Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ފިންލެންޑް އަތުން ރަޝިއާއަށް މޮޅެއް

ރަޝިއާއަށް ވަނީ މި މޮޅާއެކު ތިން ޕޮއިންޓް ލިބިފައި

އަތޫފް އާތިފް
އަތޫފް އާތިފް | 16 ޖޫން 2021 | ބުދަ 15:30
ފިންލެންޑާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރަޝިއާ މޮޅުވީ 1-0 ން

ފިންލެންޑާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރަޝިއާ މޮޅުވީ 1-0 ން

ޔޫރޯ 2020 ގެ ގްރޫޕް ބީ ގެ ދެވަނަ މެޗުގައި ފިންލެންޑް އަތުން ރަޝިއާ މޮޅުވެއްޖެއެވެ.

ސެއިންޓް ފީޓަސްބާގުގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމުގައި ބުދަ ދުވަހުގެ ހަވީރު ކުޅުން މެޗުން ރަޝިއާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ހަތަރުވަނަ މިނެޓުގައި ފިންލެންޑުގެ ޔޮއެލް ޕޮހްޔަންޕަލޯ ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

މެޗުގައި ރަޝިއާއިން ލަނޑު ޖަހާ ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންދްރީ މުސްތާވޮއިއެވެ.

މެޗުގެ ދެވަނަ ހާފުގައި ރަޝިއާއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މި ހާފުގައި ރަޝިއާއަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި ރަޝިއާގެ އާޓޭމް ޒޫބާއަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައިވެސް ޒޫބާއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީ ގައި ހިމެނޭ ބެލްޖިއަމް، ރަޝިއާ އަދި ފިންލެންޑަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

ޔޫރޯ 2020ޔުއެފާ ޔޫރޯރަޝިއާފިންލެންޑް

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު