރާއްޖެ އެމްވީ | 20 ޖޫން 2025 | ހުކުރު 12:29
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޤްޗީ

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޤްޗީ

އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާ ނުލާހާ ހިނދަކު އެމެރިކާ އާ އެކު އެއްވެސް މަޝްވަރާ އެއް ކުރިއަށް ނުގެންދާނެ ކަމަށް ހުކުރު ދުވަހު ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއު އެއް ގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެއްޖެއެވެ.

"އެމެރިކާ އިން ވަނީ ތަކުރާރުކޮށް މަޝްވަރާ ތަކަށް ގޮވާލާ މެސެޖުތައް ފޮނުވާފައެވެ. ނަމަވެސް އަޅުގަނޑުމެން ވަނީ ސާފުކޮށް ބުނެފައި، އުދުވާނީ ޢަމަލުތައް ހުއްޓާނުލާހާ ހިނދަކު، ޑިޕްލޮމަސީ އާއި ޑައިލޮގް އަށް ޖާގަ އެއް ނޯންނާނެ ކަމަށް،" އަރަޤްޗީ ވިދާޅުވިއެވެ.

ޔޫރަޕްގެ އެންމެ އިސް ޑިޕްލޮމެޓުންނާ ހުކުރު ދުވަހު ޖެނީވާގައި އަރަޤްޗީއާ ބައްދަލު ކުރައްވާ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވެއެވެ.

"އަޅުގަނޑަށް ވަނީ އެތައް ފޯނު ކޯލެއް ލިބިފައި، ޒަޔަނިސްޓް ވެރިކަމުން ޖެނީވާ އަށް ދަތުރު ކުރައްވާއިރު އަރަޤްޗީ އަށް އަމާޒުކޮށް ހަމަލާއެއް ނުދޭނެ ކަމުގެ ޔަޤީންކަން ވަނީ ދީފައި،" އަރަޤްޗީ ގެ މުޝީރު މުޙައްމަދު ރިޒާ ރަންޖްބަރާން އެކްސްގައި ވިދާޅުވެފައިވެއެވެ.

ފްރާންސް، ޖަރުމަނު، އިނގިރޭސި ވިލާތް އަދި ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުން ވަނީ ހަމަލާތައް މައިތިރި ކުރުމަށް ގޮވާލައްވާފައެވެ. އިނގިރޭސި ޚާރިޖީ ވަޒީރު ޑޭވިޑް ލެމީ ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ދެ ހަފްތާ އަކީ "ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް... ލިބިފައިވާ ފުރުސަތެއް" ކަމަށެވެ.

ހުކުރު ދުވަހު ޔޫރަޕްގެ ޚާރިޖީ ވަޒީރުން، އެމެރިކާ އިން ސީދާ މަޝްވަރާ ތަކަށް އީރާނާ އެކު ދާން ބޭނުން ވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރަށް ދަންނަވާނެ ކަމަށް ރޮއިޓާރސް އިން ބުނެފައިވެއެވެ.

އެޓަމިކް ހަތިޔާރެއް އުފެއްދުމުގެ ފުރުޞަތު ހުއްޓުވުމަށްޓަކައި، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ހަރުކަށި މިންގަނޑުތަކެއް ކަނޑައެޅުމަށް ތެހެރާނުން އެއްބަސް ވާ ކަމުގެ "ސާފު މެސެޖެއް" އީރާނުން ދޭންޖެހޭ ކަމަށް އަރަޤްޗީ އަށް ދަންނަވާނެ ކަމަށް ރޮއިޓަރސް އަށް ޔޫރަޕްގެ ދެ ޑިޕްލޮމެޓުން ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ މިކަމާ ބެހޭ ގޮތުން ޖެނީވާ ބައްދަލުވުމުގެ ކުރިން ޔޫރަޕް އިން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނަވާ ވަޒީރުންނާ މަޝްވަރާ ކުރައްވާފައި ކަމަށް ވެސް ރޮއިޓާރސް އިން ބުނެފައިވެއެވެ.

ނަމަވެސް، ތެހެރާނުން ތަކުރާރުކޮށް ބުނެފައި ވަނީ އިސްރާއީލުގެ ހަމަލާތައް ހުއްޓާލުމުން ނޫނީ ޓްރަމްޕް ސަރުކާރާއެކު ވާހަކަ ނުދައްކާނެ ކަމަށެވެ.

އަރަޤްޗީ އާ އެކު ބޭއްވުމަށް ރޭވިފައިވާ ސީދާ ބައްދަލުވުމުގެ ކުރިން އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނުގެ ވަޒީރުން، ގެ އިތުރުން ޔޫރަޕިއަން ޔޫނިއަން ގެ ބޭރު ސިޔާސަތާ ބެހޭ އިސްވެރިޔާ، ވަކިން ބައްދަލު ކުރައްވާނެއެވެ.

މީގެ އިތުރުން، އދ. ގެ ސެކިއުރިޓީ ކައުންސިލް ވެސް ހުކުރު ދުވަހު މި ހަނގުރާމައާ ގުޅޭގޮތުން ދެވަނަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ބޭއްވުމަށް އެދިފައިވަނީ އީރާނުންނެވެ. އަދި މިކަމަށް ރަޝިޔާ، ޗައިނާ އަދި ޕާކިސްތާނުގެ ތާއީދު ލިބިފައިވާކަމަށް ބުދަ ދުވަހު އޭ.އެފް.ޕީއަށް ޑިޕްލޮމެޓެއް މަޢުލޫމާތު ދީފައިވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު