Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑެލްޓާ ވޭރިއަންޓް

ޑެލްޓާ ވޭރިއަންޓް ކޮންޓްރޯލް ކުރަން ގައުމުތައް ނުކުޅެދިފައި

ޑެލްޓާ ވޭރިއަންޓް އެހެން ވޭރިއަންޓްތަކަށް ވުރެ 60 އިންސައްތަ ނުރައްކާތެރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ޖޫން 2021 | އާދީއްތަ 10:04
ކޮވިޑްގެ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓާއެކު ގައުމުތަކަށް ވަނީ ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައި

ކޮވިޑްގެ ނުރައްކާތެރި ޑެލްޓާ ވޭރިއަންޓާއެކު ގައުމުތަކަށް ވަނީ ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައި

ބަންގުލަދޭޝް، އިންޑޮނޭޝިއާ، އޮސްޓްރޭލިއާ އަދި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ އައު ވޭރިއެންޓެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓް ކޮންޓްރޯލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރަޝިއާގެ ސެއިންޓް ޕީޓަރސްބާގުން ވަނީ ރެކޯޑް އަދަދަކަށް މީހުން މަރުވެގެން ރިޕޯޓްކޮށްފައެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން އަންނަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ޑެލްޓާ ވޭރިއަންޓްގެ ކުރިމަތީގައި ކުޑަކަކުލަށް ތިރިވާން ޖެހިފައެވެ.

ވެކްސިން ޖަހަން ފެށުމާއެކު މުއްސަނދި ގައުމުތަކުން ބަލި ފެތުރޭ މިންވަރު ދަށް ކުރެވުނު ނަމަވެސް، ޑެލްޓާ ވޭރިއަންޓާއެކު ކޮވިޑްގެ އިތުރު ރާޅެއް އަރާފާނެ ކަމުގެ ބިރުވެރިކަން މިވަނީ އިތުރުވެފައެވެ. މިހާތަނަށް އައި އިރު މުޅި ދުނިޔެއިން 4 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑްގައި މަރުވެފައެވެ.

ޑެލްޓާއި ވޭރިއަންޓާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޗީފް ޓެޑްރޯސް އެދްނޯމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ މިހާތަނަށް އައި އިރު، އެންމެ ހަލުވިކަމާއެކު ފެތުރޭ ވޭރިއެންޓެވެ. މިހާތަނަށް 85 ގައުމަކުން ޑެލްޓާ ވޭރިއަންޓް ވަނީ ފެނިފައެވެ. އަދި ބޮޑެތި އާބާދީތަކުގައި މި ވޭރިއަންޓް އަންނަނީ ފަތު އަޑު ކިޔާފައި ފެތުރެމުންނެވެ.

ބަންގުލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ވަނީ ހޯމަ ދުވަހުން ފެށިގެން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. މީގެ އިތުރުން ހަފްތާއެއްގެ މުއްދަތަކަށް އޮފީސްތައް ބަންދުކޮށް އެމަރޖެންސީ ނޫން ސިއްހީ ޚިދުމަތްތައް ދިނުން ވެސް ހުއްޓާލުމަށް ވަނީ ނިންމާފައެވެ.

އޮސްޓްރޭލިއާގެ އެންމެ ބޮޑު ސިޓީ ސިޑްނީގައި ވެސް 2 ހަފްތާގެ މުއްދަތަކަށް ލޮކްޑައުންއަކަށް ދިއުމަށް ނިންމާފައިވާ އިރު ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ނުނުކުތުމަށް ވަނީ އަންގާފައެވެ. ސިޑްނީގައި އަޅާ ފިޔަވަޅުތަކުގެ އަސަރު ނުސީދާގޮތެއްގައި 5 މިލިއަން މީހުންނަށް ކުރާ އިރު ކައިރި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ އެތައް ލައްކަ ބަޔަކަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިއުޒިލޭންޑުގައި ވެސް ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވާ އިރު، އަވަށްޓެރި ގައުމުތަކުން އޮސްޓްރޭލިއާއަށް ކަރަންޓީނާއި ނުލައި ދަތުރުކުރުމަށް ކުރިން ދީފައިވާ ހުއްދަ ވަނީ ވަގުތީގޮތުން ހިފެހެއްޓިފައެވެ. އޮސްޓްރޭލިއާގެ ކޮވިޑް-19 ރެސްޕޯންސް މިނިސްޓަރ، ކްރިސް ހިޕްކިންސް ވިދާޅުވީ މި ސަސްޕެންޝަނާއެކު ދެގައުމުގެ ދެމެދުގައި ދަތުރު ފެށުމުގެ ކުރިން ޓެސްޓް ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވެފައިވަނީ އެގައުމުގައި 270 މިލިއަން މީހުން ކުރިމަތިލަމުން ދަނީ ނާޒުކު ހާލަތެއް ކަމަށާއި، އަވަސް އަދި ރަނގަޅު ޕޮލިސީސްތަކެއް ގާއިމުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. ހޮނިހިރު ދުވަހު އެކަނި ވެސް އިންޑޮނޭޝިއާގައި 21 ހާސް މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވާ އިރު މިއީ މިހާތަނަށް އެއްދުވަހާ އެންމެ ގިނަ ކޭސް ރިޕޯޓް ކުރެވުނު ދުވަހެވެ.

ޑެލްޓާ ވޭރިއަންޓް އެންމެ ފުރަތަމަ ފެނުނީ އިންޑިއާއިން މިދިޔަ އެޕްރީލް މަހުގައެވެ. މި ވޭރިއަންޓަކީ މިހާތަނަށް ފެނުނު އެންމެ ނުރައްކާ ބޮޑު ވޭރިއަންޓްކަން ފާހަގަކޮށް ތަޖުރިބާކާރުން ބުނެފައިވަނީ މި ވޭރިއަންޓް ކޮންޓެއިން ކުރުމަށް ދުނިޔޭގެ އާބާދީގެ 80 އިންސައްތަ މީހުން ވެކްސިން ޖަހަން ޖެހޭ ކަމަށެވެ. ނަމަވެސް މިއީ ނުވާނެ ކަމެއް ކަމަށާއި، އެންމެ ރަނގަޅަށް ވެކްސިން ޕްރޮގްރާމް ހިންގާ ގައުމުތަކުގައި ވެސް 80 އިންސައްތައާ ހަމައަށް ވާސިލްވެފައި ނުވާ ކަމަށެވެ. ޔޫކޭއިން މިހާރު ފެންނަ ކޭސްތަކުގެ 90 އިންސައްތަ ކޭސްތަކަކީ ޑެލްޓާއާ ގުޅުންހުރި ކޭސްތައް ކަމަށް ތަޖުރިބާކާރުން ބުނެފައިވާ އިރު، އެމެރިކާއިން ފެންނަ ކޭސްތަކުގެ 30 އިންސައްތަ ހިއްސާ ކުރަނީ މި ވޭރިއެންޓެވެ.

ޔޫރަޕްގެ ސައިންސްވެރިން ބުނާ ގޮތުން އިންޑިއާއިން ފެނުނު ޑެލްޓާ ވޭރިއަންޓަކީ ޔޫކޭއިން ފެނުނު އަލްފާ ވޭރިއަންޓަށްވުރެ 40 އާއި 60 އިންސައްތަ ނުރައްކާތެރި ވޭރިއަންޓެކެވެ.

މި ވޭރިއަންޓް ގިނަ ބަޔަކަށް ޖެހުމުގެ ފުރުސަތު އޮތް އިރު ފެތުރޭ މިންވަރު ވެސް އަވަހެވެ. ވެކްސިނާ ބެހޭ މާހިރެއް ކަމަށްވާ ޑރ. އެނެލީސް ވައިލްޑަރ ސްމިތް ވިދާޅުވެފައިވަނީ މި ވޭރިއަންޓް އިންޑިއާއިން ފެނިފައިވާ ކަމަށެވެ. އަދި އޮސްޓްރޭލިއާ އިންޑޮނޭޝިއާ އަދި ޔޫކޭއިން ވެސް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން ޔޫރަޕްގައި މި ވޭރިއަންޓް އިތުރުވަމުން އަންނަ ކަމަށާއި، އެމެރިކާ އިން ވެސް މި ވޭރިއަންޓް ފެނިފައިވާ ކަމަށެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ޑެލްޓާ ހަލުވިކަމާއެކު ފެތުރެނީ އެ ވޭރިއަންޓް މިއުޓޭޓްވާތީ ކަމަށާއި، އެ ވައިރަސް ހަށިގަނޑުގައި ހުންނަ ސެލްތަކުގައި ހަރުލާތީ ކަމަށެވެ. މިހާތަނަށް ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުން ވެކްސިންގެ އަސަރު ޑެލްޓާ ވޭރިއަންޓަށް ކުރާ މިންވަރު ކުޑައެވެ. ނަމަވެސް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފިނަމަ ޑެލްޓާއާ ދެކޮޅަށް ކުރާ އަސަރު ބޮޑު ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

އިސްރާއީލަކީ މިހާތަނަށް އެންމެ ކާމިޔާބު ކަމާއެކު ވެކްސިން ޕްރޮގްރާމް ހިންގަމުން އަންނަ ގައުމެވެ. ނަމަވެސް ވެކްސިންގެ ކާމިޔާބާއެކު މާސްކް އެޅުން މަޖުބޫރު ނުކުރުން ފަދަ ލުއިތައް ދިނުމާއެކު އާ ވޭރިއަންޓުގެ ސަބަބުން ކުއްލިއަކަށް ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ.

މީގެ އިތުރުން ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ޔުއެފާ ޔޫރޯ ފެށިގެން ކުރިއަށްދާ މި ދަނޑިވަޅުގައި ޔޫރަޕްގެ ގައުމުތަކުން ފެންނަމުންދާ ކޭސްތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. މީގެ ތެރޭގައި ޔޫކޭ، އިންގްލެންޑް އަދި ރަޝިއާ ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަލިތައް ކޮންޓްރޯލް ކުރަން ބޭނުންނަމަ، ރާއްޖޭގައި އުޅޭ ބިދޭސީން ހޮސްޕިޓަލްތަކާ ކައިރި ކުރަންޖެހޭ!

ބަލިތައް ކޮންޓްރޯލް ކުރަން ބޭނުންނަމަ، ރާއްޖޭގައި އުޅޭ ބިދޭސީން ހޮސްޕިޓަލްތަކާ ކައިރި ކުރަންޖެހޭ!

20 ޖެނުއަރީ 2020
އަޑި ނޭނގޭ ކުޑަ ސޯބުތައް ގިނަވެ ބޮޑު ސޯބަށް ނުކުޅެދިފައި!

އަޑި ނޭނގޭ ކުޑަ ސޯބުތައް ގިނަވެ ބޮޑު ސޯބަށް ނުކުޅެދިފައި!

09 ނޮވެމްބަރު 2019
ކުލި ކޮންޓްރޯލް ކޮށްގެން ވާނެ ފައިދާއެއް ނެތް!

ކުލި ކޮންޓްރޯލް ކޮށްގެން ވާނެ ފައިދާއެއް ނެތް!

11 އޮކްޓޯބަރު 2019
ތިމާވެށި ހިމާޔަތްކުރަން ގައުމުތައް އެއްސަފު ކުރުވީ 16 އަހަރުގެ ގްރެޓާ!

ތިމާވެށި ހިމާޔަތްކުރަން ގައުމުތައް އެއްސަފު ކުރުވީ 16 އަހަރުގެ ގްރެޓާ!

20 ސެޕްޓެމްބަރު 2019
ތައުލީމީ ދާއިރާއަށް އެންމެ ގިނައިން އިންވެސްޓްކުރާ ގައުމުތައް!

ތައުލީމީ ދާއިރާއަށް އެންމެ ގިނައިން އިންވެސްޓްކުރާ ގައުމުތައް!

12 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު