Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ފިންލެންޑާއި ރަޝިއާގެ ކުރިމަތިލުން

ބެލްޖިއަމް އަތުން ރަޝިއާ ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 16 ޖޫން 2021 | ބުދަ 10:06
ރަޝިއާ މެޗުގެ ކުރިން ފިންލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ރަޝިއާ މެޗުގެ ކުރިން ފިންލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތައް ކުޅެ ނިމިފައިވާއިރު، ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުތައް ފަށާނީ ގްރޫޕް ބީ ގައި ހިމެނޭ ފިންލެންޑާއި ރަޝިއާގެ ކުރިމަތިލުމުންނެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ބެލްޖިއަމް އަތުން ރަޝިއާ 3-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ފިންލެންޑުން ވަނީ ޑެންމާކް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެއާއެކު މި ގްރޫޕުގެ އެއްވަނައިގައި އޮތް ބެލްޖިއަމާއި ދެވަނައިގައި އޮތް ފިންލެންޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ޑެންމާކާއި ރަޝިއާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ފިންލެންޑުގެ ކޯޗު މާކިން ކެނޭވާ ބުނީ މި މެޗަށް ނުކުންނައިރު ފިންލެންޑުން ލަނޑު ޖެހުމުގެ މައްސަލަ ހައްލު ކުރަން އިސްކަން ދޭން ޖެހޭ ކަމަށެވެ. އަދި މެޗަށް ނުކުންނައިރު ފިންލެންޑަށް ޕްރެޝަރެއް ނެތް ކަމަށާއި، ބެލްޖިއަމް އަތުން ބަލިވުމުން އެ ޕްރެޝަރު އޮތީ ރަޝިއާއަށް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މި މެޗުން ޕޮއިންޓެއް ލިބުނަސް ހިތްހަމަޖެހޭނެ ކަމަށް ކެނޭވާ ވަނީ ބުނެފައެވެ.

މެޗުގެ ކުރިން ރަޝިއާގެ ކޯޗު ސްޓަނިސްލާވް ޗެރްޗެޝީފް ބުނީ ފިންލެންޑުން މި މެޗާ ކުރިމަތިލާއިރު ޑެންމާކް ބަލިކޮށްފައި އޮތުން އެއީ އެ ޓީމަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށާއި، އެހެންކަމުން ރަޝިއާއިން މި މެޗަށް ނުކުންނަނީ މޮޅުވާން މަޖުބޫރު މެޗެއްކަން ދަނެގެން ކަމަށެވެ. އަދި ބެލްޖިއަމް އަތުން ބަލިވުމުން ފާޑުކިއުންތަކެއް އަމާޒުވި ނަމަވެސް، އެކަމުން ޓީމުގެ ކުޅުންތެރިން މިހާރު އަރައިގަނެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑްކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން 17:00 ގައި މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސައިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ބީ ގެ އެނަލިސްޓް މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން އަޙްމަދު ޝަރީފް (ޑުންގާ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ފިންލެންޑާއި ރަޝިއާ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެ ހަވީރު ރާއްޖެ ގަޑިން ދަންވަރު 18:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ރަޝިއާފިންލެންޑް

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު