Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮމްބަޑްސްޕާރސަންގެ އޮފީހުގެ މަސައްކަތް

ކުރިން މައްސަލަ ބަލާފައިވާނަމަ އިންތިގާލީ އިންސާފު ހޯދަން ހުށަހަޅަންޖެހޭނީ އައު ހެކިތަކާއެކު

12 ޖޫން 2021 | ހޮނިހިރު 04:54

1 ޖެނުއަރީ 1953ން ފެށިގެން 17 ނޮވެމްބަރ 2018އާ ހަމައަށް ހިނގާފައިވާ މިފަދަ މައްސަލަތައް ބަލާނެ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 12 ޖޫން 2021 | ހޮނިހިރު 04:54
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހުން ފަލަ ސުރުޚީ ޕްރޮގްރާމްގައި މަޢުލޫމާތުދެނީ

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހުން ފަލަ ސުރުޚީ ޕްރޮގްރާމްގައި މަޢުލޫމާތުދެނީ

ކުރިން މައްސަލަ ބަލާފައިވާނަމަ މިހާރު އިންތިގާލީ އިންސާފު ހޯދަން ހުށަހަޅަންޖެހޭނީ އައު ހެކިތަކާއެކުކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހުން ބުނެފިއެވެ.

އިންތިގާލީ އިންސާފުގެ ދަށުން އޮމްބަޑްސްޕާރސަންގެ އޮފީހުގެ މަސައްކަތްތަކުގެ މަޢުލޫމާތު ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހިއްސާކުރައްވަމުން އޮމްބަޑްސްޕާރސަން ޖިހާދާ އަނީސް ވަނީ އިންތިގާލީ އިންސާފުގެ ދަށުން އޮމްބަޑްސްޕާރސަންގެ އޮފީހުން މަސައްކަތް ކުރާގޮތުގެ ތަފުސީލު ހިއްސާކުރައްވާފައެވެ. ޖިހާދާ ވިދާޅުވީ، އޮމްބަޑްސްޕާރސަންގެ އޮފީހަށް ހުށަހެޅޭނީ، ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައި ހިންގި އަމަލެއްގެ ސަބަބުން ނުވަތަ އެފަދަ އަމަލެއްގެ ނަތީޖާއެއްގެ ސަބަބުން އިންސާނީ ހައްގެއް ނުވަތަ އަސާސީ ހައްގެއް ނިގުޅައިގެންފައިވާ މައްސަލަތައްކަމަށެވެ. އެގޮތުން 1 ޖެނުއަރީ 1953ން ފެށިގެން 17 ނޮވެމްބަރ 2018 އާ ހަމައަށް ހިނގާފައިވާ މިފަދަ މައްސަލަތައް އެ އޮފީހުން ބަލާނެ ކަމަށް ޖިހާދާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މުއްދަތުގެ ތެރޭގައި ހިނގާ މީގެ ކުރިން އެހެން މުއައްސަސާއަކުން މައްސަލަ ބަލާފައިވާނަމަވެސް، މައްސަލަ ހުށަހެޅޭނެކަމަށް ޖިހާދާ ވިދާޅުވިއެވެ. އެހެންނަމަވެސް، ކުރިން މައްސަލަ ބަލާފައިވާނަމަ އިންތިގާލީ އިންސާފު ހޯދަން މިހާރު ހުށަހަޅަންޖެހޭނީ އައު ހެކިތަކާއެކުކަމަށް ވިދާޅުވިއެވެ. މިގޮތަށް ހުށަހެޅުމުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިފަދަ މައްސަލަތައް ބަލައި އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައިދީ، އެފަދަ އަމަލުތައް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަންނަން މަސައްކަތް ކުރައްވައި، އެކަންކަން ތަކުރާރު ނުކުރުމަށް އެ މުއައްސަސާއަކަށް އެންގޭނެކަން ޖިހާދާ ފާހަގަކުރެއްވިއެވެ.

މިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ރޭވިފައި އެބަހުރި ކަމަށާއި، އެންމެ ބޮޑު އަމާޒަކީ ހައްގުތައް ކަށަވަރު ކޮށްދިނުންކަންވެސް ޖިހާދާ ފާހަގަކުރެއްވިއެވެ.

އިންތިގާލީ އިންސާފުގެ ދަށުން އޮމްބަޑްސްޕާރސަންގެ އޮފީހުން މައްސަލަ ބެލުމަށް ގަވައިދުތައް މިހާރު ވަނީ އެކުލަވާލާފައެވެ. މި ކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ. އާއްމުން ހުށަހަޅާ މައްސަލަތަކުގެ އިތުރުން އަމިއްލައަށް އިސްނަގައިގެން ވެސް މައްސަލަ ބެލުމުގެ ބާރު އެ އޮފީހަށް ލިބިގެންވާއިރު، އެގޮތަށް ބަލާނީ ޕަބްލިކް އިންޓަރެސްޓް ހިމެނޭ މައްސަލަތައްކަަމަށް އެ އޮފީހުން ބުނެއެވެ. ޕަބްލިކް ހިއަރިން އަކަށް ދާން ޖެހޭ މައްސަލަތަކުގައި އެކަން އެގޮތަށް ކުރާނެ ކަމަށް ވެސް އެ އޮފީހުން ވަނީ މައުލޫމާތުދީފައެވެ.

މައްސަލަ ބަލައި ދައުވާކުރުމުގެ ބާރު ލިބިގެންވީ ނަމަވެސް ބޮޑަށް ބަލާނީ، ދެފަރާތް ސުލްހަ ކުރުމަށެވެ. އެހެންނަމަވެސް އެކަމުން ހައްލު ނުލިބިއްޖެނަމަ، ޖިނާއީ ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި، ތަހުގީގުކުރި މައްސަލައެއްގެ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި، މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ހިމެނޭނަމަ، ފިޔަވަޅު އެޅުމަށް ޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ބާރު އެ އޮފީހަށް ލިބިގެންވެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2024

އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް

11 ޖެނުއަރީ 2024
އިންތިޤާލީ އިންސާފުގެ މައްސަލަތަކުގެ ތެރެއިން ނުނިމޭ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ހޯދަން މަޝްވަރާތައް ދަނީ ކުރަމުން - ހަލީލް
05 ނޮވެމްބަރު 2023

ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް

05 ނޮވެމްބަރު 2023
ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް އަންގަންޖެހޭ ތަނެއް ނެތް: އިންތިޤާލީ އޮފީސް
27 އޮކްޓޯބަރު 2022

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި

27 އޮކްޓޯބަރު 2022
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި
20 ސެޕްޓެމްބަރު 2022

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ

20 ސެޕްޓެމްބަރު 2022
އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕަރސަންއަކަށް މުސްތަފާ
09 ސެޕްޓެމްބަރު 2022

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި

09 ސެޕްޓެމްބަރު 2022
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި
26 މާރިޗު 2022

ތިނަދޫން މީހުން ބޭލި ހާދިސާގެ މާލޭގައި ބާއްވަން އޮތް އަޑުއެހުންތައް ފަސްކޮށްފި

26 މާރިޗު 2022
ތިނަދޫން މީހުން ބޭލި ހާދިސާގެ މާލޭގައި ބާއްވަން އޮތް އަޑުއެހުންތައް ފަސްކޮށްފި
09 ފެބުރުއަރީ 2022

ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ ތަހުގީގު ނިމުމުން 2 މަސް ތެރޭގައި ރިޕޯޓު އާންމުކުރާނެ

09 ފެބުރުއަރީ 2022
ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ ތަހުގީގު ނިމުމުން 2 މަސް ތެރޭގައި ރިޕޯޓު އާންމުކުރާނެ
09 ފެބުރުއަރީ 2022

ހުށަހެޅޭ މައްސަލަތަކުގައި އެންމެ ބޮޑު މަޤުސަދަކީ ދެ ފަރާތް ސުލްޙަކުރުން: ޖިހާދާ

09 ފެބުރުއަރީ 2022
ހުށަހެޅޭ މައްސަލަތަކުގައި އެންމެ ބޮޑު މަޤުސަދަކީ ދެ ފަރާތް ސުލްޙަކުރުން: ޖިހާދާ
02 ފެބުރުއަރީ 2022

ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ ބަޔާން ދިނުމަށް ނަންނޯޓު ކުރުމަށް ހުޅުވާލައިފި

02 ފެބުރުއަރީ 2022
ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ ބަޔާން ދިނުމަށް ނަންނޯޓު ކުރުމަށް ހުޅުވާލައިފި
08 ޖެނުއަރީ 2022

ބަދަލުނެގުމާ ގުޅޭ މައްސަލަތައް ނިންމަން އިންތިގާލީ އޮފީހަށް 18 މަސް ދީފައި އޮތް އޮތުން ބަދަލުކޮށް، މުއްދަތު އުވާލައިފި

08 ޖެނުއަރީ 2022
ބަދަލުނެގުމާ ގުޅޭ މައްސަލަތައް ނިންމަން އިންތިގާލީ އޮފީހަށް 18 މަސް ދީފައި އޮތް އޮތުން ބަދަލުކޮށް، މުއްދަތު އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް