Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް ފަލަސްތީނު މައްސަލަ

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް ޓްރަމްޕް ނިންމަވަނީ

2 ޑިސެމްބަރު 2017 | ހޮނިހިރު 04:26

އެމެރިކާގެ މިނިންމުން ބައިނަލްއަޤްވާމީ މުޖްތަމައުން ބަލައިނުގަންނާނެ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 2 ޑިސެމްބަރު 2017 | ހޮނިހިރު 04:26
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއިއެކު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއިއެކު | ގެޓީ އިމޭޖަސް

ޔަހޫދީ ދައުލަތް އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަންނަން އެމެރިކާއިން މިހަފްތާ ތެރޭގައި ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސްގެ އޮފިޝަލުންނާއި ހަވާލާދީ އެމެރިކާގެ ބައެއް މީޑިއާތަކުން ބުނީ އަންގާރަ ދުވަހުގެ ކުރިން މިނިންމުން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވާނެ ކަމަށެވެ. އަދި އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމައުން ޤަބޫލުކުރާ ރަށް ތެލްއަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ، ޤުދުސްއަށް ބަދަލުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޤުދުސްއަކީ އިސްރާއީލާއި ފަލަސްތީނުން ވެސް އެ ދެޤައުމުގެ ވެރިރަށުގެ ގޮތުގައި ހެދުމަށް މަސައްކަތްކުރާ ރަށެވެ. އެހެން ނަމަވެސް ބައިނަލްއަޤްވާމީ މުޖްތަމައުން އެއްބަސްނުވާތީއާއި، އަދި މަސްލަހަތަށްޓަކައި އިސްރާއީލުން މިއަދާއި ހަމަޔަށް ވެސް ވެރިކަން ކުރަމުންދަނީ ތެލްއަވީވުގައެވެ. އަދި ފަލަސްތީނުން ވެރިކަންކުރަނީ ހުޅަނގު އައްސޭރީގެ ރާމަﷲ ގައެވެ.

އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ އެއް ވަޢުދެވެ. މި ވަޢުދަށް އިސްރާއީލުން މަރުޙަބާ ކީ ނަމަވެސް، ބައިނަލްއަޤްވާމީ މުޖްތަމައުން މިކަން ބަލައެއް ނުގަނެއެވެ. އަދި އެހެން އެއްވެސް ޤައުމެއްގެ އެމްބަސީއެއްވެސް ޤުދުސްގައި ޤާއިމްކޮށްފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަން ނިންމެވިނަމަވެސް، ފަލަސްތީނުގެ ރައްޔިތުން ރުޅި ނޭރުވުމަށްޓަކައި، ޓްރަމްޕް ނިންމަވާނީ ހުޅަނގު ޤުދުސް އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށެވެ. ފަލަސްތީނުން ވެރިކަންކުރަން ބޭނުންވަނީ އިރުމަތީ ޤުދުސްގައެވެ. އަދި އިރުމަތީ ޤުދުސްއަކީ ބައިނަލްއަޤްވާމީ މުޖްތަމައުން ޤަބޫލުކުރާ ގޮތުގައި ފަލަސްތީނުގެ ބިމެކެވެ.

އެމެރިކާގެ މިނިންމުމުގެ ރިޕޯޓްތަކާއިއެކު ފަލަސްތީނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފަލަސްތީނުގެ ރައީސްގެ އޮފީހުން ވަނީ މިނިންމުމުގެ ނުރައްކާތެރިކަން ފާހަގަކޮށްފައެވެ. އަދި ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ފަލަސްތީނުގެ އިސް މަންދޫބު ސާއިބު އުރައިޤާތު ވިދާޅުވީ ޤުދުސްގެ މައްސަލައަކީ ހަމައެކަނި ފަލަސްތީނުގެ މައްސަލައެއް ނޫންކަމަށާއި، މިއީ އިސްލާމީ، ޔަހޫދީ އަދި ނަޞާރާ ދީނުގެ މީހުންނާއި ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި އެމެރިކާއިން އެކަމަށް ވިސްނާނެކަމަށް އުއްމީދުކުރައްވާ ކަމަށް އުރައިޤާތު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2017

އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި

19 ނޮވެމްބަރު 2017
އިސްރާއީލުގެ ޖަރީމާތައް ތަހުޤީޤްކުރަން ގޮވާލުމުން ފަލަސްތީނުގެ އޮފީސް ބަންދުކުރާނެކަމުގެ އިންޒާރު ދީފި
28 ސެޕްޓެމްބަރު 2017

ޓްރަމްޕްގެ ދަނބިދަރިކަލުން ވޯޓުލާފައި ވަނީ "އަންހެނެއްގެ ގޮތުގައި": ވަޔަޑް

28 ސެޕްޓެމްބަރު 2017
ޓްރަމްޕްގެ ދަނބިދަރިކަލުން ވޯޓުލާފައި ވަނީ "އަންހެނެއްގެ ގޮތުގައި": ވަޔަޑް
15 ސެޕްޓެމްބަރު 2017

ލަންޑަންގެ ރޭލް ހަމަލާ ތަހުގީގު ކުރަމުން ދަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި: ފުލުހުން

15 ސެޕްޓެމްބަރު 2017
ލަންޑަންގެ ރޭލް ހަމަލާ ތަހުގީގު ކުރަމުން ދަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި: ފުލުހުން
18 އޯގަސްޓު 2017

އުތުރު ކޮރެއާ އަށް ހަަމަލާ ދިނުމަކީި އަދިވެސް އޮޕްޝަނެއްގެ ގޮތުގައި އޮތް ކަމެއް: އެމެރިކާ

18 އޯގަސްޓު 2017
އުތުރު ކޮރެއާ އަށް ހަަމަލާ ދިނުމަކީި އަދިވެސް އޮޕްޝަނެއްގެ ގޮތުގައި އޮތް ކަމެއް: އެމެރިކާ
11 މެއި 2017

އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

11 މެއި 2017
އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
18 ފެބުރުއަރީ 2017

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

18 ފެބުރުއަރީ 2017
ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް