Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ 2020

ޔޫރޯ 2020 - ޑެންމާކާއި ފިންލެންޑުގެ ކުރިމަތިލުން

12 ޖޫން 2021 | ހޮނިހިރު 09:04

ޑެންމާކާއި ފިންލެންޑް ވަނީ 59 ފަހަރު ބައްދަލުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 12 ޖޫން 2021 | ހޮނިހިރު 09:04
ފިންލެންޑް މެޗުގެ ކުރިން ޑެންމާކުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ފިންލެންޑް މެޗުގެ ކުރިން ޑެންމާކުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން

ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ކުޅުން ހުކުރު ދުވަހުގެރޭ ފަށާފައިވާއިރު، މި މުބާރާތުގެ ގްރޫޕް ބީ ގެ މެޗުތައް ހޮނިހިރު ދުވަހުގެރޭ ފަށާނެއެވެ. އޭގެ ތެރެއިން ގިނަ ބެލުންތެރިންގެ ލޯ ހުއްޓިފައިވާ އެއް މެޗަކީ ގްރޫޕް ބީ ގައި ޑެންމާކާއި ފިންލެންޑް ބައްދަލުކުރާ މެޗަށެވެ. މި މެޗު ކުޅޭނީ ޑެންމާކުގެ ޕާކެން ސްޓޭޑިއަމްގައެވެ. މި މެޗަށް ދަނޑުގެ 25 އިންސައްތަ މީހުން ވެއްދުމަށް ޑެންމާކުން ވަނީ ނިންމާފައެވެ.

މެޗުގެ ފަހު ފަރިތަކުރުންތައް ޑެންމާކުން ހުކުރު ދުވަހުގެ ހަވީރު ނިންމާލާފައިވާއިރު، މި ފަރިތަކުރުންތަކުގައި އިތުބާރު ފޯވާޑް ރޮބާޓް ސްކޯވްވެސް ވަނީ ބައިވެރިވެފައެވެ. މީގެ ކުރިން ބެލެވިފައި އޮތީ އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖުގެ ދެ މެޗު އޭނާއަށް ގެއްލޭނެ ކަމަށެވެ.

މީގެ ކުރިން ޑެންމާކާއި ފިންލެންޑް 59 ފަހަރު ބައްދަލުކޮށްފައިވާއިރު، އޭގެ ތެރެއިން 38 މެޗުން ޑެންމާލް ވަނީ މޮޅުވެފައެވެ. އަދި 10 މެޗު އެއްވަރުވެގެން ނިމުނުއިރު، އަނެއް 11 މެޗުން ފިންލެންޑް ވަނީ މޮޅުވެފައެވެ.

ޑެންމާކުގެ ކޯޗު ކެސްޕަ ހިލްމަންޑް ބުނީ ޓީމުގެ ފަރިތަކުރުންތައް އެންމެ ބޭނުންވި ގޮތަށް ނުކުރެވުނު ނަމަވެސް، ފިންލެންޑް މެޗަށް ނުކުންނާނީ ބަލިވާން ނޫން ކަމަށެވެ. އަދި މި މުބާރާތުގައި ކުޅޭ ކޮންމެ މެޗެއްވެސް ކުޅޭނީ މޮޅުވުމުގެ ރޫހުގައި ކަމަށާއި، އަމާޒަކީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔުން ކަމަށްވެސް ވަނީ ބުނެފައެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ފިންލެންޑުގެ ކޯޗު މާކިން ކެނޭވާ ބުނީ މި މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ފިޓްކޮށް ތިބުން ކަމަށެވެ. އަދި މެޗަށް ނުކުންނައިރު އެ ޓީމުން ފުރަތަމަ އެގާރާގައި ކުޅޭނެ ކުޅުންތެރިން އަދި ނުނިންމާ ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް އޭނާއަށް ހަމަހަމަ ކަމަށްވެސް ބުންޏެވެ. އަދި ޑެންމާކް މެޗުގައި ވިސްނާނީ ލިބޭ ފުރުސަތުތަކުގައި ބޭނުން ހިފުމަށް ކަމަށާއި، އެކަމަށް ފަރިތަކުރުންތަކުގައި އިސްކަން ދީފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ޔުއެފާ ޔޫރޯގެ ލޯކަލް އެކްސްކްލޫސިވް ބްރޯޑް ކާސްޓިން ރައިޓްސް ރާއްޖެޓީވީން ނަގާފައިވުމާއެކު، މި މެޗު ދިވެހި ރައްޔިތުންނާއި ހަމައަށް ވަގުތުން ރާއްޖެޓީވީން ގެނަސްދޭނެއެވެ. އެގޮތުން މެޗުގެ ކުރިން މައިލޯ ޔޫރޯ ފޯރި ޝޯ ރާއްޖެޓީވީން ގެނެސްދޭއިރު، މި ޝޯ ހުށަހަޅާނީ ރާއްޖެޓީވީގެ ކުޅިވަރު ނޫސްވެރިޔާ އިސްމާޢީލް ޝާހެވެ. ޝާހާއެކު އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާނީ ގްރޫޕް ބީ ގެ އެނަލިސްޓު މުޙައްމަދު ނިޒާމް (ނިޒާމްބެ) އެވެ. މީގެ އިތުރުން ޕްރީ-ޝޯގައި ޚާއްސަ މެހުމާނެއްވެސް ބައިވެރިވާނެއެވެ.

ޑެންމާކާއި ފިންލެންޑް ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެރޭ 21:00 ގައެވެ.

ޑެންމާކްފިންލެންޑްޔުއެފާ ޔޫރޯޔޫރޯ 2020

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

26 ޖޫން 2023

21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް

26 ޖޫން 2023
21 އަހަރުން ދަށުގެ ޔޫރޯ: ކުޅުނު ދެ މެޗުން މޮޅުވެ، އިންގްލެންޑް ކުއާޓަރއަށް
12 އޮކްޓޯބަރު 2022

ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި

12 އޮކްޓޯބަރު 2022
ޑެންމާކް، ފިންލެންޑް، ނޯރވޭ އަދި ސްވިޑްން ގުޅިގެން، އަންހެނުންގެ ޔޫރޯ 2025 ހޯސްޓުކުރުމަށް ބިޑުކޮށްފި
20 ސެޕްޓެމްބަރު 2022

ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ

20 ސެޕްޓެމްބަރު 2022
ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރަޝިޔާއަށް ބައިވެރިއެއްނުވެވޭނެ
01 އޯގަސްޓު 2022

ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!

01 އޯގަސްޓު 2022
ވިމެންސް ޔޫރޯގެ ފައިނަލް ބެލުމަށް ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް!
01 ޖޫން 2022

ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި

01 ޖޫން 2022
ދެބައްރުގެ ގަދަހިފުން އާޖެންޓީނާ ކާމިޔާބުކޮށްފި
01 ޖޫން 2022

ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ

01 ޖޫން 2022
ހޯދުނު ކާމިޔާބީތަކާމެދު އުފާކުރަން: ކިއެލީނީ
24 މާރިޗު 2022

ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި

24 މާރިޗު 2022
ޔޫރޯ 2028 އަދި 2032 ހޯސްޓު ކުރުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2021

ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު

29 ސެޕްޓެމްބަރު 2021
ދެ ބައްރުގެ ޗެމްޕިއަނުންގެ ކުރިމަތިލުން އަންނަ އަހަރު
14 ޖުލައި 2021

ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ

14 ޖުލައި 2021
ފައިނަލަށްފަހު މާރާމާރި ހިންގި ސަޕޯޓަރުންގެ މައްސަލަ ބަލަނީ
13 ޖުލައި 2021

ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު

13 ޖުލައި 2021
ރާއްޖެޓީވީގެ ޔޫރޯ ކަވަރޭޖަށް އެނަލިސްޓުންނާއި ކުޅިވަރު އާއިލާގެ ތައުރީފާއި ހިތްވަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް