Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިސްރުގައި ކުއްލި ހާލަތު

މިސްރުގެ ކުއްލި ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

މިދިޔަ އަހަރުގެ އެޕްރީލް އިން ފެށިގެން ވަނީ ކުއްލި ޙާލަތު އިއުލާންކުރައްވާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2018 | ބުދަ 03:22
މިސްރުގެ ރައީސް އަބްދުލްފައްތާޙް އަލް ސީސީ

މިސްރުގެ ރައީސް އަބްދުލްފައްތާޙް އަލް ސީސީ

މިސްރުގައި އިއުލާންކޮށްގައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ އަނެއްކާވެސް އިތުރު 3 މަސްދުވަހަށް އިތުރުކޮށްފިއެވެ.

ރައީސް އަބްދުލްފައްތާޙް އަލް ސީސީގެ އަމުރުފުޅަށް ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރު 3 މަސް ދުވަހަށް އިތުރު ކުރީ ޖެނުއަރީ 13 ވަނަ ދުވަހުން ފެށިގެންނެވެ. 2017ވަނަ އަހަރުގެ އެޕްރީލް މަހު ސީސީ މިސްރުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރެއްވުމަށްފަހު 3 މަހުން 3 މަހުން އެ އަމުރުގެ މުއްދަތު ގެންދަވަނީ އިތުރު ކުރައްވަމުންނެވެ.

މިފަހަރުވެސް މުއްދަތު އިތުރުކުރެއްވީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެއެވެ. އަދި މިފަހަރު ކުއްލި ނުރައްކަލުގެ އަމުރުގެ މުއްދަތު އިތުރުކޮށްފައި މިވަނީ މިސްރުގެ ވެރިރަށް ޤާހިރާގެ ހެލްވާން ޑިސްޓްރިކްޓްގައި ގިބްޠީންނައި ދެކޮޅަށް ނުރައްކާތެރި 2 ޙަމަލާއެއް ހުކުރު ދީފައި ވަނިކޮށެވެ.

މިސްރުގެ ރަސްމީ ޚަބަރު ފަތުރާ ވަޞީލަތްތަކުން ބުނާ ގޮތުގައި ރައީސް އަބްދުލް ފައްތާޙް އަލް ސީސީ އެޤައުމުގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ އަމުރުގެ މުއްދަތު އިތުރުކުރެއްވީ "ޤައުމުގައި އަމަން ޤާއިމްކުރެއްވުމަށާއި، ޓެރަރިޒަމް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން"ކަމަށެވެ.

މި އަމުރުގެ މުއްދަތުގައި ޤާއިމްކުރެވޭ ޚާއްސަ ކޯޓުތަކަށް، ޚާއްސަ އަމުރެއްގެ ދަށުން މީހުން ހާޒިރުކޮށް މައްސަލަ ބެލުމުގެ ބާރު ރައީސް ސީސީއަށް ލިބިވަޑައިގަނެއެވެ. ސްޓޭޓް ސެކިއުރިޓީ އިމަރޖަންސީ ކޯޓުތަކުން ކުރާ ހުކުމްތައް އިސްތިއުނާފެއް ނުކުރެވޭނެއެވެ.

ހަމައެއާއިއެކު، ކުއްލި ނުރައްކަލުގެ ޙާލަތުގައި އާއްމުންގެ މުވާޞަލާތީ މުއާމަލާތްތައް އަޑު އެހުމާއި، ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުމުގެ ބާރި ރައީސް ސީސީއަށް ލިބިވަޑައިގަންނަވައެވެ. އަދި ވިޔަފާރިތައް ބަންދުކުރުމާއި، ކާފިއު އިއުލާންކުރުމާއި، އާއްމުންގެ މުދާ ހިފެހެއްޓުމާއި، ސަރަހައްދުތަކުން މީހުން ހުސްކުރުންފަދަ ބޮޑެތި ބާރުތައްވެސް ލިބިވަޑައިގަންނަވައެވެ.

މުއްދަތެއް ނެތް ގޮތަށް، ބޭނުން އިރަކު، ބޭނުން ހުއްޖަތެއް ދެއްކުމަށްފަހު މީހުން ހައްޔަރުކުރުމުގެ ބާރު މި މުއްދަތުގައި ސަލާމަތީ ބާރުތަކަށް ލިބިގެންވެއެވެ.

ސީސީގެ މި ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ މުޖްތަމައުން ގެންދަނީ ފާޑުކިޔަމުންނެވެ. އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާ ގޮތުގައި 2013ވަނަ އަހަރު ސީސީ ވެރިކަމަށް ވަޑައިގަތްފަހުން މިސްރުގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

2013ވަނަ އަހަރު ސީސީ ވެރިކަމަށް ވަޑައިގެންފައިވަނީ މިސްރުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެން ހުންނެވި އިޚްވާނުލް މުސްލިމީންގެ މުޙައްމަދުގެ މުރްސީގެ ވެރިކަން ވައްޓާލެއްވުމަށްފަހުއެވެ. ސީސީއަކީ އޭރުގެ އަސްކަރިއްޔާގެ ވެރިޔާއެވެ.

މިއަހަރުގެ ފަހުކޮޅު މިސްރުގައި ރިޔާސީ އިންތިޚާބު އޮންނާނެއެވެ. މި އިންތިޚާބުގައި ސީސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

19 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު