Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޕެނަލްޓީގައި ސްވިޓްޒަލެންޑް ބަލިކޮށް ސްޕެއިން ސެމީއަށް

ސެމީގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމް ނުވަތަ އިޓަލީއާ

އަތޫފް އާތިފް
އަތޫފް އާތިފް | 2 ޖުލައި 2021 | ހުކުރު 19:07
ސްޕެއިނާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްޕެއިން މޮޅުވީ ޕެނަލްޓީ ޖަހައިގެން 3-1 ން

ސްޕެއިނާއި ސްވިޓްޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްޕެއިން މޮޅުވީ ޕެނަލްޓީ ޖަހައިގެން 3-1 ން

ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްވިޓްޒަލެންޑް ބަލިކޮށް ސެމީ ފައިނަލަށް ސްޕެއިން ދަތުރުކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ ސެއިންޓް ފީޓަސްބާގުގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

މި މެޗު ފަށައިގެން ސްޕެއިނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މިއީ ސްވިޓްޒަލެންޑްގެ ޑެނިސް ޒަކަރިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑަށްފަހު ވެސް ސްޕެއިނުން ސްވިޓްޒަލެންޑުގެ ގޯލަށް ނުރައްކާކުރިއިރު، އެ ޓީމުގެ ފޯވާޑް އަލްވާރޯ މޮރާޓާއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ސްވިޓްޒަލެންޑުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފިލްޑަރު ޒެރްޑަން ޝަގީރީއެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ސްވިޒަލެންޑްގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އެގޮތުން އެ ޓީމުގެ ފްރެއުލާއަށް ސީދާ ރަތް ކާޑެއް ދެއްކީ ސްޕެއިންގެ ޖެރާޑް މޮރޭނޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މި މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، މި ދެ ހާފުގައިވެސް ލަނޑެއް ފެނިފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނހަލްޓީ ޖެހިއިރު، ޕެނަލްޓީގައި ސްޕެއިން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި ސްޕެއިނުން ސާޖިއޯ ބުސްކެޓްސް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެކަމަކު އޭގެ ފަހުން ސްވިޓްޒަލެންޑުގެ އަކަންޖީ އާއި ފަބިއަން ޝެއާ އަދި ވާގަސް ފޮނުވާލި ޕެނަލްޓީތައް ސްޕެއިންގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. ސްޕެއިން އިން ދެން ނާކާމިޔާބުވީ ރޮޑްރީ ފޮނުވާލި ޕެނަލްޓީއެވެ.

މި މޮޅާއެކު ސްޕެއިން ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ކުއާޓާގައި ބެލްޖިއަމާއި އިޓަލީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.  

ޔުއެފާ ޔޫރޯޔޫރޯ 2020ސްޕެއިންސްވިޓްޒަލެންޑް

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު