Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

ފަސްލައްކަ އާ ގާތްކުރާ އަދަދަކަށް ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް ހިޖްރަކޮށްފި

ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2017 | ހުކުރު 18:00
ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ ރޮހިންޖާ މީހަކު ކުޑަކުއްޖަކު ކޮނޑަށް ލައިގެން ސިއްހީ ޚިދުމަތް ހޯދުމަށް ދަނީ

ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްގައި ދިރިއުޅޭ ރޮހިންޖާ މީހަކު ކުޑަކުއްޖަކު ކޮނޑަށް ލައިގެން ސިއްހީ ޚިދުމަތް ހޯދުމަށް ދަނީ

ރޮހިންޖާ މުސްލިމުންނަށް ބަރުމާ ސަރުކާރުގެ އަނިޔާވެރިކަން ކުރިމަތިވި މީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރީ ފަހަރެއްގައި ވަޒަން ދޫކޮށް ރޮހިންޖާ މުސްލިމުން ބަރުމާ އިން ނުކުންނަން މަޖުބޫރުވި ހާލަތެއްގައި އެމީހުންނަށް ރައްކާތެރިކަން ދިން ގައުމަކީ ސައުދީ އަރަބިއްޔާއެވެ. އެތައް ހާސް ރޮހިންޖާ މުސްލިމުންނާ ހިމާޔަތް ދެއްވާ އެމީހުންނަށް އަޅާލެއްވީ 1960 ގެ އަހަރުތަކުގެ ތެރޭގައި ފައިސަލް ރަސްގެފާނެވެ. ނަމަވެސް މިފަހަރު ތަފާތެވެ. ގަލްފްގެ ސުޕަރޕަވަރގެ ގޮތުގައި ދުނިޔެއަށް ތަމްސީލް ކުރަމުންދާ ސައުދީ އަރަބިއްޔާއިން، ރޮހިންޖާ މުސްލިމުންނަށް ބޮޑު މުސީބާތެއް ކުރިމަތި ވެގެން ދިޔަ މި ދަނޑިވަޅުގައި ފެނިގެން ދިޔައީ ވަރަށް ލޮނުމަޑު ކޮށް ހަރަކާތްތެރިވަމުންދާ މަންޒަރެވެ.

މިފަހަރު ރޮހިންޖާ މުސްލިމުންނަށް ބަރުމާ ސިފައިންގެ އަނިޔާވެރި ކަމާ ކުރިމަތިލާން ޖެހުނު އިރު، ހާލަތު އޮތީ ބަދަލުވެފައި ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. މި ހާލަތު ކުރިމަތިވި އިރު ކުރިން ނެތް ވިޔަފާރީގެ ގުޅުންތައް ބަރުމާ ސަރުކާރާއި ސައުދީ އަރަބިއްޔާ އާ ދެމެދު މި އޮތީ އުފެދިފައެވެ. އެހެން ކަމުން ބަރުމާ ސަރުކާރު ހިތްހަމަ ނުޖެހޭ އެއްޗެއް ސައުދީން ބުނުމުގެ ކުރިން އޮތީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައެވެ.

ބައެއް އަންދާޒާތައް ބުނާ ގޮތުގައި ފަސްލައްކަ އާ ގާތްކުރާ އަދަދަކަށް ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް ހިޖްރަކޮށްފިއެވެ. އެއީ ރޮހިންޖާ މުސްލިމުންގެ މުޅި އާބާދީގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ. އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ ވެރިޔާ، ރޮހިންޖާ މުސްލިމުންނަށް ބަރުމާ ސިފައިންނާއި ބުޑިސްޓް މޮބުން ކުރިމަތި ކުރަމުންދާ ނުރައްކާ ސިފަ ކުރައްވަމުން ވިދާޅުވެފައިވަނީ އެއީ ނަސްލެއް ނައްތާލުމަށް ރާވައިގެން ހިންގަމުންދާ ޖަރީމާއެއް ކަމަށެވެ.

ކުރީގެ ނުރައްކާތަކުން ސަލާމަތްވުމަށް އޭރު ހިޖްރަކުރި ދެލައްކަ ފަންސާސް ހާހެއްހާ ރޮހިންޖާ މުސްލިމުން އަދިވެސް ދިރިއުޅެމުންދަނީ ފައިސަލް ރަސްގެފާނު ދެއްވި ރައްކާތެރި ކަމުގައި ސައުދީގައެވެ. މިފަހަރުގެ ނުރައްކާތަކާއެކު ސައުދީގެ އަޑު މަޑުވުމުގެ އިތުރުން، ރެފިއުޖީން ބަލައިގަތުމެއްވެސް ނުފެނުނެވެ. އޭގެ ބަދަލުގައި ހުސްވި ހަފްތާގައި ސަލްމާން ރަސްގެފާނު ނިންމެވީ 15 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ދެއްވުމަށެވެ.

މަންޒަރުގެ އަނެއް ފަރާތައް ބަލާލާއިރު، ފެންނަނީ، ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އެކްސްޕޯޓަރަށް ވުމުގެ އިތުރުން، ޗައިނާ އަށް ތެޔޮ އެކްސްޕޯޓު ކުރުމުގައިވެސް ރަޝިއާ ފަހަތައް ޖެއްސުމަށް ސައުދީ އަރަބިއްޔާ އިން ވާދަ ކުރަމުންދާ ތަނެވެ. ޗައިނާ އަށް ތެޔޮ އެކްސްޕޯޓު ކުރުމުގައި ސައުދީ އަށް ރަޝިއާ އާ ވާދަކުރެވެން އޮތީ ބަރުމާގެ އެހީތެރިކަމާ އެކުގައެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސަށް ތެޔޮ ސަޕްލައި ކުރުމަށް ދާދިފަހުން ގާއިމް ކުރި 771 ކިލޯމީޓަރުގެ ދިގު ތެޔޮ ހޮޅި ދަތުރުކޮށްފައިވަނީ، މައްސަލަ އެންމެ ހޫނުވެފައިވާ ބަރުމާގެ ރަޚީން ސްޓޭޓްގެ ތެރެއިން ލާފައެވެ.

2011 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ މައި ތެޔޮ ކުންފުނި ސައުދީ އަރަމްކޯގެ ދަށުން އުފައްދާފައިވާ ކުންފުންޏަކާއި ޕެޓްރޯޗައިނާ އާ ދެމެދު ހެދުނު އެއްބަސްވުމެއްގެ ދަށުން މި ހޮޅިން ދުވާލަކު ދެލައްކަ ފީފާ ސާފު ނުކުރާ ތެޔޮ ޗައިނާގެ ޔުނާން ސަރަހައްދަށް ސަޕްލައި ކުރުމަށް ޑީލް ވަނީ ހެދިފައެވެ. މިއީ މި ހޮޅިން ސަޕްލައި ކުރެވޭނެ ދެލުގެ ކެޕޭސިޓީގެ ދެބައިކުޅަ އެއްބައެވެ. އެހެން ކަމުން ތެޔޮ ސަޕްލައި ކުރުން އިތުރު ކުރުމުގެ ފުރުސަތުވެސް ސައުދީއަށް އެބައޮތެވެ.

ޗައިނާގެ ގްލޯބަލް ޕެޓްރޯލިއަމް ޕޮލިސީ އާ ބެހޭ ފޮތެއް ލިޔުއްވި، ސެންޓަރ ފޯ ސްޓްރެޓިޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ބޯ ކޮންގ އިނގިރޭސިވިލާތުގެ ގާޑިއަން ނޫހަށް ކިޔައިދެއްވި ގޮތުގައި މިހާރު ކުރިމަތިވެގެން މިއުޅޭ މައްސަލައިގައި ސައުދީއަށް މާ ފާޅުގައި ބަސްބުނެވެން ނެތީ، ތެޔޮ ހޮޅީގެ ސަލާމަތާ ރައްކާތެރި ކަން ކަށަވަރު ކުރުމަށް ކަމަށް ބަލާނެ ޖާގަ އެބައޮތެވެ. އެއް އަހަރުގެ ޑިލޭ އަކަށް ފަހު މި މުހިންމު ހޮޅި ލައިންގެ މަސައްކަތް މި އަހަރުގެ އޭޕްރީލްގެ ތެރޭގައި ފެށިފައިވުމާއެކު، މި ދަނޑިވަޅުގައި، ހޮޅިޔަށް ގެއްލުމެއް ލިބޭކަށް ސައުދީން ބޭނުމެއް ނުވާނެއެވެ. ސައުދީގެ ބަސްމަގު ހުންނަ ގޮތަކުން ނުވަތަ ހަރަކާތްތެރިވާ ގޮތަކުން ރަޚީން ސްޓޭޓްގެ ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުންނާއި، މިޔަންމާ ސިފައިން ޖެހިލުމެއްނެތި ހޮޅިޔަށް ގެއްލުން ދިނުމަކީ ނުކުރާނޭ ކަމެކޭ ބުނެވޭކަށް ނެތެވެ.

އެހެން ކަމުން ސައުދީން ބޭނުންވަނީ، ރޮހިންޖާ މުސްލިމުންގެ މައްސަލަ ހިނގަމުންދާ ރަޚީން ސްޓޭޓްގެ ތެރެއިން ދަތުރު ކުރާ ސައުދީ އަރަބިއްޔާގެ ސާފު ނުކުރާ ތެލަށް ރިސްކެއް ކުރިމަތި ނުވުމެވެ. އެހެން ކަމުން ދިރާސާ ކުރާ ފަރާތްތަކުގެ ނަޒަރުގައި ސައުދީގެ މިވަގުތުގެ އަމާޒަކީ، އެ ގައުމުގެ އިގްތިސާދީ އަދި ސިޔާސީ އެޖެންޑާއަށް ހުރަހެއް ކުރިމަތިވިޔަ ނުދިނުން ކަމުގައި ދެންނެވިދާނެއެވެ.

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި މާ އަޑުގަދަކޮށް އުޅެން ފަށައިފިނަމަ، ޔަމަނުގައި ސައޫދީ އިސްވެ އޮވެ ހިންގަމުންދާ ހަނގުރާމައިގެ ވާހަކަތަކުގެ އަޑު ގަދަވުކީވެސް ވެދާނެ ކަމެކެވެ. އެއީ ހަމަ ޔަގީނުންވެސް ސައުދީ އަަށް އަޑު އަހަން ފަސޭހަ ފާޑު ކިޔުން ތަކަކަށް ނުވާނެއެވެ.

ސައުދީ އަރަބިއްޔާ އާ ވާދަވެރި އީރާނުން ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އެހީ ފޮނުވުމުގެ އިތުރުން މުސްލިމް ބައެއް ގައުމުތަކުން މައްސަލާގައި އަޑު އުފުލަންޖެހޭ ވަރަށް އަޑު ނުއުފުލާކަން ވަނީ ފާހަގަ ކޮށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އީރާނުންވެސް ތުހުމަތު ކުރަނީ، މުސްލިމް ބައެއް ގައުމުތަކުގެ އަޑު މި މައްސަލާގައި ކެނޑިފައިވުމުގެ ފަހަތުގައިވަނީ އެގައުމުތަކާ ބަރުމާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތަކުގެ ސަބަބުން ކަމަށެވެ.

ވިޔަފާރީގެ ގުޅުންތަކުގެ ސަބަބުން މައްސަލައިގައި ފަހަތު ފަޔަށް ބުރަވެފައިވަނީ ހަމައެކަނި ސައުދީ އަރަބިއްޔާއެއްވެސް ނޫނެވެ.

ބަރުމާއަށް ހަތިޔާރުގެ ވިޔާފާރި ކުރާ ގައުމުތަކުގެ ލިސްޓްގައި ޕާކިސްތާނުވެސް ހިމެނެއެވެ. މީގެ ދެ އަހަރު ކުރިން ޕާކިސްތާނާއި ޗައިނާ ގުޅިގެން އުފައްދާފައިވާ، ޖޭއެފް މަރުކާގެ 17 ފައިޓަރ ޖެޓް ބަރުމާއަށް ވިއްކާފައިވާކަން ރެކޯޑްތަކުން ދައްކައެވެ. ހާމަވެފައިވާ މައުލޫމާތައް ބަލާއިރު ބަރުމާއިން މިހާރު ގެންދަނީ އިތުރު ފައިޓަރ ޖެޓް ގަތުމަށް ޕާކިސްތާނާ މަޝްވަރާ ކުރަމުންނެވެ. އެހެން ކަމުން ރޮހިންޖާ މުސްލިމުންގެ ހައްގުގައި ފާޅުގައި ރަސްމީ ސިފައެއްގައި ޕާކިސްތާނަށް ހަރަކާތްތެރިވުން ވަނީ ދަތިވެފައެވެ.

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އެތައްހާސް ޕާކިސްތާނުގެ އާއްމު ރައްޔިތުން ނުރުހުން ފާޅުކޮށް ކަރާޗީގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރި ނަމަވެސް ޕާކިސްތާނު ސަރުކާރު ހިމޭނުން އޮތުމަށް ފަހު ބުނެފައިވަނީ، މައްސަލަ ހައްލު ކުރުމަށް ބަރުމާއާ އެކު ޑިޕްލޮމެޓިކް ޗެނެލް ތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ޕާކިސްތާނާއި ބަރުމާ އާ ދެމެދު ހަދާފައިވާ ޑިފެންސް އެގްރީމެންޓްތައް މި މައްސަލައާ ގުޅިގެން ކެންސަލް ކުރުމަށް ނުވަތަ ތަންފީޒް ކުރުން ލަސްކުރުމަށް އިދިކޮޅު ބައެއް ޕާޓީތަކުން ސަރުކާރަށް ގޮވާލި ނަމަވެސް އެކަމަށް ސީދާ ގޮތެއްގައި ޕާކިސްތާނުން އިޖާބަދީފައެއް ނުވެއެވެ.

ތުރުކީ ފެންނަނީ އީރާނެކޭ އެއް ފަދައިން މައްސަލައިގައި އެހެން މުސްލިމް ގައުމުތަކަށް ވުރެ އަޑުގަދަ ކޮށް ހަރަކާތްތެރިވާ މަންޒަރެވެ. އެތައް ހާސް ޓަނެއްގެ ކާބޯތަކެއްޗާއި އެހީ ބަންގްލަދޭޝް ގައި ތިބި ރެފިއުޖީންނަށް ތުރުކީން ވަނީ ފޮނުވާފައެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވަނީ އދ،ގެ އާއްމު މަޖިލީހުގެ ހަވާސާގައި މި މައްސަލަ އާ ގުޅިގެން ހުސްވި ހަފްތާގައި ނިއުޔޯކުގައި ބައްދަލުވުމެއް ބޭއްވިއެވެ. އޯއައިސީގެ ހެޑްކުއާޓާ ބަލަހައްޓާ ސައުދީ އަރަބިއްޔާއިން ވަނީ މި ބައްދަލުވުމުގައި ރޮހިންޖާ މައްސަލައާ ގުޅޭގޮތުން ދިގު ބަޔާނެއް ދީ އެ ބަޔާނުގައި މައްސަލައިގައި ކަންބޮޑުވާކަމަށް ބުނެފައެވެ. ނަމަވެސް މެމްބަރު ގައުމުތަކުން އެކައްޗަށް ކިޔާ ބަރުމާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ނުތެދުވާހާ ހިނދަކު މައްސަލައަށް ދާއިމީ ހައްލެއް އަންނާނެ ކަމަކަށް ނުބެލެއެވެ. އެކަމަކު ވިޔަފާރީގެ ތަފާތު ގުޅުންތައް ބަރުމާ ސަރުކާރާއެކު ބަދަހި ކުރެވިފައި ވުމާއެކު ބާރުގަދަ މުސްލިމް ގައުމުތަކަށް ރޮހިންޖާ މުސްލިމުންގެ ހައްގުގައި އުޅެވިދާނެ ކަމަކަށް ނުފެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!

ރޮހިންޖާ މުސްލިމުންގެ ހާލަތައް ނަޒަރެއް!

08 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

07 ސެޕްޓެމްބަރު 2017
ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

07 ސެޕްޓެމްބަރު 2017
ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި

ނިސްބަތްވާނެ ގައުމެއްނެތި ރޮހިންޖާ މުސްލިމުން ބިކަވެފައި

07 ސެޕްޓެމްބަރު 2017
ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"

ރޮހިންޖާ އަންހެން ކުއްޖެއްގެ ވާހަކަ: "ސިފައިން އަހަރެންނަށް އަނިޔާކޮށް ރޭޕްކޮށްލީ"

04 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު