Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކުލި ކޮންޓްރޯލް ކޮށްގެން ވާނެ ފައިދާއެއް ނެތް!

އިންކަމް ޓެކްސްގެ ކުރިން ކުލި ކޮންޓްރޯލް ކުރުން މުހިންމު ކަމަށް ބައެއް ފަރާތްތަކުން ދެކޭ

އަމަން ހަލީމް
އަމަން ހަލީމް | 11 އޮކްޓޯބަރު 2019 | ހުކުރު 12:33
މާލެ ތޮއްޖެހިފައިވާ މިންވަރު ދައްކުވައިދޭ ފޮޓޮއެއް

މާލެ ތޮއްޖެހިފައިވާ މިންވަރު ދައްކުވައިދޭ ފޮޓޮއެއް

ރާއްޖޭގެ އެކި ހިސާބުތަކުން ފުރަ މާލެއަށް ހިޖުރަކޮށްގެން ދިރިއުޅޭ ހުރިހާ ރައްޔިތުން އެއްބަސްވާ އެއް ކަމެއް އޮވެއެވެ. އެއީ މި މާލޭގައި އިންތިހާއަށް ކުލި ބޮޑު ވާހަކައެވެ. ކިތަންމެ އާދައިގެ ތަނެއް ކަމުގައިވީ ނަމަވެސް، ކިރިޔާ ބޯހިޔާވާ ނަމަ، އެތަނަކުން ވެސް ބޮޑު ކުލި ނަގައެވެ. ބަޔަކު ދިރިއުޅޭ ގެއެއްގެ ތެރެއިން އެންމެ ކޮޓަރި ގަނޑެއް ވިޔަސް، ހަމަ އެހާ އަގު ބޮޑެވެ.

އަނެއްކާވެސް މި ވާހަކަތަކުގެ އަޑު ގަދަވެގެން މިއުޅެނީ، ލިބޭ އާމްދަނީން ޓެކްސް ނަގަން ފެށުމުގެ ގޮތުން ސަރުކާރުން މަޖިލީހަށް ބިލެއް ހުށައަޅަން އުޅޭ ދަނޑިވަޅެއްގައެވެ. އިންކަމް ޓެކްސްގެ ވާހަކައާ އެކު ކުލި ކޮންޓްރޯލް ކުރުމުގެ އަޑު ގަދަވެގެން މި އުޅެނީ، އިންކަމް ޓެކްސް ނަގާ ބޭންޑްތައް އާންމު ކުރުމާ އެކުގައެވެ. ސަރުކާރުން ހުށައަޅާފައިވާ ބިލުގައިވާ ގޮތުން ނަމަ، 40000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ އެންމެންގެ އަތުން އިންކަމް ޓެކްސް ނެގޭނެއެވެ.

މި އަދަދުތައް އިއުލާން ކުރުމާ ވިދިގެން، ގަދަ ހުޅުގަނޑެއްހެން ސޯޝަލް މީޑިއާގައި ފަޅައިގެން ދިޔައީ މާލޭގައި ކުލި ކޮންޓްރޯލް ކުރަން ޖެހޭ ވާހަކައެވެ. ލިބޭ އާމްދަނީން ޓެކްސް ނަގާ ވާހަކަ ފެށުމުގެ ކުރިން، ކުލި ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް އަޑު އުފުލާ މީހުން ގިނައެވެ. ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ފަރާތްތަކުން ބުނަނީ އެއީ މާ ދަށް އަދަދެއް ކަމުގައެވެ. އެހެން އެގޮވާލަނީ މާލޭގައި ދިރިއުޅުމުގެ ހަރަދު، ހާއްސަކޮށް ކުއްޔަށް ހޭދަކުރާ މިންވަރު، ބޮޑުވުމާއި ގުޅިގެންނެވެ. އެކަމަށް ވަކާލާތު ކުރާ ރައްޔިތުންގެ ބަސް ގަބޫލުކޮށް ސަރުކާރަށް ކުލި ކޮންޓްރޯލް ވެސް ކުރެވިދާނެއެވެ. ނަމަވެސް، މިއީ ހައްލެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ފަހަރުގައި މިހެން ބުނުމުން، ބައެއްގެ ރުޅިގަނޑު އަމާޒު ވެދާނެއެވެ. ފަހަރުގައި އަމިއްލަ މަސްލަހަތު އިސްކުރާ ކަމުގެ އިނގިލި ދިއްކުރުން ވެސް އެކަށީގެންވެއެވެ. އެކަމަކު ނޫނެކެވެ. ޙުދު އަޅުގަނޑު ވެސް މިއީ މާލޭގައި ކުލި ދައްކައިގެން އުޅޭ ރައްޔިތަކީމެެވެ. މިކަމުގައި ކުލި ކޮންޓްރޯލް ކުރުމާ ދެކޮޅަށް ވާހަކަ ދައްކަން މި ޖެހުނީ ކޮންމެހެނަކުން ގެޔަކުން ކުލި ލިބޭތީ އެ ފައިސާ ކޮޅު މަދު ވެދާނެތީ އެއް ނޫނެވެ. ނޫނީ ދައްކަން ޖެހޭ ފައިސާ މަދުވެދާނިތީ ވެސް ނޫނެވެ. އެކަމާ ދެކޮޅަށް ވާހަކަ ދައްކަން މި ޖެހުނީ އެއީ ހަމައެކަނި ވަގުތީ ހައްލަކަށް ވާތީއެވެ.

ތެދެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުލި ކޮންޓްރޯލް ކުރުމަކީ ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް އިގްތިސާދީ މާހިރުން ބުނާ ގޮތުން ނަމަ، ކުލި ކޮންޓްރޯލް ކުރުމުން ދުރު މުސްތަގުބަލުގައި އެކަމުގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށާއި ހައުސިންގ މަރކެޓަށް ކުރާނެއެވެ. މިކަމާއި ގުޅޭ ގޮތުން ހުރި ބައެއް ދިރާސާ ކަރުދާސްތަކަށް ބަލާއިރު، ވަގުތީ މަންފާތަކެއް ފެންނާން އެބަ ހުއްޓެވެ. އެއީ ހަމައެކަނި ވަގުތީ ނުވަތު ކައިރި މުސްތަގުބަލުގައި ލިބެން ހުރި މަންފާތަކެކެވެ. ދުރު މުސްތަގުބަލަށް ބަލާއިރު، އޭގެން އެ ލިބޭ ވަގުތީ މަންފާއާ ބަލާ، ލިބޭ ގެއްލުން މާ ބޮޑެވެ.

މިސާލަކަށް ނަގާނަމަ، އެމެރިކާގެ ކެލިފޯނިއާގައި އަންނަ އަހަރުން ފެށިގެން ކުލި ކޮންޓްރޯލް ކުރެވިގެން ދާނެއެވެ. ނަމަވެސް މިކަމުން ކުއްޔަށް ގެދޮރު ނެގުމުގެ ބާޒާރަށް ދާއިމީ ހައްލެއް އައިސްދާނެ ކަމާއި މެދު މާހިރުން ސުވާލު އުފައްދައެވެ. ކުލި ކޮންޓްރޯލް ކުރުމަށް ވުރެ، ބުއްދިވެރީ ގިނަ ގެތަކެއް އަޅައިގެން ކުއްޔަށް ދޫކުރާ ތަންތަން އިތުރުކުރުން ކަމަށް އެ މާހިރުން ދެކެއެވެ. އަތް ފޯރާ ފަށުގައި ކުއްޔަށް ލިބެން ހުރި ގޭގެއަކީ، ތަދު އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނައްތާލުން މާ ބުއްދިވެރި ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މި ނަޒަރުން މާލެއަށް ވިސްނާލާއިރު، މާލޭގެ ގެދޮރުގެ ބާޒާރަށް އިތުރުކުރާނެ ގެތަކެއް އަޅާނެ ބިމެއް ނެތެވެ. މާލޭ އޮތީ ފުރި ބާރުވެފައެވެ. ގެތައް ހުންނަނީ ތޮއްޖެހި ހިރިނުލެވޭހާ ކައިރި ކައިރީގައެވެ. ސުވާލަކީ، ދެން ހަދާނީ ކިހިނެއް ހެއްޔެވެ. ހައްލެއް އެބައޮތެވެ. ހައްލަކީ ހުރިހާ ހިދުމަތެއް މާލެއިން ލިބުމަށް ނިމުމެއް ގެނައުމެވެ. އޭގެ އެންމެ ފުރިހަމަ މާނައިގައި، ލާމަރުކަޒު ކުރުމެވެ. ސަރުކާރުގެ ތަސައްވުރުގައި އޮތް ފަސް އަރބަން ސެންޓަރު ހަގީގަތަކަށް ހެދުމެވެ.

މަސް އަންނާނީ ފެން އޮތްތަނަކަށޭ ބުނާ އުސޫލުން، ރައްޔިތުން ވެސް ދާނީ ބޭނުންވާ ހިދުމަތްތައް ލިބޭ ތަނަކަށެވެ. އެ ހިދުމަތްތައް އެހެން ތަނަކުން ލިބޭނަމަ، ބޭނުންވާ ވަރުގެ އާމްދަނީއެއް ލިބޭނަމަ، މި މާލޭގައި ބޮޑު ކުލި ދީގެން ޖީބު ހުސްކުރާކަށް އެކަކުވެސް ނާންނާނެއެވެ. މާލޭއިން އެކަނި ރަނގަޅު ސިއްހީ ހިދުމަތްތަކާއި، މަތީ ތައުލީމާއި، ބޭނުންވާ ވަޒީފާތައް ލިބޭނަމަ، މިތަން ދޫކޮށް ދާންވީއެވެ.

މިއީ ބޭސިކް އިކޮނޮމިކްސްއެވެ. ޑިމާންޑް އޮތް ތަނެއްގައި ސަޕްލައި ދަށްވާނަމަ، ތަކެތީގެ އަގު މައްޗަށް ދާނެއެވެ. އެއީ ހަގީގަތެވެ. އެ ކޮންޓްރޯލް ކުރަން އުޅުމުން ނިކުންނާނެ ނުރަނގަޅު ނަތީޖާއަކަށް ވުރެން، ބުއްދިވެރީ ދާއިމީ ހައްލެއް ހޯދުން ނޫންތޯއެވެ. ސަރުކާރުން އަވަސް ވެގަންނަންވީ، މި ޑިމާންޑް ދަށް ކުރުމަށެވެ. އޭރަކަށް އަގޮބޮޑު ކުރާނެ ސަޕްލައި އެއް ނޯންނާނެކަން ގައިމެވެ. ހައްލަކީ ކުލި ކޮންޓްރޯލް ކުރުމެއް ނޫނެވެ. ހައްލަކީ މާލެ ނޫން ގޮތެއް ރައްޔިތުންނަށް ދެއްކުމެވެ.

އިތުރަށް ކިޔާލަން

17 ޖުލައި 2017

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!
10 ޖޫން 2017

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!
10 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!
08 ޖޫން 2017

ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!

08 ޖޫން 2017
ޓެރަރިސްޓް ގަތަރު އޯކޭއެއް ނޫން، ގަތަރާ ވިޔަފާރިކޮށްގެން ލިބޭ ޑޮލަރު އޯކޭ!
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
18 އެޕްރީލު 2017

ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟

18 އެޕްރީލު 2017
ބަލި ނޭނގި ބޭސްދޭ އުސޫލުން ހިންގާ ތަހުގީގު! ހައިރާނެއް ފަހެ ނުވާނެތަ؟
15 އެޕްރީލު 2017

ރިލްވާނެއް ނުހޯދުނު، އަފްރާޝީމްގެ ހުރިހާ ގާތިލުންވެސް އަތެއް ނުލެވުނު!

15 އެޕްރީލު 2017
ރިލްވާނެއް ނުހޯދުނު، އަފްރާޝީމްގެ ހުރިހާ ގާތިލުންވެސް އަތެއް ނުލެވުނު!
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު