Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސް ދިހަ ފަހެއް

ފަސް ރުފިޔާގެ އާ ނޫޓުގައި ޢަލީ އަޝްފާގް ދަގަނޑޭ

މި ނޫޓް ފަރުމާކޮށްފައިވަނީ މުއާސަލާތު ކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭ ކޮންސްޕްޓަކަށް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 10 މެއި 2017 | ބުދަ 10:24
ފަސް ރުފިޔާގެ އާ ނޫޓުގެ ޕޮޓޯއެއް

ފަސް ރުފިޔާގެ އާ ނޫޓުގެ ޕޮޓޯއެއް

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ ޢަލީ އަޝްފާގް (ދަގަނޑޭ) ގެ ޕޮޓޯ އާއި އެކު ފަސް ރުފިޔާގެ އާ ނޫޓު ތައާރަފް ކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން، ފަސް ރުފިޔާގެ ޕޮލިމާ ނޫޓު ތައާރަފް ކޮށްފައިވަނީ ބުދަ ދުވަހު ހެނދުނު އިސްކަނދަރު ސްކޫލުގައި އޮތް އެސެމްބްލީގައި އެވެ. މި އެސެމްބްލީގައި އެމްއެމް އޭގެ ގަވަރުނަރު ޑރ.އަޒީމާ އާދަމް އަދި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތް ޝިހާމް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ހެނދުނު އިސްކަންދަރު ސްކޫލްގައި ބޭއްވި އެސެމްބްލީގެ ތެރެއިން

މުއާސަލާތު ކުރުމާއި އިޖުތިމާއީ ގުޅުން ދައްކުވައިދޭ ކޮންސްޕްޓަކަށް ފަރުމާކޮށްފައިވާ މި ނޫޓުގެ މޫނުމަތީގައި ބޭނުންކޮށްފައިވަނީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ އަދި ކުރީގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑެ)ގެ މަޝްހުޜު ފޮޓޯއެކެވެ. ފޮޓޯގައި ދަގަނޑޭގެ މޫނު ނުފެނުނު ނަމަވެސް މި ފޮޓޯއިން ފެނިގެންދަނީ ގައުމީ ޖާޒީގައި ދަގަނޑެ ފުޓުބޯޅަ ކުޅެ މަންޒަރެވެ.

މި ނޫޓުގެ މޫނުމަތިން ފުޓުބޯޅަ އާއި، ސަގާފީ އެކިއެކި ކުޅިވަރުތަކުގެ ސަބަބުން އިޖުތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަން އަނގުވައިދޭ ކުރެހުމެށް ފެނިގެންދާއިރު، ނޫޓުގެ ފަހަތުގައި ކުރަހާފައިވަނީ، މުއާސަލާތު ކުރުމަށް ކުރިން ބޭނުންކޮށްފައިވާ ވަސީލަތެއް ކަމަށްވާ ސަންގެކެވެ.

އަންނަ ޖުލައި މަހުގެ ކުރީކޮޅުގައި ސާރކިއުލޭޝަނަށް ނެރުމަށް ނިންމާފައިވާ މި ނޫޓަކީ، މިހާރު ބޭނުންކުރަމުންދާ ޕޮލިމާ ނޫޓުތަކާ އެއްވަރުގެ އަދި އެ ނޫޓުތަކުގައި ހިމެނޭ ހުރިހާ ސަލާމަތީ ސިފަތައްވެސް ހިމަނައިގެން ފަރުމާކޮށްފައިވާ ނޫޓެކެވެ

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރު "ރަން ދިހަ ފަހެއް" ގެ އާ ނޫޓް ސީރީސްތަށް ނެރުނު، އެމްއެމްއޭއިން ކުރިން ނިންމާފައި އޮތީ ފަސް ރުފިޔާގެ ފައިސާ ފޮއްޗެއް ނެރުމަށެވެ. ނަމަވެސް ފަހުން އެމްއެމްއޭއިން ނިންމާފައިވަނީ މިހާރު ބޭނުން ކުރަމުން ގެންދާ ޕޮލިމާގައި ފަސްރުފިޔާގެ ނޫޓެށް ނެރުމަށާއި މިއަހަރުގެ ތެރޭގައި މިހާރު ބޭނުން ކުރަމުން އަންނަ 2 ރުފިޔާގެ ބަދަލުގައި އެއަށްވުރެ ލުއި ފައިސާ ފޮއްޗެއް ނެރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު