Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

ރައީސް ޔާމީން ދަނީ ސިޔާސީ ހަރަކާތް ހިނގާނެގޮތް ދަސްކުރައްވަމުން: ޢަލީ ޒާހިރު

ރައްޔިތުން ތިބީ ގުޅިފައިވާ ޕާޓީތަކާއެކު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 މެއި 2017 | ބުދަ 23:43
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބް ލީޑަރު އަލީ ޒާހިރު ވާހަކަދައްކަވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބް ލީޑަރު އަލީ ޒާހިރު ވާހަކަދައްކަވަނީ

ސިޔާސީ ހަރަކާތް ހިނގާނެގޮތް އިދިކޮޅު ފަރާތްތަކުގެ ކިބައިން ދަސްކުރައްވަން ރައީސް ޔާމީން މަސައްކަތް ކުރައްވަމުން އެބަ ގެންދަވާކަމަށް ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އެމްޔޫއޯގައިވެސް އިސްކޮށް އުޅުއްވާ ޢަލީ ޒާހިރު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ބުދަދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މިޖަލްސާގައި ވާހަކަ ދައްކަވަމުން ޢަލީ ޒާހިރު ވިދާޅުވީ ސިޔާސީ ބައެއްކަހަލަ ފިލާވަޅުތައް ރައީސް ޔާމީން ނަގަންވަމުން އެބަ ގެންދަވާ ކަމަށާއި އެކަމަކު ދޫކޮށްލައްވަން ޖެހިވަޑައި ގަންނަވާ ވަރަށް ގިނަ އާދަތައް އެބަހުރިކަމަށެވެ.

"ހަމައެކަނި ޖަލްސާ ބޭއްވައިގެން ބަޔަކު ލައްވާ ގަދަކަމުން ވާހަކަ ދެއްކެވިއަކަސް އަދި ރައްޔިތުންގެ ލޯތްބާއި ތާއީދެއް ނުލިބޭނެ. ވަރަށް ގިނަ ކަންކަން އެބަޖެހިވަޑައިގަންނަވާ ދޫކޮށްލައްވަން." ޢަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ސިޔާސީ ގޮތުން އުރައްޕަތެއް ހުރި މީހަކު ވިއްޔާ ހުރީ އިދިކޮޅު ފަރާތްތަކާއެކުގައި ކަމަށާއި ސިޔާސީ ގޮތުން ސައިލެންޓްވެފައި ތިބި ބަޔަކު ގެނެސް ޖަލްސާތަކުގައި ވާހަކަ ދެއްކެވިއެއް ކަމަކު އެއަކު އުރައްޕަތެއް ކުރިއެރުމެއް ނެތްކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ މިހާރު ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނެފި ކަމަށާއި ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން ރައްޔިތުން ތިބީ ގުޅިފައިވާ އިއްތިހާދާ އެކުގައިކަން ހާމަކޮށްދީފި ކަމަށެވެ.

ޢަލީ ޒާހިރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރިއަށް ކަމަށާއި ފާޑުފާޑުގެ ހުވަފެން ދައްކާކަށް ނެތިންކަމަށެވެ. އަދި އެކަން ދައްކާނީ އަމަލީ ގޮތުން ކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު