Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ޔޫރޯ 2020 - ނެދަލެންޑްސް އާއި އޮސްޓްރިއާގެ ކުރިމަތިލުން

އޮސްޓްރިއާއިން ވަނީ 3-1 ގެ ނަތީޖާއަކުން ނޯތު މެސެޑޯނިއާ ބަލިކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 17 ޖޫން 2021 | ބުރާސްފަތި 10:46
އޮސްޓްރިއާ މެޗުގެ ކުރިން ނެދަލެންޑްސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

އޮސްޓްރިއާ މެޗުގެ ކުރިން ނެދަލެންޑްސްއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ގްރޫޕް ބީ ގައި ބުރާސްފަތި ދުވަހުގެރޭ ނެދަލެންޑްސް އާއި އޮސްޓްރިއާ ބައްދަލުކުރާނެއެވެ. މި މެޗު ކުޅޭނީ އެމްސްޓެޑަމްގައި ހުންނަ ޔޯހަން ކްރައިފް އެރީނާގައެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އޮސްޓްރިއާއިން ވަނީ 3-1 ގެ ނަތީޖާއަކުން ނޯތު މެސެޑޯނިއާ ބަލިކޮށްފައެވެ. އަދި ނެދަލެންޑްސް ވަނީ ޔޫކްރޭން އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން މި މެޗު ކާމިޔާބުކޮށް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ދެ ޓީމަށްވެސް އެބައޮތެވެ.

ނެދަލެންޑްސްއާ ދެކޮޅަށް ނުކުންނައިރު އޮސްޓްރިއާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި މެޗަށް އެ ޓީމު ފޯވާޑް މާކޯ އަނައުޓޮވިޗް ސަސްޕެންޑް ކޮށްފައިވުމެވެ. ޔުއެފާއިން އަނައުޓޮވިޗް ސަސްޕެންޑްކުރަން ނިންމީ ނޯތު މެސެޑޯނިއާ މެޗުގައި ލަނޑު ޖެހުމަށްފަހު ނަސްލީ ތަފާތުކުރުން ދޭހަވާ ނިޝާނެއް އަތުން ދެއްކުމާ ގުޅިގެންނެވެ.

އޮސްޓްރިއާ މެޗުގެ ކުރިން ނެދަލެންޑްސްގެ ކޯޗު ފްރޭންކް ޑި ބޮއާ ބުނީ މި މެޗަކީ ނެދަލެންޑްސްއަށް މޮޅުވާން މުހިންމު މެޗެއް ކަމަށާއި، އެގޮތުން މި މެޗު އެއްވަރުވިޔަސް ނުވަތަ ބަލިވިޔަސް ނެދަލެންޑްސްއަށް އޭގެ ޕްރެޝަރާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އޮސްޓްރިއާއަކީ އާދައިގެ ޓީމެއްގެ ގޮތުގައި ނެގުން އެއީ ހެދޭނެ ގޯހެއް ކަމަށާއި، އެހެންކަމުން ކުޅުންތެރިންނަށް އެކަން ވަރަށް ރަނގަޅަށް ވިސްނާދީފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މެޗުގެ ކުރިން އޮސްޓްރިއާގެ ކޯޗު ފްރެންކޯ ފޯޑާގެ ބުނީ މި މެޗަށް ނުކުންނައިރު އެ ޓީމުގެ އަނައުޓޮވިޗް ސަސްޕެންޑް ކޮށްފައި ހުރުމުން އެކަން ޓީމުން ވަރަށް ބޮޑަށް ދައްކާނެ ކަމަށާއި، އެގޮތުން އޭނާ އަކީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ. އަދި އަނައުޓޮވިޗް ނެތްތަން ފޫބައްދަން އިތުރު ޕްލޭނަކަށް ދާން ޖެހިފައިވާ ކަމަށާއި، އަދި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

ނެދަލޭންޑްސްއާ ބެހޭ ގޮތުން ފޯޑާ ބުނީ އެ ޓީމަކީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށާއި، އަދި ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލުކަން އެ ޓީމުގައި އެބަހުރި ކަމަށެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ސީ ގެ އެނަލިސްޓް އިހުސާން އަބްދުލް ޣަނީ (ސާންތި) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން މުޙައްމަދު ނަޖީލު (ނަޖީ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނެދަލެންޑްސް އާއި އޮސްޓްރިއާ ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ނެދަލެންޑްސްއޮސްޓްރިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު