Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަޔާ ގުޅިގެން އިސްރާއީލަށް އަޅާނެ ފިޔަވަޅަކާ މެދު އީޔޫ ގައި ޚިޔާލު ކަފިވެފައި

އިސްރާއީލުގެ ފޮރިން މިނިސްޓަރު ސާރު ހާމަކޮށްފައިވާ ގޮތުގައި އެ ޤައުމާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަނުން އިތުރު ފިޔަވަޅެއް ނާޅާނެކަމާ މެދު ޔަގީންކަން އޮތް ކަމަށް

ރާއްޖެ އެމްވީ | 15 ޖުލައި 2025 | އަންގާރަ 09:39
ވަގުތީ ހިޔާގައި ތިބި ފަލަސްތީނުގެ އާއިލާތަކުން ޣައްޒާގެ ޚާން ޔޫނިސް އަށް ގެނައި ފެން ޓޭންކަރުތަކުން ފޯރުކޮށްދޭ ފެން ބަލައި އައިސް - 13 ޖުލައި 2025

ވަގުތީ ހިޔާގައި ތިބި ފަލަސްތީނުގެ އާއިލާތަކުން ޣައްޒާގެ ޚާން ޔޫނިސް އަށް ގެނައި ފެން ޓޭންކަރުތަކުން ފޯރުކޮށްދޭ ފެން ބަލައި އައިސް - 13 ޖުލައި 2025

އިސްރާއީލުން ޣައްޒާ އަށް ހުއްޓުމެއް ނެތި ދެމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އަޅާނެ ފިޔަވަޅަކާ މެދު މެމްބަރު ގައުމުތަކުގެ މެދުގައި ޚިޔާލު ކަފި ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަންގާރަ ދުވަހު ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ވަޒީރުން، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އާ ގުޅިގެން އިސްރާއީލާ މެދު އަޅާނެ ފިޔަވަޅުތަކަކާ މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް އިސްރާއީލާ ދެކޮޅަށް އަޅާނެ އެއްވެސް ފިޔަވަޅަކާ މެދު އެއްބަސްވުމަކަށް އާދެވޭނެ ކަމަކަށް ނުބެލެވެއެވެ.

އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން އިސްރާއީލާއި އީޔޫ އާ ދެމެދު ހަދާފައިވާ އެއްބަސްވުމާ އިސްރާއީލުން ކަނޑައެޅިގެން ޚިލާފުވެފައިވާކަން ފާހަގަކުރެވުމާ ގުޅިގެން، އީޔޫ ގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ކާޖާ ކާލަސް، މެމްބަރު ގައުމުތަކުން ގޮތެއް ނިންމުމަށް 10 ފިޔަވަޅެއް ވަނީ ހުށަހަޅުއްވާފައެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި މުޅި އެއްބަސްވުން ނިމުމަކަށް ގެނައުން ނުވަތަ ވިޔަފާރީގެ ގުޅުންތައް މަދުކުރުމާއި، އިސްރާއީލުގެ ވަޒީރުންނަށް ފިޔަވަޅު އެޅުމާއި، ހަތިޔާރު ވިއްކުން މަނާ ކުރުމާއި، ވިސާ އާ ނުލައި އިސްރާއީލުގެ އޮފިޝަލުންނަށް އީޔޫ ގެ ގައުމުތަކަށް ދަތުރުކުރުން މަނާ ކުރުން ހިމެނެއެވެ.

ނަމަވެސް ޣައްޒާ ފަނާ ކުރަމުންދާ މައްސަލަ އާ މެދު ކަންބޮޑުވުން އިތުރުވަމުން ދިޔަ ނަމަވެސް، ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމާ މެދު ވަނީ ދެބަސްވެފައެވެ. އަދި ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި އެއްވެސް ފިޔަވަޅެއް އެޅުމަށް ބޭނުންވާ މިންވަރަށް ތާއީދު ލިބޭނެ ކަމަކަށް ނުބެލެވެއެވެ.

ކާލަސް ހޯމަ ދުވަހު ވިދާޅުވީ، އިސްރާއީލާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކުގެ ލިސްޓެއް ހުށަހެޅުއްވީ މެމްބަރު ގައުމުތަކުގެ އެދުމުގެ މަތިން ކަމުގައެވެ.

މަޝްވަރާތަކުގެ ރާގު ބިނާވެގެންދާނީ ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރު ކުރުމަށް އިސްރާއީލުން ޔޫރަޕިއަން ޔޫނިއަނަށް ވެފައިވާ ވަޢުދު ތަންފީޒު ކުރަުރަމުންދާ މިންވަރެއްގެ މައްޗަށެވެ.

ބުރާސްފަތި ދުވަހު ކާލަސް ވިދާޅުވި ގޮތުގައި އޭނާ އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރާ އެކު އެއްބަސްވުމަކަށް ވަނީ އައިސްފައެވެ. އެގޮތުން އިތުރު މަގުތަކެއް ހުޅުވައި، އިތުރު ކާބޯތަކެތި ޣައްޒާ އަށް ވެއްދުމަށް އިސްރާއީލުން އެއްބަސްވެފައިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ 2 މިލިއަން މީހުންނަށް އިންސާނީ ކާރިސާ އަކާ ކުރިމަތިވެފައިވަނީ ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގެ އިތުރުން، ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް ތައް ކުރިމަތި ކޮށްފައިވާތީއެވެ.

ކާލަސް ހޯމަ ދުވަހު ވިދާޅުވީ އެހީގެ އިތުރު ޓްރަކުތައް ޣައްޒާ އަށް ވަންނަމުންދާ ކަމީ ރަނގަޅު ނިޝާނެއް ކަމަށާއި އެހެން ނަމަވެސް މިއީ އެކަށީގެންވާ މިންވަރެއް ނޫންކަމަށް ގަބޫލު ކުރައްވާ ކަމަށެެވެ. އަދި އިސްރާއީލަށް އިތުރަށް ބާރު އަޅަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހޯމަ ދުވަހު ބްރަސެލްސްގައި ބޭއްވުނު ޔޫރަޕިއަން ޔޫނިއަން އާއި އަވައްޓެރި ޤައުމުތަކުގެ ބައްދަލުވުމެއްގައި، އުރުދުން ފޮރިން މިނިސްޓަރު އައިމަން ސަފަދީ ވިދާޅުވި ގޮތުގައި ޣައްޒާ އަދިވެސް ވަނީ "ވަރަށް ނުރައްކާތެރި" ޙާލަތެއްގައެވެ.

އެ ބައްދަލުވުމުގައި ވާހަކަދެއްކެވި އިސްރާއީލުގެ ފޮރިން މިނިސްޓަރު ސާރު، އެ ޤައުމާ މެދު ޔޫރަޕިއަން ޔޫނިއަނުން އިތުރު ފިޔަވަޅެއް ނާޅާނެކަމާ މެދު ޔަގީންކަން އޮތްކަން ފާޅުކުރެއްވިއެވެ.

ޔޫރަޕިއަން ޔޫނިއަނަށް މި ވަގުތު އިސްރާއީލާ މެދު އިތުރު ފިޔަވަޅެއް އެޅުމަށް ނުކުޅެދުނު ނަމަވެސް، މިހާ ހިސާބަށް އާދެވުނު ކަމީވެސް ވަރަށް މުހިންމު ކަމެއް ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުންނަށް އިސްރާއީލް އާ ދެކޮޅަށް މިހާތަނަށް ފިޔަވަޅެއް އެޅުމަށް ނުކުޅެދިފައި ވަނީ އިސްރާއީލަށް ތާއީދުކުރާ ޤައުމުތަކާއި ފަލަސްޠީނު ކޮޅަށް ބުރަވާ ޤައުމުތަކުގެ މެދުގައި އޮތް ބޮޑު ޚިޔާލު ތަފާތުތަކުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި، ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި މަދުވެގެން 58,386 ފަލަސްޠީނު މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު