Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޕޮލެންޑް ބަލިކޮށް ސްލޮވާކިއާއިން ފެށުން ރަނގަޅުކޮށްފި

14 ޖޫން 2021 | ހޯމަ 18:28

ޕޮލެންޑް ދެން މުބާރާތުގައި ނުކުންނާނީ ސްވިޑެންއާ ދެކޮޅަށް

އަތޫފް އާތިފް
އަތޫފް އާތިފް | 14 ޖޫން 2021 | ހޯމަ 18:28
ޕޮލެންޑާއި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްލޮވާކިއާ މޮޅުވީ 2-1 ން

ޕޮލެންޑާއި ސްލޮވާކިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްލޮވާކިއާ މޮޅުވީ 2-1 ން

ޔުއެފާ ޔޫރޯ 2020 ގެ ގްރޫޕް އީ ގެ ފުރަތަމަ މެޗުގައި ޕޮލެންޑް ބަލިކޮށް ސްލޮވާކިއާއިން ފެށުން ރަނގަޅުކޮށްފިއެވެ.

ހޯމަ ދުވަހުގެރޭ ސެއިންޓް ފީޓަސްބާގުގެކްރެސްޓޮވްސްކީސްޓޭޑިއަމުގައި ކުޅުނު މެޗު ސްލޮވާކިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 14 ވަނަ މިނެޓުގައި ސްލޮވާކިއާގެ މިޑްފީލްޑަރު އޮންްޑްރެއި ޑޫޑާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ދިޔައީ ބޭރަށެވެ.

އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި ސްލޮވާކިއާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މިއީ ޕޮލެންޑުގެ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ޔޫރޯގެ ތާރީޚުގައި ގޯލްކީޕަރެއްގެ އަތުން ބައިކޮޅަށް ވަން ފުރަތަމަ ލަނޑެވެ. މި ލަނޑަށްފަހު ވެސް ސްލޮވާކިއާއިން ވަނީ ޕޮލެންޑްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުގެ ޔުރައި ކުޗްކާ ނުރައްކާތެރި ހަމަލާއެއް އުފެއްދިއިރު، އެ ހަމަލާ ދިޔައީ ގޯލުގެ މަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޕޮލެންޑުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކަރޮލް ލިނެޓީއެވެ. އެކަމަކު މި މެޗުގައި ޕޮލެންޑަށް މައްސަލަތަކެއް ދިމާވީ މެޗުގެ 62 ވަނަ މިނެޓުގައި އެޓީމުގެ ޒެގޮޒް ކްރިހޯވިއަކަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އޭގެ ފައިދާ ނަގައި ސްލޮވާކިއާއިން ވަނީ ލިބުނު ކޯނަރެއްގެ އެހީގައި ލަނޑު ޖަހާ ލީޑު އަލުން ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިލާން ސްކްރިނިއާއެވެ.

މި ނަތީޖާއާއެކު ޕޮލެންޑުން މުބާރާތުގެ ފެށުން ރަނގަޅުކުރިއިރު، ޕޮލެންޑުން ދެން މުބާރާތުގައި ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ.

ޔޫރޯ 2020ޔުއެފާ ޔޫރޯޕޮލެންޑްސްލޮވާކިއާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
24 މާރިޗު 2022

ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި

24 މާރިޗު 2022
ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
14 ޖުލައި 2021

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021
ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް