Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢަލީ ވަޙީދުގެ ޖިންސީ ފުރައްސާރައިގެ މައްސަލަ

ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމަށް ޢަލީ ވަޙީދު ހައިކޮމިޝަނަށް ވަޑައިގަތްކަން ޔަގީންވެއްޖެ

އޭނާ ޝަރީއަތުގައި ބައިވެރިވެ ވަޑައިގަތީ ހައިކޮމިޝަނުގައި ހުންނަވައިގެންކަން ބަޔާންކޮށް ފޮރިން މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 28 ޖޫން 2021 | ހޯމަ 14:34
ޢަލީ ވަޙީދު

ޢަލީ ވަޙީދު

ޖިންސީ ފުރައްސާރައިގެ މައްސަލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމަށް، އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް އޭނާ ވަޑައިގެންނެވިކަން ޔަގީންވެފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް "ރާއްޖެ އެމްވީ"އަށް ވިދާޅުވީ ޝަރީއަތުގެ އަޑުއެހުމުގައި ޢަލީ ވަޙީދު ބައިވެރިވެވަޑައިގަތީ ހައިކޮމިޝަނުންކަން ޔަގީންކުރެއްވީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ. އަދި ޝަރީއަތުގައި ބައިވެވަޑައިގަތީ ހައިކޮމިޝަނުގައި ހުންނަވައިގެންކަން ބަޔާންކޮށް ފޮރިން މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު އެ ވުޒާރާގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ މައްސަލަ ފެންމަތިވުމާއެކު އޭނާގެ ޕާސްޕޯޓު ހިފެހެއްޓިއެވެ. ނަމަވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އެދިވަޑައިގެން ހުށަހެޅުއްވުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އެހެން ނަމަވެސް ހަތަރު މަސް ވީއިރު ވެސް އޭނާ އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އޭނާ ރާއްޖެ ވަޑައިނުގަތީ ބޭސްފަރުވާ ނުނިމޭ ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެކަމުގެ ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުއްވުމުން ކޯޓުން ވަނީ އެ މައްސަލާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމާފައެވެ. ނަމަވެސް އޭނާ ހުރީ ރާއްޖޭގެ އިޚްތިޞާޞް ނުހިނގާ ތަނެއްގައި ކަމަށްވާތީ އެގޮތަށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހުން ވަނީ އިންކާރުކޮށްފައެވެ. އަދި ސިއްހީ ހާލަތާ ގުޅިގެން އޭނާ ހުށަހެޅުއްވި ލިޔެކިޔުންތައް ހޯދުމަށްވެސް އެދިފައިވެއެވެ.

ޕީޖީ ވިދާޅުވީ ކޯޓުން މިހާރު އެ ލިޔެކިޔުންތައް ވެސް ދީފައިވާ ކަމަށާއި، އެއަށް ރިއާޔަތްކޮށް ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައިކޯޓުން އަދި އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ. މީގެ އިތުރަށް ޕީޖީ އޮފީހުން އެދިގެން ފުލުހުން މިހާރު ވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ވެސް އެދިފައެވެ.

ޖިންސީ ފުރައްސާރާގެ ތުހުމަތުގެ މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ގޯނާއާ ގުޅޭ ހަތް ދައުވާ އެވެ.

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2017

ހުކުމްގައި އޮތްއެއްޗެއް އިލެކްޝަނަށް ނޭނގެންޏާ ސުޕްރީމް ކޯޓުން އެމީހުންނަށް ބުނެދޭންޖެހޭ: ޢަލީ ޒާހިރު

09 ސެޕްޓެމްބަރު 2017
ހުކުމްގައި އޮތްއެއްޗެއް އިލެކްޝަނަށް ނޭނގެންޏާ ސުޕްރީމް ކޯޓުން އެމީހުންނަށް ބުނެދޭންޖެހޭ: ޢަލީ ޒާހިރު
15 ޖުލައި 2017

މަސީހު ބޭރުކުރުމަށް ހިތްވަރު ދެއްވުމަށް ހުރިހާ ބޭފުޅުން މާލެ އަރުއްވާ:ޢަލީ ނިޔާޒް

15 ޖުލައި 2017
މަސީހު ބޭރުކުރުމަށް ހިތްވަރު ދެއްވުމަށް ހުރިހާ ބޭފުޅުން މާލެ އަރުއްވާ:ޢަލީ ނިޔާޒް
14 ޖުލައި 2017

ކޮންމެ ތާކުން ކުރިއަސް ޤާނޫން އަސާސީއާ ޚިލާފް އަމުރަށް ތަބާވާކަށް ނުޖެހޭ: ޢަލީ ހުސައިން

14 ޖުލައި 2017
ކޮންމެ ތާކުން ކުރިއަސް ޤާނޫން އަސާސީއާ ޚިލާފް އަމުރަށް ތަބާވާކަށް ނުޖެހޭ: ޢަލީ ހުސައިން
09 ޖުލައި 2017

އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި

09 ޖުލައި 2017
އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި
17 ޖޫން 2017

ޢަލީ ޝިޔާމް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް އެމްޑީޕީން ޝުކުރު އަދާކޮށްފި

17 ޖޫން 2017
ޢަލީ ޝިޔާމް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް އެމްޑީޕީން ޝުކުރު އަދާކޮށްފި
17 މެއި 2017

ރައީސް ޔާމީން ދަނީ ސިޔާސީ ހަރަކާތް ހިނގާނެގޮތް ދަސްކުރައްވަމުން: ޢަލީ ޒާހިރު

17 މެއި 2017
ރައީސް ޔާމީން ދަނީ ސިޔާސީ ހަރަކާތް ހިނގާނެގޮތް ދަސްކުރައްވަމުން: ޢަލީ ޒާހިރު
10 މެއި 2017

ފަސް ރުފިޔާގެ އާ ނޫޓުގައި ޢަލީ އަޝްފާގް ދަގަނޑޭ

10 މެއި 2017
ފަސް ރުފިޔާގެ އާ ނޫޓުގައި ޢަލީ އަޝްފާގް ދަގަނޑޭ
08 އެޕްރީލު 2017

މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު

08 އެޕްރީލު 2017
މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު
19 މާރިޗު 2017

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

19 މާރިޗު 2017
ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު
07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު