Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ޔޫރޯ 2020 - ޑެންމާކާއި ބެލްޖިއަމުގެ ކުރިމަތިލުން

ފިންލެންޑް އަތުން 1-0 ގެ ނަތީޖާއަކުން ޑެންމާކް ވަނީ ބަލިވެފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 17 ޖޫން 2021 | ބުރާސްފަތި 10:29
ޑެންމާކް މެޗުގެ ކުރިން ބެލްޖިއަމުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޑެންމާކް މެޗުގެ ކުރިން ބެލްޖިއަމުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ބެލްޖިއަމުން އެ ޓީމުގެ ދެވަނަ މެޗަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު، މި މެޗުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ޑެންމާކާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައެވެ.

މި މެޗަށް ނުކުންނައިރު ގްރޫޕް ބީ ގެ ފުރަތަމަ މެޗުން ރަޝިއާ އަތުން ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ބެލްޖިއަމް ވަނީ މޮޅުވެފައެވެ. އެކަމަކު ފުރަތަމަ މެޗުގައި ފިންލެންޑް އަތުން 1-0 ގެ ނަތީޖާއަކުން ޑެންމާކް ވަނީ ބަލިވެފައެވެ.

ބެލްޖިއަމާ ދެކޮޅަށް ނުކުންނައިރު ޑެންމާކަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި މެޗުގައި އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކްރިސްޓަން އެރިކްސަންއަށް ނުކުޅެވުމެވެ. ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ 43 ވަނަ މިނެޓުގައި ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނު އެރިކްސަންއަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ޔޫރީގައި ކުޅުނު ފުރަތަމަ މެޗުގައި ރަޝިއާ އަތުން ބެލްޖިއަމް މޮޅުވި ނަމަވެސް، އެ މެޗުގައި އަނިޔާގެ ސަބަބުން ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ކުޅެފައެއް ނުވެއެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ބެލްޖިއަމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީނީ މި މެޗަށް ޑި ބްރޭނާ ފިޓް ކަމަށް ބުނެފައެވެ. އަދި އޭނާއަކީ ކޮންމެ ވަގުތަކުވެސް މެޗު ބަދަލުކޮށްލެވޭނެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މާޓިނޭޒް އިތުރަށް ބުނީ ޑެންމާކު މެޗު ފަސޭހަނުވާނެ ކަމަށާއި، އެގޮތުން ޑެންމާކަކީ އެޓޭކިން މޮޅު ގޭމެއް ކުޅޭ ޓީމެއް ކަމަށެވެ. އެހެންކަމުން މި މެޗުގައި ބެލްޖިއަމުން ސަމާލުވާންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށްވެސް ވަނީ ބުނެފައެވެ.

ޑެންމާކުގެ ކޯޗު ކެސްޕަ ހިލްމަންޑް ބުނީ އެ ޓީމު މިވަގުތު އޮތީ ނުބައި ފައްތަރެއްގައި ކަމަށާއި، އެގޮތުން އެ ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ކަމަށްވާ އެރިކްސަންއަށް މި މުބާރާތުގައި ދެން ކުޅުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އަދި އެރިކްސަން ނެތްތަން ފޫބައްދަން އުނދަގޫވާނެ ކަމަށްވެސް ހިލްމަންޑް ބުންޏެވެ.

ހިލްމަންޑް ބުނީ މި ވަގުތު ހުރިހާ ވިސްނުމެއްވެސް ހުރީ ބެލްޖިއަމް މެޗަށް ކަމަށާއި، މި މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ މި މެޗުން މޮޅުވުން ނޫން ގޮތެއް ޑެންމާކަށް ނެތް ކަމަށެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ބީ ގެ އެނަލިސްޓް މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން މުޙައްމަދު ޒަރީރު (ޒައްރަ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޑެންމާކާއި ބެލްޖިއަމް ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ބެލްޖިއަމްޑެންމާކް

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު