Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ - ފަލަސްތީން

އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި

އެމެރިކާގައި ފަލަސްތީނުގެ އެމްބަސީއެއް ނުހުރޭ، ހުންނަނީ ޕީއެލްއޯގެ އޮފީހެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2017 | އާދީއްތަ 05:35
އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ހުންނަ ޕީއެލްއޯ އޮފީސް

އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ހުންނަ ޕީއެލްއޯ އޮފީސް

އިސްރާއީލުން ފަލަސްތީނުގެ ބިމުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ތަހުޤީޤްކުރުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސް ގޮވާލެއްވުމުން އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ހުންނަ ޕަލަސްޓީނިއަން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އޮފީސް ބަންދުކުރާނަކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން މިހާރުވަނީ މިފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ފަލަސްތީނަށް ރަސްމީކޮށް ދެއްވާފައެވެ. ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް އެމެރިކާއިން ބަލައިނުގަންނާތީ އެޤައުމުގެ އެމްބަސީއެއް އެމެރިކާގައި ނުހުރެއެވެ. އެހެން ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ވެރިކަމުގައި ފަލަސްތީނުގެ ރައްޔިތުން ތަމްސީލްކުރުމަށް އެމެރިކާގައި ޕީއެލްއޯގެ އޮފީހެއް ހުޅުވުމަށް ހުއްދަ ދެއްވިއެވެ. ޕީއެލްއޯއަކީ ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އިސްކޮށް ހުންނަވާ، އެޤައުމުގެ މިނިވަންކަމަށް މަސައްކަތްކުރާ މައި ޖަމާޢަތެވެ. ފަލަސްތީނުގެ ވެރިކަންކުރާ ފަތަހަ ޖަމާޢަތް ހިމެނެނީ ޕީއެލްއޯގައެވެ.

އެމެރިކާގެ ކޮންގްރެސްއިން 2015 ވަނަ އަހަރު ޤާނޫނަށް ގެނައި ބަދަލުގެ ދަށުން، އިސްރާއިލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުޤީޤްކުރަން ބައިނަލްއަޤްވާމީ ޖިނާޢީ ކުށްތަކާބެހޭ ކޯޓަށް ފަލަސްތީނުން ގޮވާލައިފިނަމަ އެމެރިކާގައި ހުންނަ ޕީއެލްއޯ އޮފީސް ބަންދުކުރެވޭނެއެވެ.

މިމައްސަލައިގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ މިއީ ސީދާ އެމެރިކާގެ ޤާނޫނު ތަންފީޒުކުރުމާއި ބެހޭ މައްސަލައެއްކަމަށާއި، ޤާނޫން ތަންފީޒުވާން ޖެހޭނެކަމަށެވެ.

ޕީއެލްއޯ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު އެމެރިކާއިން ދިނުމާ ގުޅިގެން ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ފަލަސްތީނުގެ އިސް މަންދޫބު އަދި ޕީއެލްއޯގެ އިސް އޮފިޝަލެއްކަމަށްވާ ސާއިބް އުރައިޤާތު ވިދާޅުވީ, މިއީ އިސްރާއީލުގެ ޕްރެޝަރުގެ ސަބަބުން އެމެރިކާއިން އަޅަން އުޅޭ ފިޔަވަޅެއްކަމަށެވެ. އަދި މީގެ އިތުރުން އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ހުންނަ ޕީއެލްއޯ އޮފީސް ބަންދުކޮށްފިނަމަ، އެމެރިކާއާއި އެކު ކުރިއަށްގެންދާ ވާހަކަތައް ހުއްޓާލަން ޖެހިދާނެކަމުގެ އިންޒާރުވެސް ޕީއެލްއޯއިން ވަނީ ދީފައެވެ.

މެދުއިރުމަތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާގެ ފިރިކަލުންކަމަށްވާ ޖެރަރޑް ކުޝްނާ އާއި އެމަސައްކަތް ވަނީ ހަވާލުކުރައްވާފައެވެ. އިސްރާއީލާއި ފަލަސްތީނުގެ އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ކުޝްނާ ދޭތެރެދޭތެރެއިން މެދުއިރުމައްޗަށް ދަތުރުކުރައްވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. އިން ޔަމަނުގެ ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރަނީ

އދ. އިން ޔަމަނުގެ ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރަނީ

30 ސެޕްޓެމްބަރު 2017
ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

ހަމާސް އާއެކު މަޝްވަރާކުރުމަށް ފަލަސްތީނުގެ ބޮޑުވަޒީރު ޣައްޒާ އަށް!

25 ސެޕްޓެމްބަރު 2017
ފަލަސްތީނުގެ ދެމީހަކު މަރާލައިފި

ފަލަސްތީނުގެ ދެމީހަކު މަރާލައިފި

22 ޖުލައި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު