Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ޕޮލެންޑާއި ސްލޮވާކިއާގެ ކުރިމަތިލުން

14 ޖޫން 2021 | ހޯމަ 10:28

މި ދެ ގައުމު ވަނީ މިހާތަނަށް ފަސް ފަހަރު ބައްދަލުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 14 ޖޫން 2021 | ހޯމަ 10:28
ސްލޮވާކިއާ މެޗުގެ ކުރިން ޕޮލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ސްލޮވާކިއާ މެޗުގެ ކުރިން ޕޮލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރޯ 2020 ގެ ކުޅުން ފެށިގެން ކުރިއަށްދާއިރު، ގްރޫޕް އީ ގެ މެޗުތައް ހޯމަ ދުވަހުގެރޭ ފަށާނެއެވެ. ގްރޫޕް އީ ގެ ފުރަތަމަ މެޗުގައި ޕޮލެންޑާއި ސްލޮވާކިއާ ބައްދަލުކުރާއިރު، މި މެޗު ކުޅޭނީ ރަޝިއާގެ ސެއިންޓް ފީޓަސްބާގުގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމުގައެވެ.

ޔޫރޯގައި ޕޮލެންޑާއި ސްލޮވާކިއާ ބައްދަލުކުރާއިރު، މި ދެ ގައުމު މީގެ ކުރިން ވަނީ ފަސް ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ތިން މެޗުން ސްލޮވާކިއާ މޮޅުވެފައިވާއިރު، ޕޮލެންޑް މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޕޮލެންޑްގެ ކޯޗު ޕައުލޯ ސީޒާ ބުނީ މެޗަށް ނުކުންނައިރު ޕޮލެންޑުގައި އަނިޔާގެ މައްސަލައެއް ނެތް ކަމަށާއި، އެއީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މި މެޗަށް ޕޮލެންޑުން ނުކުންނަނީ އިތުބާރާއެކުގައި ކަމަށާއި، އުއްމީދަކީ ކާމިޔާބުކަމާއެކު ޔޫރޯ ނިންމާލުން ކަމަށެވެ.

ސްލޮވާކިއާގެ ކޯޗު ސްޓެފަން ޓާކޮވިޗް ބުނީ މި މެޗަށް އޭނާގެ ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށާއި، އަދި މުޅި މުބާރާތަށްވެސް އޭނާގެ ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ޔޫރޯގައި ސްލޮވާކިއާގެ އަމާޒަކީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔުން ކަމަށާއި، އެކަން ކުރުމަށް ކުޅުންތެރިން ތައްޔާރަށް ތިބި ކަމަށްވެސް ސްޓެފަން ބުންޏެވެ. އަދި ބުނީ ޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެހެންކަމުން މި މެޗުގައި އޭނާ ބޭނުން ކޮންމެ ކުޅުންތެރިއެއް ބޭނުން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑް ކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ވަގުތުން ރާއްޖެޓީވީން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް އީ ގެ އެނަލިސްޓް އިމާދު ލަތީފެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއް ބައިވެރިވާނެއެވެ.

ޕޮލެންޑާއި ސްލޮވާކިއާ ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020ޕޮލެންޑްސްލޮވާކިއާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
24 މާރިޗު 2022

ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި

24 މާރިޗު 2022
ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
14 ޖުލައި 2021

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021
ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް