Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮއިޓަރސްގެ ނޫސްވެރިން

މިޔަންމާގައި ހައްޔަރުކުރި ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މިޔަންމާގައި ހައްޔަރު ކޮށްފައިވަނީ ރޮއިޓަރސްގެ ދެ ނޫސްވެރިން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 28 ޑިސެމްބަރު 2017 | ބުރާސްފަތި 07:20
މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންތަކެއް

މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންތަކެއް

މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކަވަރު ކުރުމަށް ހަރަކާތްތެރިވަމުން ދަނިކޮށް ހައްޔަރުކުރި ރޮއިޓަރސްގެ ދެ ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރޮއިޓަރސްގެ ދެ ނޫސްވެރިން ކަމަށްވާ ލޯން އަދި ކިޔޯ ސޮއޭ އޫ ހައްޔަރު ކޮށްފައިވަނީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ފުލުހުންގެ އޮފިސަރުންތަކަކާއި ބައްދަލުކޮށް މަޢުލޫމާތު ދިނުމަށް ހުށަހެޅުމާއި ގުޅިގެންނެވެ.

އެ ދެ ނޫސްވެރިންގެ މައްޗަށް ގާނޫނާ ޚިލާފަށް މަޢުލޫމާތު ހޯދުމުގެ ތުހުމަތު ކުރެވިފައި ވާއިރު، ރޮއިޓަރސް އިން ވަނީ އެމީހުން ހައްޔަރު ކޮށްފައިވަނީ ނޫސްވެރިކަމުގެ ޒިންމާ އަދާ ކުރަމުން ދަނިކޮށް ކަމަށް ބުނެ އެމީހުން މިނިވަން ކުރުމަށް ގޮވާލާފައެވެ.

އެހެން ނަމަވެސް، މިޔަންމާގެ ކޯޓުން ވަނީ ދެ ނޫސްވެރިންގެ ބަންދުގެ މުއްދަތު ދެ ހަފްތާ އަށް އިތުރު ކޮށްފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމާއެކު، އެމީހުން ވަނީ މިޔަންމާގެ ވެރިރަށް ޔަންގޮން (ކުރީގެ ރަންގޫން) ގެ އިންސެއިން ޖަލަށް ބަދަލު ކޮށްފައެވެ.

އެއްތިރީސް އަހަރުގެ ވާ ލޯން އަދި 27 އަހަރުގެ ކިޔޯ ސޮއޭ އޫ، މީގެ ކުރިން ބަންދުގައި ބަހައްޓާފައި ވަނީ ފުލުހުންގެ މަރުކަޒެއްގައެވެ.

އެ ދެ ނޫސްވެރިންގެ މައްޗަށް ދައުވާ ކުރަނީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި ބަރުމާ (ކުރީގެ މިޔަންމާ) އޮތްއިރު އަމަލު ކުރަންފެށި ރަސްމީ ސިއްރުތަކާ ބޭހޭ ގާނޫނުގެ ދަށުންނެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ގިނަވެގެން 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މިޔަންމާގެ ސަރުކާރުން ވަނީ، ބޭރުގެ މީޑިއާއަކާއި ހިއްސާކުރުމުގެ ނިޔަތުގައި އެ ދެ މީހުން ގާނޫނާއި ޚިލާފަށް މަޢުލޫމާތު ހޯދާފައިވާ ކަމަށް ބުނެފައެވެ. ދެ ނޫސްވެރިން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އޮފިސަރުންތަކަކާއެކު ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދިނުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދެ ނޫސްވެރިންނަށް ވަނީ ފުރަތަމަ ފަހަރަށް އާއިލާގެ މެމްބަރުންނާއި، ގާނޫނީ ވަކީލާ ބައްދަލުކުރުމުގެ ފުރުޞަތު ދީފައެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2018

ފުލުހުން ހައްޔަރުކުރި ދަރިވަރަކު ގެއްލިގެން މެކްސިކޯގައި މުޒާހަރާކޮށްފި

29 ޖެނުއަރީ 2018
ފުލުހުން ހައްޔަރުކުރި ދަރިވަރަކު ގެއްލިގެން މެކްސިކޯގައި މުޒާހަރާކޮށްފި
11 ޖެނުއަރީ 2018

ލަންކާގެ ރައީސްގެ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅުއްވި މައްސަލައިގައި 5 މެމްބަރުންގެ ބެންޗެއް

11 ޖެނުއަރީ 2018
ލަންކާގެ ރައީސްގެ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅުއްވި މައްސަލައިގައި 5 މެމްބަރުންގެ ބެންޗެއް
03 ޖެނުއަރީ 2018

މިސްރުގެ ކުއްލި ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

03 ޖެނުއަރީ 2018
މިސްރުގެ ކުއްލި ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
18 ޑިސެމްބަރު 2017

ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި

18 ޑިސެމްބަރު 2017
ސައުދީގައި ހައްޔަރުކުރި ފަލަސްތީނުގެ ބިލިއަނަރު ދޫކޮށްލައިފި
13 އޮކްޓޯބަރު 2017

މިޔަންމާގައި ހުންނަވާ އދގެ އެންމެ އިސް އޮފިޝަލް އެގައުމު ދޫކުރައްވާ ވަޑައިގަންނަވަނީ

13 އޮކްޓޯބަރު 2017
މިޔަންމާގައި ހުންނަވާ އދގެ އެންމެ އިސް އޮފިޝަލް އެގައުމު ދޫކުރައްވާ ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު