Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚާރިޖީ ގުޅުން

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

ޖޮއިންޓް ކޮމިޝަން އޮންނާނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 7 ފެބުރުއަރީ 2017 | އަންގާރަ 12:05
ލަންކާގެ ފޮރިން މިނިސްޓަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު: ޖޮއިންޓް ކޮމިޝަންގައި ލަންކާގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވާނެ

ލަންކާގެ ފޮރިން މިނިސްޓަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު: ޖޮއިންޓް ކޮމިޝަންގައި ލަންކާގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވާނެ

ރާއްޖެއާއި ސްރީލަންކާ ގުޅިގެން އުފައްދާފައިވާ، "ޖޮއިންޓް ކޮމިޝަން"ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ސްރީ ލަންކާގެ ފޮރިން މިނިސްޓަރު މަންގަލާ ސަމަރަވީރަ ބުދަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.

ސްރީ ލަންކާގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އެގައުމުގެ މަތީ ފެންވަރުގެ ވަފްދުގެ ވެރިއަކަށް ހުންނަވާނީ ފޮރިން މިނިސްޓަރު ސަމަރަވީރާ ކަމަށެވެ.

ލަންކާގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވާނެ އެވެ.

ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ފޮރިން މިނިސްޓްރީ ގައި ބާއްވާ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ.

ލަންކާގެ ފޮރިން މިނިސްޓްރީ އިން ބުނީ، ބައްދަލުވުމުގައި މަޝްވަރާކުރަން ހަމަޖެހިފައިވަނީ އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ތައުލީމީ ދާއިރާއާއި، ސިއްޚީ ދާއިރާއާއި، ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމާއި، ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ސަގާފީ ގުޅުންތައް ވަރުގަދަކުރުމަށް ކަމަށެވެ.

ރާއްޖެއާއި ސްރީ ލަންކާއިން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނަކީ، ދެގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ޓެކްނިކަލް ގުޅުން ބަދަހި ކުރުމުގެ ގޮތުން 1984 ވަނަ އަހަރު އުފައްދާފައިވާ ކޮމިޝަނެކެވެ. މިހާތަނަށް މި ކޮމިޝަންގެ ތިން ބައްދަލުވުމެއް ބާއްވާފައިވާ އިރު އެންމެ ފަހުން ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވުނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ލަންކާގަ އެވެ. އޭގެ ކުރިން 2006 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ވެސް ބައްދަލުވުމެއް ބާއްވާފައިވެ އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2017
ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
03 ފެބުރުއަރީ 2017

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު