Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަލިފުށީ ދާއިރާގެ މެންބަރު ބިގޭ

ބިގޭއަކީ ބަސްފުޅުމަދު، އަމަލުފުޅުގިނަ ސިޔާސީ ލީޑަރެއް- ފަރސްޓް ލޭޑީ

ފަޒްނާ ވަނީ ބިގޭއަކީ ބަސްމަދު، އަމަލު ގިނަ ލީޑަރެއްކަމަށް ވިދާޅުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ޖޫން 2021 | ހުކުރު 16:25
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ)އަކީ ސިޔާސީ ތަޖުރިބާހުރި ހީވާގި ލީޑަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާވަނީ ޖަލުގައި ބިގޭ ހޭދަކުރެއްވި ދުވަސްތަކުގެ މަތިން ހަނދާން އައު ކުރައްވައި، ބިގޭއަކީ ހަގީގަތުގައިވެސް "ބިގް ހެޑް"އެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

Advertisement - newsAdvertisement

ފަޒްނާ އެހެން ވިދާޅުވެފައިވާއިރު ބިގޭއަށް 'ބިގްހެޑް'ގެ ނަމުން ނަންދިނީ އޭނާގެ ޓީޗަރެއްކަމަށް ހުކުރު ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ބިގޭ ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި ބިގޭ ވަނީ އިމްތިޔާޒު ކޮމިޓީއަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލި މައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުން ކުރައްވަމުން ގެންދަވާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

"ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ، ރައީސް ވިދާޅުވެގެން ކަމަށް ބުނެ އެއްވެސް މީހަކަށް ނުވަތަ މެމްބަރަކަށް ގުޅުއްވާފައިނުވާނެ ކަމަށެވެ. އަދި އެދުވަހު ރައީސަށް ވެސް ގުޅުއްވައިގެން ވާހަކަ ދެއްކެވިފައި ނެތް ކަަމަށް ބިގޭ ވިދާޅުވިއެވެ. 

ވެރިކަން ކުރާ އެމްޑީޕީން ކުރި އިންސާފުގެ ދަތުރުގައި ކުރައްވަން ޖެހިވަޑައިގެން ހިތި ތަޖުރިބާތަކުގެ މައްޗަށްވެސް މި ޕްރޮގްރާމްގައި ބިގޭ އަލި އަޅުއްވާލެއްވިއެވެ.

ބިގޭއަށް ދޫނިދޫ ޓިނު ގޮޅީގައި ހަމަސް ދުވަސް އަނިޔާގެ ތެރޭގައި ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. އަދި ދޫނިދޫ ތިން ނަންބަރު ކުޑަގޮޅިގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޮންނަވަން ޖެހިވަޑައިގެންކަމަށް ބިގޭ ވިދާޅުވިއެވެ.

ބިގޭ އެ ވާހަކަތައް ދައްކަވާފައިވާ ދަނޑިވަޅެއްގައި ފަޒްނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ބިގޭ ޖަލުގައި 5 އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކުރައްވާފައިވާއިރު، ޒުވާން އުމުރުފުޅުގެ ގިނަ ދުވަސްތައް ހޭދަކުރެއްވީ އަރުވާލުމާއި ގޭބަންދުގައި ކަމަށެވެ. ބިގޭ ވާހަކަދައްކަވަނީ ސީދާ މައުޟޫއަށްކަން ފާހަގަ ކުރައްވައި ފަޒްނާ ވިދާޅުވީ، ވަކި މީހަކު މޮޅުކޮށް ދެރަކޮށްފައި ބިގޭ ވާހަކަ ނުދައްކަވާކަން ފާހަގަ ކުރެއްވެވުނު ކަމަށެވެ. އަދި ނިންމުންތައް ނިންމެވުމުގައިވެސް ބިގޭ އިސްކަން ދެއްވަނީ ވަގުތާއި ހާލަތަށް ބައްލަވައި އެ އިރަކު ގައުމަށް އެންމެ ފައިދާހުރި ގޮތަކަށްކަމަށް ބިގޭ ވިދާޅުވި ވިދާޅުވުން ފަޒްނާ ފާހަގަ ކުރެއްވިއެވެ.

ފަޒްނާ ވަނީ ބިގޭއަކީ ބަސްފުޅުމަދު، އަމަލުފުޅު ގިނަ އަދި ހީވާގި ލީޑަރެއްކަން ހާމަވެގެން ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

ދޫނިދޫއާއި ގާމާދޫ ޖަލު ހިމެނޭހެން ހުރިހާ ޖަލެއްގައި ފަސް އަހަރު ދުވަހު ޖަލު ހުކުމް ތަންފީޒު ކުރެއްވުމަށް ފަހު، ހުކުމުގެ ބާކީބައި ފުރިހަމަ ކުރައްވަން ބިގޭ ދެން ހުންނެވީ ހއ.ހޯރަފުށީގައެވެ. އެރަށުގައި އެއްއަހަރު ހޭދަކުރެއްވުމަށް ފަހު ދެން ހުންނެވީ ރ.އަލިފުށީގައެވެ.

އިންސާފުގެ ދަތުރުގައި 1990 ވަނަ އަހަރު ޖަލު ހަޔާތް ފެއްޓެވި ގޮތަށް އެކަމުން މިނިވަންވެވަޑައިގެން އަލުން ސިޔާސީ ހަޔާތަށް ބިގޭ ނިކުންނެވީ 1999 ވަނައަހަރުގައެވެ. ބިގޭ ވިދާޅުވީ، ލިބިވަޑައިގެންނެވި އަނިޔާއާ އެކުވެސް ހުންނެވީ އިސްލާހީ މަސައްކަތުގައި ކަމަށެވެ. އަދި ދެން ވެސް ދެމިހުންނަވާނީ އެގޮތުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުފަށާއިރުބިގޭއަލިފުށީ ދާއިރާގެ މެންބަރު ބިގޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ބިގޭ ގައުމުގެ ޒުވާނުންނަށް: ގައުމު މިދާ ނުރައްކާތެރި މިސްރާބުން ސަލާމަތް ކުރުމަކީ ޒުވާނުންގެ ފަރުދީ ޒިންމާއެއް!

ބިގޭ ގައުމުގެ ޒުވާނުންނަށް: ގައުމު މިދާ ނުރައްކާތެރި މިސްރާބުން ސަލާމަތް ކުރުމަކީ ޒުވާނުންގެ ފަރުދީ ޒިންމާއެއް!

17 އޮކްޓޯބަރު 2025
މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

03 އޮކްޓޯބަރު 2025
25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު