Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ 2020

ޔޫރޯ 2020 - އޮސްޓްރިއާ އާއި ނޯތު މެސެޑޯނިއާގެ ކުރިމަތިލުން

ނޯތު މެސެޑޯނިއާ އަތުން ދެ ފަހަރުވެސް އޮސްޓްރިއާ ވަނީ މޮޅުވެފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 13 ޖޫން 2021 | އާދީއްތަ 10:12
ނޯތު މެސެޑޯނިއާ މެޗުގެ ކުރިން އޮސްޓްރިއާއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ނޯތު މެސެޑޯނިއާ މެޗުގެ ކުރިން އޮސްޓްރިއާއިން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރަޕުގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ފެށިގެން ކުރިޔަށްދާއިރު، މި މުބާރާތުގެ ގްރޫޕް ސީ ގެ މެޗުތައް ފަށާނީ އާދީއްތަ ދުވަހުގެރެއެވެ. ގްރޫޕް ސީގެ ފުރަތަމަ މެޗުގައި އޮސްޓްރިއާ އާއި ނޯތު މެސެޑޯނިއާ ބައްދަލުކުރާއިރު، މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރުމޭނިއާގެ ވެރިރަށް ބުކަރެސްޓުގެ ނެޝަނަލް އެރީނާގައެވެ.

ޔޫރޯގައި އޮސްޓްރިއާ އާއި ނޯތު މެސެޑޯނިއާ ބައްދަލުކުރާއިރު، މި ދެ ގައުމު ވަނީ 2019 ވަނަ އަހަރު ދެ ފަހަރު ބައްދަލުކޮށްފައެވެ. އެ ދެ މެޗުންވެސް މޮޅުވީ އޮސްޓްރިއާއެވެ.

ނޯތު މެސެޑޯނިއާގެ ކޯޗު އީގޯ އަންގްލޮވްސްކީ ބުނީ އެ ގައުމަކީ މި މުބާރާތަށް އައު ޓީމަކަށް ވެދާނެ ކަމަށާއި، އެކަމަކު އެކަމާ އޭނާގެ ކުޅުންތެރިން ޖެހިލުން ނުވާނެ ކަމަށެވެ. އަދި މި މުބާރާތަށް ނޯތު މެސެޑޯނިއާ އާވުމަކީ ކުޅުންތެރިންނަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އޮސްޓްރިއާ މެޗަށް ނޯތު މެސެޑޯނިއާއިން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އޮސްޓްރިއާގެ ކޯޗު ފްރެންކޯ ފޯޑާ ބުނީ ގްރޫޕް ސީ ގައި ހިމެނެނީ ހަމަހަމަ ޓީމުތަކެއް ކަމަށާއި، އޮސްޓްރިއާއިން މި މުބާރާތާ ކުރިމަތިލީ ވަކި އަމާޒެއް އޮވެގެން ކަމަށެވެ. އެގޮތުން އޮސްޓްރިއާގެ އަމާޒަކީ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދިޔުން ކަމަށް ފޯޑާ ބުންޏެވެ. އަދި މި މެޗަށް ނުކުންނައިރު އޭނާއަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި، ހުރިހާ ވިސްނުމެއްވެސް ހުރީ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗު ކާމިޔާބުކުރުމަށް ކަމަށްވެސް ފޯޑާ ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑް ކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ވަގުތުން ރާއްޖެޓީވީން ގެނަސްދޭނެއެވެ. އަދި ރާއްޖެ.އެމްވީ ވެބްސައިޓުންވެސް މި މެޗު ސްޓްރީމްކުރާނެއެވެ.

މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސައިން ފަރިޔާޒެވެ. ފަރިޔާޒާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ސީ ގެ އެނަލިސްޓު އިހުސާން އަބްދުލް ޣަނީ (ސާންތި) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއް ބައިވެރިވާނެއެވެ.

އޮސްޓްރިއާ އާއި ނޯތު މެސެޑޯނިއާ ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

ޔުއެފާ ޔޫރޯޔޫރޯ 2020އޮސްޓްރިއާނޯތު މެސެޑޯނިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު