Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލޯފަން މީހަކަށް މުއްދަތު ހަމަވެފައިވާ ބޭސް ދިނުން

އިސްރާއީލުގެ ޖަލުގައި ލޯފަން ގައިދީއަކަށް މުއްދަތު ހަމަވެފައިހުރި ބޭސް ދީފި

ބައްރާޝްއަށް ދެމުން ގެންގޮސްފައިވަނީ މުއްދަތު ހަމަވެފައިހުރި ކޮލެސްޓްރޯލް ބޭސް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 23 ޖޫން 2021 | ބުދަ 16:56
ފަލަސްތީނަށް ނިސްބަތްވާ ލޯފަން ގައިދީ، ބައްރާޝް

ފަލަސްތީނަށް ނިސްބަތްވާ ލޯފަން ގައިދީ، ބައްރާޝް

ފަލަސްތީނަށް ނިސްބަތްވާ ލޯފަން ގައިދީއަކަށް އިސްރާއީލުގެ ޖަލުގައި މުއްދަތު ހަމަވެފައި ހުރި ބޭސް ދެމުން ދިޔަކަން ހާމަވެއްޖެއެވެ.

ކޮމިޓީ ފޯ ޑީޓެއިނީސް އެންޑް ފޯމަރ ޑީޓެއިނީސްއާ ހަވާލާދީ ގުދުސް ނިއުސް ނެޓްވޯކުން ބުނީ އިސްރާއީލް ޕްރިޒަން ސާރވިސްއިން، ލޯފަން ގައިދީއެއް ކަމަށްވާ މުޙައްމަދު ބައްރާޝް އަށް މުއްދަތު ހަމަވެފައިހުރި ބޭހެއް ދީފައި ވާކަމަށެވެ.

ބައްރާޝްއަށް ދެމުން ގެންގޮސްފައިވަނީ މުއްދަތު ހަމަވެފައިހުރި ކޮލެސްޓްރޯލް ބޭހެވެ. މި މައްސަލަ އޭނާ ވަނީ ޖަލުގެ އިދާރީ މީހުންގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް އޭނާގެ ޝަކުވާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކޮމެޓީން ނެރުނު ރިޕޯޓުގައި ވާގޮތުން ބައްރާޝްއަކީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ސިއްޙީ ހާލު ބޮޑު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން މުއްދަތު ހަމަވެފައި ހުރި ބޭސްދިނުމުގެ ސަބަބުން އޭނާގެ ހާލަތު އިތުރަށް ގޯސްވެފައި ވާކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ވެއެވެ.

ލޯފަން މީހަކަށް ވުމުގެ އިތުރުން، ބައްރާޝް އަކީ ހިތުގެ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހެކެވެ. އަދި އޭނާއަކީ ވާތު ފައި ބުރިކޮށްލާފައިވާ މީހެކެވެ. އޭނާގެ ކަންފަތަށް އަޑު އިވުމުގައިވެސް ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ރިޕޯޓުގައި ވެއެވެ. ބައްރާޝްގެ ކަންފަތުގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާއިރު، އޭނާގެ ޕްރޮސްތެޓިކް ފައި ވެސް ވަނީ ހަލާކުވެފައެވެ. ނަމަވެސް އިސްރާއިލް ޕްރިޒަން ސާވިސް އިން އެއްވެސް ވަރަކަށް މިކަމާމެދު ސަމާލުކަން ދީފައެއްނުވެއެވެ.

އުމުރުން 45 އަހަރުގެ ބައްރާޝްއަކީ އަލްއަމްއަރީ ރެފިއުޖީ ކޭމްޕްގެ މީހެކެވެ. އިސްރާއީލްގެ ސިފައިން އޭނާ ހައްޔަރުކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ. އޭގެ ފަހުން ތިން ފަހަރެއްގެ މަތިން އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވެއެވެ.  

ފަލަސްތީނުގެ ގައިދީންގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ކޮމެޓީން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާގެ ރައީސްގެ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅުއްވި މައްސަލައިގައި 5 މެމްބަރުންގެ ބެންޗެއް

ލަންކާގެ ރައީސްގެ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅުއްވި މައްސަލައިގައި 5 މެމްބަރުންގެ ބެންޗެއް

11 ޖެނުއަރީ 2018
މިސްރުގެ ކުއްލި ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

މިސްރުގެ ކުއްލި ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

03 ޖެނުއަރީ 2018
މިޔަންމާގައި ހައްޔަރުކުރި ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މިޔަންމާގައި ހައްޔަރުކުރި ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

28 ޑިސެމްބަރު 2017
އެއް ކެންޑިޑޭޓް އަރުވާލެވިފައި، އަނެއް ކެންޑިޑޭޓް ޖަލުގައި: މިއީ އާދައިގެ އިންތިޚާބެއް ނޫން

އެއް ކެންޑިޑޭޓް އަރުވާލެވިފައި، އަނެއް ކެންޑިޑޭޓް ޖަލުގައި: މިއީ އާދައިގެ އިންތިޚާބެއް ނޫން

07 ޑިސެމްބަރު 2017
އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން

އިސްރާއީލުގެ ވެރިރަށަކީ ޤުދުސްކަމަށް ބަލައިގަތުމަކީ ނުރައްކާތެރި ކަމެއް: އުރުދުން

04 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު