Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ލުކާކޫގެ ދެ ލަނޑާއެކު ބެލްޖިއަމުން ފެށުން ރަނގަޅުކޮށްފި

މެޗުގައި ރޮމެލޫ ލުކާކޫ ވަނީ ދެ ލަނޑު ޖަހާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 12 ޖޫން 2021 | ހޮނިހިރު 21:05
ބެލްޖިއަމާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބެލްޖިއަމް މޮޅުވީ( 3-0 ން

ބެލްޖިއަމާއި ރަޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބެލްޖިއަމް މޮޅުވީ( 3-0 ން

ޔޫރޯ 2020 ގެ ގްރޫޕް ބީ ގެ ދެވަނަ މެޗުގައި ރަޝިއާ ބަލިކޮށް ބެލްޖިއަމުން ފެށުން ރަނގަޅު ކޮށްފިއެވެ.

ސެއިންޓް ޕީޓަސްބާގުގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ބެލްޖިއަމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ބެލްޖިއަމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ރަޝިއާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މެޗުގެ 10 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮމޭލޫ ލުކާކޫއެވެ. މި ލަނޑަށްފަހު ބެލްޖިއަމުން ރަޝިއާގެ ހާފަށް ބާރު ބޮޑު ކުރިއިރު، މެޗުގެ 34 ވަނަ މިނެޓުގައި ބެލްޖިއަމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތޯމަަސް މުނިއޭއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ދެ ޓީމަށްވެސް މާކަ އެދެވޭ ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ. އެކަމަކު މެޗުގެ 88 ވަނަ މިނެޓުގައި ލުކާކޫ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ތޯމަސް މުނިއޭގެ އެހީތެރިކަމާއެކުގައެވެ. މިއީ ލުކާކޫ ބެލްޖިއަމަށް ކާމިޔާބު ކޮށްދިން 62 ވަނަ ލަނޑެވެ.

މި ނަތީޖާއާއެކު ގްރޫޕް ބީގެ އެއްވަނައިގައި ބެލްޖިއަމް އޮތީ ލިބުނު ތިން ޕޮއިންޓާއެކުގައެވެ. ހޮނިހިރު ދުވަހުގެރޭ ޑެންމާކު ބަލިކުރި ފިންލެންޑަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ބެލްޖިއަމަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ޔޫރޯ 2020ޔުއެފާ ޔޫރޯބެލްޖިއަމްރަޝިއާ

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު