Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ސިރިސޭނާ

ލަންކާގެ ރައީސްގެ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅުއްވި މައްސަލައިގައި 5 މެމްބަރުންގެ ބެންޗެއް

ވެރިކަމުގެ ދައުރު ހަ އަހަރުން ފަސް އަހަރަށް ކަނޑައެޅުއްވުމުގައި އިސްކޮށް ހުންނެވީ ވެސް ރައީސް ސިރިސޭނާ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 11 ޖެނުއަރީ 2018 | ބުރާސްފަތި 16:11
ރައީސް ސިރިސޭނާ

ރައީސް ސިރިސޭނާ

ސްރީލަންކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާ އަށް ވެރިކަމުގައި ހަ އަހަރު ހުންނެވިދާނެތޯ ބެލުމަށް އެގައުމުގެ ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ މައްސަލަ ބަލަން އެގައުމުގެ ސުޕްރީމް ކޯޓުން ފަސް މެމްބަރުންގެ ބެންޗެއް އެކުލަވާލައިފިއެވެ.

ފަސް މެންބަރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޕްރިޔަސަތު ޑެޕްއާއި، ފަނޑިޔާރު އީވާ ވަނަސުންދެރާ، ބުވަނެކަ އަލުވިހަރެ، ސިސިރާ ޑެ އެބްރޫ އަދި ކޭ.ޓީ ޗިތުރަސިރީއެވެ.

ސިރިސޭނާ ވެރިކަމުގެ ދައުރަށް އެއް އަހަރު އިތުރު ކުރުމަށް އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއިރު، 2015 ވަނަ އަހަރު ގާނޫނު އަސާސީ އަށް ބަދަލު ގެނެސް ރައީސްއަކަށް ވެރިކަމުގައި ހުންނެވޭނީ ހަ އަހަރުގެ ބަދަލުގައި ފަސް އަހަރު ކަމަށް ކަނޑައެޅުއްވުމުގައި އިސްކޮށް ހުންނެވީ ވެސް ރައީސް ސިރިސޭނާއެވެ.

ގާނޫނު އަސާސީ އަށް 2015 ވަނަ އަހަރު ގެނައި އިސްލާހާ އެކު ސިރިސެނާގެ ވެރިކަމުގެ ދައުރު ހަމަވާނީ 2020 ވަނަ އަހަރެވެ. ނަމަވެސް އިތުރު އެއް އަހަރު ވެރިކަމުގައި ހުންނެވުމަށް ސުޕްރީމް ކޯޓުން ހުއްދަ ދީފި ނަމަ 2021 ވަނަ އަހަރު ވަންދެން ސިރިސެނާ އަށް ވެރިކަމުގައި ހުންނެވޭނެއެވެ.

ސިރިސޭނާގެ ހުށަހެޅުއްވި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ބެންޗުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާއިރު މި މައްސަލާގައި ސުޕްރީމް ކޯޓަށް ފެންނަ ލަފާ މި މަހު 15 ވަނަ ދުވަހުގެ ކުރިން ސިރިސޭނާ އަށް އަރުވާނެއެވެ.

ސްރީލަންކާގެ ރައީސް އެމަނިކުފާނު ވެރިކަމުގެ ދައުރުގެ މުއްދަތު އިތުރު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާއިރު ސިރިސޭނާ ސަރުކާރުގެ ކޯލިޝަން ޕާޓްނަރު "ދަ ޔުނައިޓެޑް ނެޝެނަލް ޕާޓީ (ޔޫއެންޕީ)" އާ މެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ޔޫއެންޕީ ލީޑު ކުރައްވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު