Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުތައުލީމީ ދާއިރާ

ތައުލީމީ ދާއިރާއަށް އެންމެ ގިނައިން އިންވެސްޓްކުރާ ގައުމުތައް!

ނިއު ޒީލެންޑުން އެވްރެޖްކޮށް ތައުލީމީ ދާއިރާއަށް 16 އާއި 19 ޕަސެންޓާ ދެމެދުގެ އަދަދެއް ހޭދަކުރޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 12 ނޮވެމްބަރު 2018 | ހޯމަ 08:13
މަތީ ތައުލީމު ހާސިލްކުރާ މިންވަރު އިތުރުވުމުން އިގްތިސާދީ ބޮޑެތި ފައިދާތަކެއް ލިބޭ

މަތީ ތައުލީމު ހާސިލްކުރާ މިންވަރު އިތުރުވުމުން އިގްތިސާދީ ބޮޑެތި ފައިދާތަކެއް ލިބޭ

ރާއްޖޭގައި މަސައްކަތުގެ މާހައުލުގައި ތައުލީމީ ގާބިލް ނުވަތަ ޓްރެއިންވެފައިވާ މީހުންނަށް އެއް ދުވަހުން އަނެއް ދުވަހަށް ބޭނުންވާ ވަރު ދަނީ އިތުރުވަމުންނެވެ. ފަންނީ ބައެއް ދާއިރާތަކުގައި ދިވެހިންނަށް ވުރެ އަދިވެސް ގިނައީ ބޭރު މުވައްޒަފުންނެވެ. ރާއްޖޭގައި ފަންނީ ދާއިރާތަކަށް ބޭނުންވާ ދިވެހިން އިތުރު ކުރުމަށްޓަކައި ސަރުކާރުން ކުރަންޖެހޭނެ ކަމަކީ ތައުލީމީ ދާއިރާއަށް އިންވެސްޓް ކުރާ މިންވަރު އިތުރު ކުރުމެވެ. މިކަމުގެ ސަބަބުން ފަންނީ މުވައްޒަފުން އުފެދި، މުޅި ގައުމުގެ އިގްތިސާދަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދެއެވެ.

ތައުލީމީ ދާއިރާ ކުރިއެރުވުމަކީ ކޮންމެ ގައުމަކަށް ވެސް ތަރައްގީ ހާސިލު ކުރުމަށް މުހިއްމު ކަމެއް ނަމަވެސް އެކި ގައުމުތަކުން އެ ދާއިރާއަށް ހޭދަކުރާ މިންވަރު ތަފާތެވެ.

އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯ-އޮޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް (އޯއީސީޑީ) އިން ވަނީ ގައުމުތަކުން ތައުލީމަށް އިންވެސްޓް ކުރަމުންދާ ގޮތް ބަޔާންކޮށްފައެވެ. އެގޮތުން ތައުލީމީ ދާއިރާއަށް ގައުމުތަކުން ހޭދަ ކުރުމުގައި ތަފާތުތަކެއް ހުރެއެވެ.

އޯއީސީޑީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2015 ވަނަ އަހަރު ތައުލީމީ ދާއިރާއަށް ގައުމުތަކުން އެވްރެޖުކޮށް ހޭދަކޮށްފައި ވަނީ 11 ޕަސެންޓެވެ. އެންމެ މަދުން ތައުލީމީ ދާއިރާއަށް ހޭދަކޮށްފައި ވަނީ ގްރީސްއެވެ. އެގައުމުގެ ހަރަދުތަކުގެ ތެރެއިން ތައުލީމީ ދާއިރާއަށް ހޭދަކޮށްފައި ވަނީ ހަ ޕަސެންޓެވެ. ވަކި ވަކި ގައުމުތަކަށް ބަލާ އިރު އެ ގައުމެއްގެ ހަރަދުތަކުގެ ތެރެއިން ތައުލީމީ ދާއިރާއަށް 15 ޕަސެންޓް ހޭދަކޮށްފައި ވަނީ ފަސް ގައުމަކުންނެވެ. އެއީ ބްރެޒިލް އާއި ޗިލީ އާއި މެކްސިކޯ އާއި ނިއުޒީލެންޑުން އެވްރެޖުގެ ތައުލީމީ ދާއިރާއަށް 16 ޕަސެންޓާއި 19 ޕަސެންޓާއި ދެމެދުގެ އަދަދެއް ހޭދަކޮށްފައިވާ އިރު ކޯސްޓަރިކާ އިން ތައުލީމީ ދާއިރާއަށް ހޭދަކޮށްފައި ވަނީ 30 ޕަސެންޓެވެ.

ގައުމުތަކުގެ ޖީޑީޕީގެ ނިސްބަތުން ބަލާއިރު އެވްރެޖުކޮށް ގައުމުތަކުން ތައުލީމީ ދާއިރާއަށް ހޭދަކޮށްފައި ވަނީ 4.5 ޕަސެންޓެވެ. އޭގެ ތެރެއިން ނޯވޭ އިން ވަނީ ތައުލީމީ ދާއިރާއަށް ޖީޑީޕީގެ ނިސްބަތްތަކުން 7 ޕަސެންޓް ހޭދަކުރަމުންނެވެ. މީގެ އިތުރުން ޖަޕާނާއި ރަޝިއާ އާއި ޗެކް ރިޕަބްލިކް އިން ތައުލީމީ ދާއިރާއަށް ހޭދަކުރަނީ ޖީޑީޕީގެ ނިސްބަތުން ތިން ޕަސެންޓެވެ.

ކޯސްޓަރިކާގައި 23 ޕަސެންޓް ޒުވާނުން ޓަރޝަރީ ތައުލީމު ނުވަތަ ޔުނިވަރސިޓީ ތައުލީމު ހާސިލް ކުރެއެވެ. އަދި ޔުނިވަރސިޓީ ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަށް މުސާރަ ވެސް އެކަށީގެންވާ ވަރަށް ބޮޑެވެ. ޔުނިވަރސިޓީ ތައުލީމު ހާސިލް ނުކުރާ މީހުންނަށް ލިބޭ މުސާރައިގެ ދެގުނަ ޔުނިވަރސިޓީ ތައުލީމު ހާސިލްކުރާ މީހުންނަށް ލިބެއެވެ.

ޔުނިވަރސިޓީ ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކުން ވަޒީފާއަށް ނުދާ ނުވަތަ ވަޒީފާ ނެތި އުޅޭ މީހުންގެ ނިސްބަތް އުޅެނީ ފަސް ޕަސެންޓެވެ.

އޯއީސީޑީގެ ގައުމުތަކަށް ބަލާއިރު ތައުލީމު ހާސިލް ކުރުމުގެ ފުރުސަތުތައް ވެސް ވަރަށް ގިނައެވެ. ތިން ބައި ކުޅަ އެއްބައި ގައުމުތަކަކީ ޔުނިވަރސިޓީތަކުގައި ޓިއުޝަން ފީއަކާ ނުލައި ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ގައުމުތަކެވެ. މީގެ އިތުރުން ފީ ދައްކަން ޖެހޭ ކުދިން ހޭދަކުރަންޖެހެނީ ވެސް ކުޑަ ފަންޑެކެވެ.

ގައުމުތަކަށް ބަލާއިރު މަތީ ތައުލީމުގައި ޔުނިވަރސިޓީތަކުން އެންމެ ބޮޑު ފީތަކެއް ދައްކަން ޖެހެނީ އިނގިރޭސިވިލާތުގައެވެ. އެގޮތުން އެގައުމުގައި ކިޔަވާ ކުދިން ޓިއުޝަން ފީގެ ގޮތުގައި 12000 ޑޮލަރު ހޭދަކުރަންޖެހެއެވެ. އެމެރިކާގައި މަތީ ތައުލީމު ހާސިލުކުރާ ކުދިންގެ ތެރެއިން ތިން ބައިކުޅަ އެއް ބައި ކުދިން ކިޔަވަނީ ޕްރައިވެޓް އިންސްޓިޓިއުޝަންތަކުގައެވެ. އެ އިންސްޓިޓިއުޝަންތަކަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހެއެވެ.

ތައުލީމީ ދާއިރާއަށް ބޮޑެތި އަދަދުތަކުން ހޭދަކުރާ ގައުމުތަކުގައި، އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ފެންނަން އެބަހުއްޓެވެ. މިކަމުން ވަގުތީ މަންފާއަށް ވުރެ ބޮޑަށް ގައުމަށް ލިބިގެންދާނީ ލޯންގްޓާމް ބެނިފިޓްތަކެވެ.

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2019

ތިމާވެށި ހިމާޔަތްކުރަން ގައުމުތައް އެއްސަފު ކުރުވީ 16 އަހަރުގެ ގްރެޓާ!

20 ސެޕްޓެމްބަރު 2019
ތިމާވެށި ހިމާޔަތްކުރަން ގައުމުތައް އެއްސަފު ކުރުވީ 16 އަހަރުގެ ގްރެޓާ!
16 ފެބުރުއަރީ 2019

މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!

16 ފެބުރުއަރީ 2019
މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
02 ނޮވެމްބަރު 2018

ތައުލީމީ ދާއިރާ ބޮޑު ބަދަލަކަށް ބޭނުންވެފައި!

02 ނޮވެމްބަރު 2018
ތައުލީމީ ދާއިރާ ބޮޑު ބަދަލަކަށް ބޭނުންވެފައި!
06 އޮކްޓޯބަރު 2018

ކޯލިޝަންގެ ސަރުކާރާއެކު ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް!

06 އޮކްޓޯބަރު 2018
ކޯލިޝަންގެ ސަރުކާރާއެކު ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް!
21 ޑިސެމްބަރު 2017

ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

21 ޑިސެމްބަރު 2017
ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!
22 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟

22 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ ހައްގުގައި އިސްލާމީ ގައުމުތައް ނުތެދުވެ މިތިބީ ކީއްވެ؟
27 ޖޫން 2017

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
01 މާރިޗު 2017

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

01 މާރިޗު 2017
އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު