Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓު

ހިޔާ ފްލެޓު ލިބުނު މީހުންނަށް ފްލެޓް ދައްކާލަނީ

24 ޖޫން 2021 | ބުރާސްފަތި 09:50

ފްލެޓުތައް ދައްކަނީ ކޮންމެ ދުވަހަކު ހަތަރު ދަންފަޅިއަކަށް ބަހާލައިގެން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 24 ޖޫން 2021 | ބުރާސްފަތި 09:50
ހިޔާ މަޝްރޫއުގެ ފްލެޓްސް

ހިޔާ މަޝްރޫއުގެ ފްލެޓްސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫގެ ފްލެޓު ލިބުނު މީހުންނަށް އެތަންތަން ދެއްކުން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި 6،720 ފްލެޓު ލިބުނު މީހުންނަށް އެތަންތަން ދައްކަން ހަމަޖެހިފައި ވަނި މި މަހުގެ 26ވާ ހޮނިހިރު ދުވަހުން ފެށިގެން ގޮސް އަންނަ މަހުގެ 4 ވާ އާދިިއްތަ ދުވަހާ ހަމައަށް ކަމަށެވެ. އެއީ 26 ވަނަ ދުވަހު އެޗް-14 އަދި އެޗް-13، 27 ވަނަ ދުވަހު އެޗް-10 އަދި އެޗް-9، 28 ވަނަ ދުވަހު އެޗް-16 އަދި އެޗް-15، 29 ވަނަ ދުވަހު އެޗް-4 އަދި އެޗް-3، 30 ވަނަ ދުވަހު އެޗް-12 އަދި އެޗް-11، 1 ޖުލައިގައި އެޗް-2 އަދި އެޗް-1، 3 ޖުލައިގައި އެޗް-7 އަދި އެޗް-8، 4 ޖުލައިގައި އެޗް-5 އަދި އެޗް-6 ވަނަ ޓަވަރެވެ.

Advertisement - newsAdvertisement

ފްލެޓު ދެއްކުން ކުރިއަށް ގެެންދަން ހަމަޖައްސާފައި ވަނީ ކޮންމެ ދުވަހަކު ވެސް ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފްލެޓުތައް ދައްކަނީ ހެނދުނު 8ން 10:30ށް، އެއް ވަނަ ފަންގިފިލާއިން ހަތް ވަނަ ފަންގިފިލާއާ ދެމެދު، 10:30ން 13:00ށް، 8 ވަނަ ފަންގިފިލާއިން 14 ވަނަ ފަންގިފިލާއާ ދެމެދު، 13:00ން 14:30ށް 15 ވަނަ ފަންގިފިލާއިން 19ވަނަ ފަންގިފިލާއާ ދެމެދު އަދި 14:30ން 16:00 20-24 ވަނަ ފަންގިފިލާއާ ދެމެދެވެ.

މި ގަޑިތަކުގައި ފްލެޓު ބެލުމުގެ ފުރުސަތު ދެނީ ކޮންމެ ފެލްޓަކުން ވެސް ދެ މީހަކަށެވެ. ފެލްޓު ބަލަން ދާއިރު އައިޑީކާޑު ގެންދަންޖެހެއެވެ. އަދި ދަނީ ވެރިފަރާތް ނޫން މީހެއް ނަމަ އެމީހެއްގެ އައިޑީކާޑާއި ވެރިފަރާތުގެ އައިޑީކާޑުގެ ސާފު ފޮޓޯއެއް ގެންދަންޖެހެއެވެ.

އެޗްޑީސީން ބުނީ ފްލެޓު ބަލަން ހާޒިރުނުވެވޭ މީހުންނަށް ފްލެޓު ދައްކަން ހަމަޖެހިފައި ވަނީ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލުކުރާ ދުވަހު ކަމަށެވެ. އަންނަ މަހުގެ 14 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ފަށާއިރު، ސޮއިކުރަން ފަށާ ދުވަހު ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހައިލައިގެން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް