Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

ހުކުމްގައި އޮތްއެއްޗެއް އިލެކްޝަނަށް ނޭނގެންޏާ ސުޕްރީމް ކޯޓުން އެމީހުންނަށް ބުނެދޭންޖެހޭ: ޢަލީ ޒާހިރު

ސިޓީއަކުން ނުވަތަ ސިއްރިޔާތުގައި ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް އަންގައިދޭން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 9 ސެޕްޓެމްބަރު 2017 | ހޮނިހިރު 17:38
ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު

ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާކަމަށް ކަމަށާއި އެހުކުމުގައި އޮތްއެއްޗެއް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ނޭނގޭ ކަމަށް ވާނަމަ ސުޕްރީމް ކޯޓުން އެމީހުންނަށް އެކަން ބުނެދޭން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލު ޢަލީ ޒާހިރު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ ކުނޫޒްގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިސްލާހީ މަސައްކަތުގައި ކުރީ ސަފުގައި ހަރަކާތްތެރިވެލައްވާ ޢަލީ ޒާހިރު ވިދާޅުވީ ސުޕްރީމް ކޯޓުން ވަނީ އެއްވެސް ބޭފުޅެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސާފުބަހުން ޖަވާބު ދެއްވާފައި ކަމަށާއި އެކަމަކު އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ދޭހަވަނީ މުޅިން އެހެން އެއްޗެއް ކަމަށެވެ. އެމެންބަރުންނަށް ދޭހަވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ އެއްޗަކާ މުޅިން ޚިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަންނަވާލަން. އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް އެވާހަކަތައް ނޭނގޭ ކަމަށް އެބަ ވިދާޅުވެއޭ. އެމީހުންނަށް ދޭހަ ނުވާނަމަ ފަނޑިޔާރުންގެ ޒިންމާއެއް އިތުރަށް ތަފްސީލް ކޮށްދިނުމަކީ. މީގެ ކުރިން ވެސް ކަންކުރައްވާފައިވާ ގޮތަކީ އެއީ. ސިޓީއަކުން ނަމަވެސް ހާޒިރު ކޮށްފައި ވެސް އެކަން އޮޅުން ފިލުވައިދެއްވާ. މިކަން މިގޮތަށް ހިނގަން ޖެހޭނެ. އެއީ މުޅި ޤައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމެއް. ހެޔޮ ސިއްރިއާތުގައި ފަހުމްކޮށް ދިނަސް." ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޢަލީ ޒާހިރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެމެންބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާ ބައި އިލެކްޝަން ބާއްވަން އުޅުނަސް އެއީ ހަޤީގަތް ނޫން ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމުން އެކަން ވަރަށް ސާފު ކަމަށެވެ. އެކޯޓުން ބުނެފައިވަނީ އެކަމަކީ އެކޯޓާ ހަމައަށް އަންނަންވެސް ޖެހޭ ކަމެއް ނޫންކަމަށް ކަމަށާއި އެއަށްވުރެ މާ ސާފު މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެފައިވާ ކަމަށް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޢަލީ ޒާހިރު ވިދާޅުވީ ހުރިހާ ފަރާތްތަކުން ވެސް ސުޕްރީމް ކޯޓުގެ އަމުރާ ޤާނޫނު އަސާސީއަށް ތަބާވާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގަވާފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.

"ޤާނޫނާ ގަވާއިދާ ޚިލާފަށް ސަރުކާރުން ބޭނުންވާ ތަންތަންކޮޅު ނަގައިގެން ކުރިއަށް ގެންދަން އެއުޅެނީ. އެކަން ހުއްޓުވާ. މީގެ ކުރިން ވެސް ހުއްޓުވި ގޮތަށް އެކަން ހުއްޓުވާ. އެއްވެސް ފަރާތަކުން ދައްކާ ބިރަށް ޖެހިލުން ވާނެ ކަމެއް ނެތް. ފުލުހުންނާ ސިފައިން ކުރައްވައިގެން ތިއްބެވި ހުކުމާ އެއްގޮތަށް އެކަން ހުއްޓުވުމަށް ގޮވާލަން. ޤާނޫނު އަސާސީއާ ޤާނޫނު ނަގަހައްޓަން ދިވެހިން ތިބީ ތައްޔާރަށް. އެކަމަށް ފުލުހުންނާ ސިފައިންގެ އެއްބާރުލުން ދޭން ޖެހޭ." ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޢަލީ ޒާހިރު ވިދާޅުވީ ކޯޓުތަކުގެ ފަންޑިޔާރުންނަށް މުއައްސަސާތަކުން ދަނީ ބިރު ދައްކަމުން ކަމަށާއި އެފަނޑިޔާރުން ދަނީ ހިއްސާ ކުރަމުން ކަމަށެވެ. އެހެން ނަމަވެސް ހައްގުބަސް ބުނެގެން ބިރު ދެއްކިއަސް ހުއްޓުމެއް ނުގެންނާނަން ކަމަށާއި އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމަށް ހިތްވަރު ލިބިލައްވަނީ ރައްޔިތުން އެކަމަށް ތާއީދު ކުރާތީ ކަމަށް ވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅޭގޮތް ބަދަލުކުރުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް ހިނގައްޖެ

14 މެއި 2017
ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅޭގޮތް ބަދަލުކުރުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް ހިނގައްޖެ
02 މެއި 2017

ގާސިމްގެ ބަންދުގެ މުއްދަތު ހައިކޯޓުން ދަމަހައްޓައިފި، ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރާނެ

02 މެއި 2017
ގާސިމްގެ ބަންދުގެ މުއްދަތު ހައިކޯޓުން ދަމަހައްޓައިފި، ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރާނެ
23 އެޕްރީލު 2017

އެމްޑީޕީ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

23 އެޕްރީލު 2017
އެމްޑީޕީ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ސުޕްރީމް ކޯޓުން ބާތިލް ކޮށްފި
18 އެޕްރީލު 2017

ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ

18 އެޕްރީލު 2017
ވޯޓާސް ލިސްޓް އާންމުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް، ސޮޔެއް ނުކުރާނަން: އެމްޑީޕީ
02 އެޕްރީލު 2017

ޝައިފަންގެ މައްސަލަ ސުޕްރީމް ކޯޓުގައި އަނެއްކާ ވެސް ތާވަލުކޮށްފި

02 އެޕްރީލު 2017
ޝައިފަންގެ މައްސަލަ ސުޕްރީމް ކޯޓުގައި އަނެއްކާ ވެސް ތާވަލުކޮށްފި
23 މާރިޗު 2017

ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!

23 މާރިޗު 2017
ވިލާ ކުންފުނީގެ އަތުން ތ. އެލާ އަތުލި މައްސަލަ ސުޕްރީމް ކޯޓަށް!
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

މަޖްބޫރުން ޕީޕީއެމަށް ވައްދާ މައްސަލަ ލޭބަރ ރިލޭޝަންސް އަށާއި އިލެކްޝަނަށް

14 ފެބުރުއަރީ 2017
މަޖްބޫރުން ޕީޕީއެމަށް ވައްދާ މައްސަލަ ލޭބަރ ރިލޭޝަންސް އަށާއި އިލެކްޝަނަށް
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު