Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީސަގެ ގެވެށި އަނިޔާގެ މައްސަލަ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

19 ޖޫން 2021 | ހޮނިހިރު 14:57

ސިޓީއެއް ލިބުމުން އެއީ ކޮންމެ ގޮތަކަށް ކޮންމެ ވާހަކައެއް އޮތް ސިޓީއަކަށް ވިޔަސް އެއަށް ޖަވާބު ފޮނުއްވާނެ: ޕީޖީ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 19 ޖޫން 2021 | ހޮނިހިރު 14:57
އަސްރާ ނަސީމް

އަސްރާ ނަސީމް

ގެވެށި އަނިޔާގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސާގެ އަނބިކަނބަލުން އަސްރާ ނަސީމްގެ ނަމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީއެއް ފޮނުވާފައި ވަނީ އީސަގެ ވަކީލުންގެ ފަރާތުން ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަސްރާ ޖަޒުބާތުގައި ޖެހި ހުށަހެޅި މައްސަލައެއް ކަމަށް ބުނެ އެ މައްސަލަ ނުބަލައި ދޫކޮށްލުމަށް އެދި ޕީޖީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ. ގެވެށި އަނިޔާގެ މައްސަލަ ހުށަހެޅީ ޢީސައާ ހިލޭ އަންހެނަކާ ގާތް ގުޅުމެއް އޮވެ އެކަމުގެ ތެރެއިން ދިޔަ ހަމަނުޖެހުމެއްގައި ކަމަށާއި، އަސްރާ ޖަޒުބާތުގައި ޖެހި ފުލުހުންނަށް ބަޔާން ދިނީ ކަމަށް ވެސް ސިޓީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން އަސްރާ ވިދާޅުވީ މައްސަލަ ނުބަލަން އެދި ދެފަހަރަކު ފުލުހަށް ދިޔަ ކަމަށެވެ. އެކަމަކު ޕީޖީއަށް އެފަދަ އެއްވެސް ސިޓީއެއް އަސްރާގެ ނަމުގައި ގޮސްފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ. އަދި އެކަމާ ގުޅިގެން ޕީޖީ އޮފީހުން ވެސް ގުޅާ ސުވާލުކޮށްފައިނުވާ ކަމަށާއި، ކޮށްފި ނަމަ އެކަމުގައި ޕީޖީއަށް ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވަނީ އަސްރާގެ ސިޓީއެއް ލިބިފައިވާ ކަން "ރާއްޖެއެމްވީ"އަށް ކަށަވަރުކޮށްދެއްވާފައެވެ. އެކަމަކު އެ ސިޓީގައިވާ އެއްވެސް ތަފްސީލެއް ޝަމީމް ހިއްސާއެއް ނުކުރައްވައެވެ. އޭނާ ވިދާޅުވީ އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ. އެގޮތުން އެ ސިޓީ އެ އޮފީހަށް ލިބިފައި ވަނީ ޢީސަގެ ވަކީލުންގެ ފަރާތުން ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ ސިޓީއެއް ލިބުމުން އެއީ ކޮންމެ ގޮތަކަށް ކޮންމެ ވާހަކައެއް އޮތް ސިޓީއަކަށް ވިޔަސް އެއަށް ޖަވާބު ފޮނުއްވާނެ ކަމަށެވެ. ނަމަވެސް މައްސަލާގައި ދައުވާ ކުރުމާއި ނުކުރުމަކީ އަސްރާގެ ވެސް އަދި އެހެން ބައެއްގެ އަތްމަތީގައި ވެސް އޮތް ކަމެއް ނޫން ކަމަށާއި، އެކަމުގައި ގޮތް ނިންމާނީ އެ އޮފީހުން ކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޢީސަގެ މައްޗަށް ދައުވާ އުފުލާފައެވެ. އެގޮތުން ޤާނޫނުލްޢުޤޫބާތުގެ 120ވަނަ މާއްދާގެ (ހ)ގެ 1ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ)ގެ 2ވަނަ ނަންބަރުގެ ދަށުން، ޢީސަގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ. މި މައްސަލާގައި ފުލުހުންނަށް ބަޔާން ދެއްވުމަށްފަހު އަސްރާގެ ފޭސްބުކް ސްޓޭޓަސްގައި ބުނެފައިވަނީ، އެ ކުރެވުނު ތަޖުރިބާއަކީ އެކަމަކަށް ދުވަހަކު ވެސް އުއްމީދުކޮށްގެން ހުރި ތަޖުރިބާއެއް ނޫން ކަމަށެވެ. އަދި ދަރިފުޅާއި އޭނާއަށް ވެސް މިއީ ވަރަށް ވެސް އުނދަގޫ ވަގުތެއް ކަމަށެވެ.

މި މައްސަލަ ކުރިއަށް ނުގެންދިޔުމަށް އަސްރާ ފުލުހުގައި އެދުމުން އެކަމާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލައަކީ ޖިނާއީ މައްސަލައަކަށްވާތީ، އަސްރާ އެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް އެދުނު ނަމަވެސް، ތަހުގީގު ކުރިއަށްދާނެ ކަމަށެވެ. މި މައްސަލަ ކުރިއަށް ނުގެންދިއުމަށް އަސްރާ ފުލުހުންގެ ކިބައިން އެދުނީ ކީއްވެގެންކަން ފުލުހުން ހާމައެއް ނުކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް