Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު

ނިޒާރު ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގައި އަށަގަންނަވަން މަސައްކަތް ކުރަމުންދަނީ އަނދަގޮނޑި ޖަހައިގެން ވެރިކަން ކުރުން ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 އެޕްރީލު 2017 | ހޮނިހިރު 15:03
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު: އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު: އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

މިނިވަން ކަމާއެކު ބަސް ބުނުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އޮންނަން ޖެހޭ ކަމަށާއި، އެ ހައްގު ނެތް ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމަށް ފ. ފީއަލީގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ނިޒާރު ވިދާޅުވީ މި ސަރުކާރުގައި ވާދަވެރި، ސުލްހެވެރި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ލިބިދީފައި ނުވާ ކަމަށާއި، މިނިވަންކަމާއެކު ބަސް ބުނުމުގެ ހައްގަށް ވުރެ ވަކި ބޮޑު ހައްގެއް ނޯންނާނެ ކަމަށެވެ. އެ ހައްގު ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މި ވެރިކަމާ ދެކޮޅަށް ބަސް ބުނުމުގެ ހައްގު ދިވެހި ރައްޔިތުންނަށް ދީފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް ޔާމީން ދިވެހި ރާއްޖޭގައި އަށަގަންނުވަން މަސައްކަތްކުރަނީ ބަންދުކޮށް، އަނިޔާކޮށް، އޮބިއަޅައި އަނދަގޮނޑި ޖަހައިގެން ވެރިކަން ދެމެހެއްޓުމުގެ ސިޔާސަތު ކަމަށް ނިޒާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް އަނިޔާވެރިވުމުގެ އުސޫލަކީ އިންސާނިއްޔަތު އުފެދުނީއްސުރެ ބަލައި ނުގަންނަ އުސޫލުތަކެއް ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ރައްޔިތުންގެ މައްޗަށް އަނިޔާވެރިވަމުން އެދަނީ އެންމެ އާދައިގެ މީހާއަށް ވެސް ވިސްނޭ ވަރަށް ކަމަށާއި، ގާނޫނުތަކުގެ ތެރެއިން ކަން ކުރަމޭ ވިދާޅުވިޔަސް އެ ގާނޫނުތަކުގެ ބޭނުންކޮށްގެން އަނިޔާވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރި ކަމަށް ނޫނެކޭ ބުނުމުގެ ފުރުސަތު އަނެއްކާ ވެސް ރައްޔިތުންނަށް މިއޮތީ ލިބިފައި ކަމަށާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނެ، މި އަނިޔާވެރިކަމާ ދެކޮޅަށް ބަސް ބުނަން ލިބިފައި މިއޮތް ފުރުސަތުގެ ބޭނުން ވޯޓުން ހިފަން ޖެހޭ ކަމަށެވެ.

އެމްޑީޕީން ފީއަލީގައި ރޭ ޖަލްސާ ބާއްވާފައިވާ އިރު، ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް އެމްޑީޕީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެ ސަރަހައްދުތަކުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކެމްޕެއިން ޖަލްސާ ބޭއްވުމާއި، ހަރުގެ ބައްދަލުވުންތަކާއި، ދޮރުންދޮރަށް ހިނގުން ފަދަ ކެމްޕެއިން ހަރަކާތްތައް ބާއްވަމުންނެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު