Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގްރެޓާ ތަންބަރގް

ތިމާވެށި ހިމާޔަތްކުރަން ގައުމުތައް އެއްސަފު ކުރުވީ 16 އަހަރުގެ ގްރެޓާ!

ސެޕްޓެމްބަރު މަހުގެ 20ން 27 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުޒާހަރާއަށް ބައިނަލްއަގްވާމީ ގޮތުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2019 | ހުކުރު 12:20
\"ފްރައިޑޭސް ފޯރ ފިއުޗަރ\" ގެ މުޒާހަރާއެއްގައި ގްރެޓާއާއި ބައިވެރިން

\"ފްރައިޑޭސް ފޯރ ފިއުޗަރ\" ގެ މުޒާހަރާއެއްގައި ގްރެޓާއާއި ބައިވެރިން

އިންސާނުންގެ އަމަލުތަކާއި ހެދި މޫސުމަށް އަންނަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެފަދަ އަމަލުތަކާއި ދެކޮޅަށް، ދުނިޔޭގެ ތާރީހުގައި ވެސް ކުރެވޭ އެންމެ ބޮޑު އެއް މުޒާހަރާގެ ކުރީ ސަފުގައި ހުރީ އުމުރުން އެންމެ 16 އަހަރުގެ ގްރެޓާ ތުންބެރީއެވެ.

ސެޕްޓެމްބަރު މަހުގެ 20 އިން 27 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުޒާހަރާއަށް ބައިނަލްއަގްވާމީ ގޮތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ކްލައިމެޓް އެކްޓިވިސްޓް ގްރެޓާގެ ފަހަތުން، 150 އަށްވުރެ ގިނަ ގައުމުތަކުން ވަނީ މި މުޒާހަރާގައި ބައިވެރިވުމަށް ހުކުރު ދުވަހު މަގުތައް މައްޗަށް ނުކުމެފައެވެ.

މި މުޒާހަރާ ފަށާފައި މިވަނީ ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ސަމިޓް ބާއްވަން ތިން ދުވަހަށް ވެފައިވަނިކޮށެވެ. މުޒާހަރާގެ ބައިވެރިން ޑިމާންޑު ކުރަމުންދަނީ އިތުރަށް އެއްވެސް ކަހަލަ ތެލެއް އަދި ގޭހެއް ބޭނުންކޮށްގެން މަޝްރޫއުތައް ނުހިންގުމަށާއި 2030 ވަނަ އަހަރު އަންނަން ވާއިރަށް އިއާދަކުރަނިވި ހަކަތައިގެ ބޭނުން އޭގެ އެންމެ ފުރިހަމައަށް ހިފުމަށެވެ. ދުނިޔޭގެ އިސް ފަރާތްތަކަށް ގްރެޓާ ތަކުރާރުކޮށް ރައްދުކުރަމުންދާ ބަސްތަކަކީ ކާބަން އެމިޝަން ދުނިޔެއިން މަދުކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނަމުންދަނީ އެކަމުގެ ސަބަބުން ގެއްލުންވާނީ ދެން އަންނަން އޮތް ޖީލަށް ކަމަށެވެ. ލަންޑަންގެ މަޖިލިސްކުރާ ގޭގައި ވާހަކަ ދައްކަމުންވެސް ގްރެޓާ ތަކުރާރު ކުރީ މި ވާހަކައެވެ.

ދުނިޔެއަށް ބޭނުންޖެހިފައިވާ ކަމަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މި މުޒާހަރާގެ ފެށުމަކީ ގްރެޓާ އިސްވެހުރެ ސްވިޑެންގެ މަޖިލީހުގެ ބޭރުގައި ކުރި މުޒާހަރާއެވެ. އޭނާއަކީ ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމާއިބެހޭގޮތުން ގިނަ ބައެއްގެ ލޯ ހުޅުވައިދިން ފަރާތެކެވެ. ދުނިޔޭގެ އެތަކެއް ގައުމުތަކެއްގެ އިހްތިރާމާއި ތަރުހީބު އޭނާ ކުރަމުންދާ މަސައްކަތަށް ލިބިފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި، ސްވިޑެންގެ އިތުރުން ދުނިޔޭގެ އެތަކެއް ގައުމުތަކުގައި ސްކޫލް ދަރިވަރުން ދިޔައީ، ހުކުރު ދުވަހަށް ހާއްސަކޮށް އެ ދަރިވަރުންގެ ކްލާސްތަކަށް ހާޒިރުނުވެ ތިމާވެށީގެ ހައްގުގައި އަޑު އުފުލުމަށް މަގުތައް މައްޗަށް ނުކުމެފައެވެ. މިހަފްތާ ތެރޭގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މި މަންޒަރު އަދި ތަކުރާރު ވެގެންދާނެއެވެ.

ބަދަލެއް ގެނައުމަށް ކުރެވޭ މި މުޒަހަރާތަކުގެ ބާނީ، ގްރެޓާ އެންމެ ފުރަތަމަ ތިމާވެއްޓާއި ބެހޭގޮތުން އަޑު އުފުލާފައިވަނީ 2018 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން 15 އަހަރެވެ. އޭނާގެ އަޑު އުފުލުމުގައި ފަހުން ގިނަ އަދަދަކަށް ދަރިވަރުން ވަނީ ބައިވެރިވެފައެވެ. " ފްރައިޑޭސް ފޯރް ފިއުޗަރ" ގެ ނަމުގައި ކުރަމުން އައި މުޒާހަރާގެ އެންމެ ކުރީ ސަފުގައި ހުރި ގްރެޓާއަކީ ގިނަބަޔަކު ރޯލް މޮޑެލް އެއްގެ ގޮތުގައި ދެކޭ، ވަރުގަދަ ޝަހުސިއްޔަތެކެވެ.

ްރެޓާއަށް އެންމެ ފުރަތަމަ މޫސުމަށް އަންނަ ބަދަލު ފަހަގަ ކުރެވެން ފެށީ 2011 ވަނަ އަހަރުކަމަށް އޭނާ ބުނެފައިވާއިރު، އޭރު އޭނާގެ އުމުރުން އެންމެ އަށް އަހަރެވެ. މޫސުމަށް އަންނަ ބަދަލުތަކާއިމެދު އެހާ ކުޑައިރުއްސުރެ ވިސްނަން ފެށުމުގެ ސަބަބުން އޭނާ ވަނީ ޑިޕްރެޝަންގެ ހާލަތަށް ވެއްޓިފައެވެ. އަދި އެއަށްފަހު މުޅިންހެން ކެއުމާއި ވާހަކަ ދެއްކުން ހުއްޓާލި ގްރެޓާއަށް އެސްޕަގަރ ސިންޑްރޯމް އާއި އޮބްސެސިވް ކޮމްޕަލްސިވް ޑިސޯޑަރ( އޯސީޑީ) އަށް ފަރުވާކުރަން ޖެހުނެވެ.

ގްރެޓާ ދެކޭ ގޮތުގައި އެކަންކަމުގެ ސަބަބުން ބަލިވެގެން ދިއުމަކީ އޭނާ އެއްގޮތަކަށްވެސް ހިތްވަރު އެލުވާލާނެ ކަމެއް ނޫނެވެ. އޭނާ ވިސްނާ ގޮތުގައި އެއީ އޭނާގެ "ސުޕަ ޕަވަރ" އެވެ.

ގްރެޓާގެ މައިންބަފައިންނަށްވެސް އޭނާ، ސްކޫލަށް ނުގޮސް ގިނަދުވަހު ހުރުމަކީ އެހާ ކަމުދާ ކަމަކަށް ނުވެއެވެ. ނަމަވެސް އެމީހުން ބުނާ ގޮތުގައި ސްކޫލަށް ގޮސް ގްރެޓާ ދެރަވެ ހިތާމަ ކުރުމަށްވުރެ، ތިމާވެށި ހިމާޔަތް ކުރަން ވަކާލާތުކޮށް، މުޒާހަރާ ކޮށްގެން އޭނާ އުފާވެފައި ހުންނަތަން ދެކެން މާ ހިތަށް ފަސޭހައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިމާވެށި ހިމާޔަތްކުރުން، އެންމެންގެ ޒިންމާއެއް

ތިމާވެށި ހިމާޔަތްކުރުން، އެންމެންގެ ޒިންމާއެއް

10 އެޕްރީލު 2023
ތެލުގެ އަގުބޮޑުވަމުން ދިއުމާއެކު، ނައިޖީރިޔާފަދަ ތެޔޮ ނަގާ ބިޔަ ގައުމުތައްވެސް ސޯލާރ އެނަރޖީއާ ދިމާއަށް

ތެލުގެ އަގުބޮޑުވަމުން ދިއުމާއެކު، ނައިޖީރިޔާފަދަ ތެޔޮ ނަގާ ބިޔަ ގައުމުތައްވެސް ސޯލާރ އެނަރޖީއާ ދިމާއަށް

13 ޖުލައި 2022
ތިމާވެށި ހިމާޔަތްކުރުމަށް ކުނި މަދުކުރަންޖެހޭ!

ތިމާވެށި ހިމާޔަތްކުރުމަށް ކުނި މަދުކުރަންޖެހޭ!

05 ޖޫން 2022
ޑެލްޓާ ވޭރިއަންޓް ކޮންޓްރޯލް ކުރަން ގައުމުތައް ނުކުޅެދިފައި

ޑެލްޓާ ވޭރިއަންޓް ކޮންޓްރޯލް ކުރަން ގައުމުތައް ނުކުޅެދިފައި

27 ޖޫން 2021
ޖީއައިއެސްގެ 10 ވަނަ އަހަރީ ދުވަސް: ތިމާވެށި ރައްކާތެރިކުރުމަށް ގޮވާލާ ބޮޑު ޕެރޭޑެއް

ޖީއައިއެސްގެ 10 ވަނަ އަހަރީ ދުވަސް: ތިމާވެށި ރައްކާތެރިކުރުމަށް ގޮވާލާ ބޮޑު ޕެރޭޑެއް

12 ޖުލައި 2019

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު