Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ޔޫރޯ 2020 - ޕޯޗުގަލާއި ހަންގޭރީގެ ކުރިމަތިލުން

ޕޯޗުގަލާއި ހަންގޭރީ ވަނީ މިދިޔަ ޔޫރޯގައިވެސް ވާދަކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 15 ޖޫން 2021 | އަންގާރަ 10:56
ހަންގޭރީ މެޗުގެ ކުރިން ޕޯޗުގަލުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ހަންގޭރީ މެޗުގެ ކުރިން ޕޯޗުގަލުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ކުޅުން ފެށިގެން ކުރިއަށްދާއިރު، މި މުބާރާތުގެ މަރުގެ ގްރޫޕުގެ ކުރިމަތިލުންތައް ފަށާނީ އަންގާރަ ދުވަހުގެރެއެވެ. މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޕޯޗުގަލާއި ހަންގޭރީއެވެ. މި މެޗު ކުޅޭނީ ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާގައެވެ.

މި ފަހަރުގެ ޔޫރޯއާ ޕޯޗުގަލް ކުރިމަތިލާއިރު، އެ ގައުމަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އެ ގައުމުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި މުބާރާތް ބޭއްވި ގައުމު ކަމަށްވާ ފްރާންސް 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި ފަހަރުގެ މަރުގެ ގްރޫޕުގައި ޕޯޗުގަލް ހިމެނޭއިރު، ޕޯޗުގަލާ ދެކޮޅަށް ނުކުންނަ ހަންގޭރީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައިވަނީ ޕްލޭއޮފް ކާމިޔާބުކޮށްގެންނެވެ. ޔޫރޯގެ ގްރޫޕް އެފް ގެ ފުރަތަމަ މެޗުގައި ޕޯޗުގަލާއި ހަންގޭރީ ބައްދަލުކުރާއިރު، މި ދެ ގައުމު ވަނީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯގަވެސް ވާދަކޮށްފައެވެ. އެ ފަހަރުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ގައުމު އެއްވަރުވެގެންނެވެ. އަދި އެ ފަހަރުގެ ޔޫރޯގައި ހަންގޭރީ ވަނީ ޕޯޗުގަލް ހިމެނުނު ގްރޫޕުގެ އެއްވަނަވެސް ހޯދާފައެވެ.

ހަންގޭރީ މެޗުގެ ކުރިން ޕޯޗުގަލުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ޔޫރޯއަށް ޕޯޗުގަލުން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި، އަދި ޓީމު މިހާރު އޮތް ފޯމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އެ ޓީމުގައި އަނިޔާގެ މައްސަލައެއް ނެތް ކަމަށާއި، މި ވަގުތު ޕޯޗުގަލުގައި މި އޮތް ސްކޮޑަކީ ޔޫރޯގެ ތަށި ދިފާއުކުރެވޭ ފެންވަރުގެ ޓީމެއް ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ޔޫރޯ މެޗުތަކުގައި ޕޯޗުގަލުގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ޕެޕޭ އާއި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ތަޖުރިބާ މުހިންމު ކަމަށްވެސް ސަންޓޯސް ވަނީ ބުނެފައެވެ.

ހަންގޭރީގެ ކޯޗު މާކޯ ރޯސީ ބުނީ ޔޫރޯގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުންނާ ޖެހުން އެއީ ބޭނުންވި ގޮތް ނޫން ކަމަށާއި، އަދި އެ ގްރޫޕުގައި ހިމެނޭ ޓީމުތަކީ ހަންގޭރީއަށްވުރެ ވަރުގަދަ ޓީމުތައް ކަމަށެވެ. އެހެންކަމުން ހަންގޭރީން މި މެޗުތަކަށް ނުކުންނާނީ އެކަމަށް ވިސްނައިގެން ކަމަށާއި، އަދި މި މުބާރާތަށް އޭނާގެ ޓީމުންވީ ތައްޔާރީތައް ރަނގަޅު ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑް ކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ރާއްޖެޓީވީން ވަގުތުން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން 20:00 ގައި މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސައިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އެފް ގެ އެނަލިސްޓް މައުރޫފް އަޙްމަދު (މާއްޓޭ) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްގެ ގޮތުން އަޙްމަދު ޝަރީފް (ޑުންގާ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޕޯޗުގަލާއި ހަންގޭރީ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ޕޯޗުގަލްހަންގޭރީ

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު