Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުން

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލައިފި

13 ޖޫން 2021 | އާދީއްތަ 03:43

އީމެއިލް މެދުވެރިކޮށް އަދި އޮފީހުގެ ކައުންޓަރަށް މައްސަލަ ހުށަހެޅޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 13 ޖޫން 2021 | އާދީއްތަ 03:43
އޮމްބަޑްސްޕާރސަން އޮފީހުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އޮމްބަޑްސްޕާރސަން އޮފީހުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިޤާލީ އިންސާފުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 1953 ވަނަ އަހަރުގެ ޖެނުއަރީ 1ން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް އެއިދާރާއިން ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މައްސަލަ ހުށަހެޅުމަށް ދެ މަސް ދުވަސް ލިބޭނެ ކަމަށް އޮމްބަޑްޕަރސަންގެ އޮފީހުން ބުނެއެވެ. އެއީ ޖޫން 13ން އޮގަސްޓް 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނީ އެ އޮފީހަށް މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ، މައްސަލަ ހުށަހަޅާ ފޯމް އަދި ބަދަލު ހޯދުމަށް އެދޭނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކާއެކު، އޮފީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން އެ އޮފީހުގެ އީމެއިލް އެޑްރެސްcomplaints@otj.gov.mvއަށް ނުވަތަ އޮފީސް ހުޅުވިފައިވާ ހުންނަ ވަގުތުތަކުގައި އޮފީހުގެ ކައުންޓަރަށް ފޯމު ހުށަހެޅޭނެއެވެ.

މައްސަލަ ހުށަހަޅާ ފޯމާއި ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް އޮފީހުގެ ވެބްސައިޓު www.otj.gov.mv އަދި އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، އެއިދާރާގެ ނަންބަރު 7337486 އަށް ގުޅުމުން ލިބޭނެ ކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ފާހަގަކުރެއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2024

އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް

11 ޖެނުއަރީ 2024
އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް
05 ނޮވެމްބަރު 2023

ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް

05 ނޮވެމްބަރު 2023
ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް
27 އޮކްޓޯބަރު 2022

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި

27 އޮކްޓޯބަރު 2022
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި
20 ސެޕްޓެމްބަރު 2022

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ

20 ސެޕްޓެމްބަރު 2022
އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ
09 ސެޕްޓެމްބަރު 2022

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި

09 ސެޕްޓެމްބަރު 2022
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި
26 މާރިޗު 2022

ތިނަދޫން މީހުން ބޭލި ހާދިސާގެ މާލޭގައި ބާއްވަން އޮތް އަޑުއެހުންތައް ފަސްކޮށްފި

26 މާރިޗު 2022
ތިނަދޫން މީހުން ބޭލި ހާދިސާގެ މާލޭގައި ބާއްވަން އޮތް އަޑުއެހުންތައް ފަސްކޮށްފި
09 ފެބުރުއަރީ 2022

ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ ތަހުގީގު ނިމުމުން 2 މަސް ތެރޭގައި ރިޕޯޓު އާންމުކުރާނެ

09 ފެބުރުއަރީ 2022
ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ ތަހުގީގު ނިމުމުން 2 މަސް ތެރޭގައި ރިޕޯޓު އާންމުކުރާނެ
09 ފެބުރުއަރީ 2022

ހުށަހެޅޭ މައްސަލަތަކުގައި އެންމެ ބޮޑު މަޤުސަދަކީ ދެ ފަރާތް ސުލްޙަކުރުން: ޖިހާދާ

09 ފެބުރުއަރީ 2022
ހުށަހެޅޭ މައްސަލަތަކުގައި އެންމެ ބޮޑު މަޤުސަދަކީ ދެ ފަރާތް ސުލްޙަކުރުން: ޖިހާދާ
02 ފެބުރުއަރީ 2022

ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ ބަޔާން ދިނުމަށް ނަންނޯޓު ކުރުމަށް ހުޅުވާލައިފި

02 ފެބުރުއަރީ 2022
ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ ބަޔާން ދިނުމަށް ނަންނޯޓު ކުރުމަށް ހުޅުވާލައިފި
08 ޖެނުއަރީ 2022

ބަދަލުނެގުމާ ގުޅޭ މައްސަލަތައް ނިންމަން އިންތިގާލީ އޮފީހަށް 18 މަސް ދީފައި އޮތް އޮތުން ބަދަލުކޮށް، މުއްދަތު އުވާލައިފި

08 ޖެނުއަރީ 2022
ބަދަލުނެގުމާ ގުޅޭ މައްސަލަތައް ނިންމަން އިންތިގާލީ އޮފީހަށް 18 މަސް ދީފައި އޮތް އޮތުން ބަދަލުކޮށް، މުއްދަތު އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް