Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ސްޕެއިނާއި ސްވިޑެންގެ ކުރިމަތިލުން

މި މަހުގެ ކުރީކޮޅު ސްޕެއިނުގެ ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވި

އަތޫފް އާތިފް
އަތޫފް އާތިފް | 14 ޖޫން 2021 | ހޯމަ 10:40
ސްވިޑެން މެޗުގެ ކުރިން ސްޕެއިނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ސްވިޑެން މެޗުގެ ކުރިން ސްޕެއިނުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ މެޗުތައް ފެށިގެން ކުރިއަށްދާއިރު، ހޯމަ ދުވަހުގެރޭ ކުޅޭ މެޗުތަކުގެ ތެރެއިން އާންމުންގެ ލޯ އެންމެ ބޮޑަށް އަމާޒުވާނެ މެޗަކީ ސްޕެއިނާއި ސްވިޑެން ބައްދަލުކުރާ މެޗަށެވެ. މި މެޗު ކުޅޭނީ ސްޕެއިނުގެ ސެވިއްޔާގައި ހުންނަ އެސްޓާޑިއޯ ލަ ކަރްތޫޒާ ސްޓޭޑިއަމުގައެވެ.

މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ސްޕެއިން މި މުބާރާތަށް ނުކުމެފައިވަނީ މުޅިން އައު ސްކޮޑަކާއެކުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މި ފަހަރުގެ ސްކޮޑުގައި ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޯސް ހިމަނާފައި ނުވާއިރު، މި މަހުގެ ކުރީކޮޅު ސްކޮޑުގައި ހިމެނުނު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭއަށް މިއީ މާޔޫސްކަން ބޮޑު މުބާރާތެކެވެ. މުބާރާތް ފެށުމަށް ކުޑަތަން ވެފައިވަނިކޮށް މުހިންމު ދެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެ، ޓީމުގެ ފަރިތަކުރުންތައް ހުއްޓާލަން ޖެހުނެވެ. އެކަމަކު އެންރީކޭ ބުނީ މި މެޗަށް އޭނާގެ ޓީމުން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި ބުނީ ފަރިތަކުރަން ލިބުނު ވަގުތު މަދު ނަމަވެސް، އެކަން ޓީމުގެ ކުޅުމުން ނުދައްކާނެ ކަމަށާއި، އެއަށްވުރެ އޭނާގެ ކުޅުންތެރިން ކޮންފިޑެންސް ރަނގަޅުވާނެ ކަމަށެވެ.

ސްވިޑެންގެ ކޯޗު ޔާނީ އެންޑަސަން ބުނީ މި މެޗަށް ނުކުންނަނީ ސްޕެއިނަކީ މޮޅު ޓީމެއްކަން ދަނެގެން ކަމަށާއި، އެކަމަކު ސްޕެއިން ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅު ކުރުމަށް އޭނާގެ ކުޅުންތެރިން ތައްޔާރަށް ތިބި ކަމަށެވެ. މިފަހަރުގެ ޔޫރޯގައި ސްވިޑެންގެ އަމާޒަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔުން ކަމަށްވެސް ބުންޏެވެ. އެންޑަސަން އިތުރަށް ބުނީ އޭނާގެ ޓީމުގައި އަނިޔާގެ މައްސަލައެއް ނެތް ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް މެޗަށް ފިޓް ކަމަށެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑް ކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ވަގުތުން ރާއްޖެޓީވީން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އީ ގެ އެނަލިސްޓް އިމާދު ލަތީފެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއް ބައިވެރިވާނެއެވެ.

ސްޕެއިނާއި ސްވިޑެން ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ސްޕެއިންސްވިޑެން

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
24 މާރިޗު 2022

ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި

24 މާރިޗު 2022
ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
14 ޖުލައި 2021

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021
ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް