Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޣައިރު ގާނޫނީ އަމުރު

ޣައިރު ގާނޫނީ އަމުރަށް ތަބާވާނަމަ ކުރިއަށް އޮތް ޖީލު ސަލާމަތް ނުކުރެވޭނެ: ބިގޭ

މުޅި ގައުމުން އިވެމުންދަނީ އިހުމާލާއި، އަނިޔާގެ ވާހަކަ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2025 | އާދީއްތަ 08:27
އެމްޑީޕީ ކުއްލި އެއްވުމުގައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަދައްކަވަނީ

އެމްޑީޕީ ކުއްލި އެއްވުމުގައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާހަކަދައްކަވަނީ

ސަލާމަތީ ބާރުތަކުން ޣައިރު ގާނޫނީ އަމުރަށް ތަބާވާނަމަ ކުރިއަށް އޮތް ޖީލު ސަލާމަތް ނުކުރެވޭނެ ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އާއްމު ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާތީ އެމްޑީޕީން ބޭއްވި ކުއްލި ބައްދަލުވުމުގައި ބިގޭ ވިދާޅުވީ މުޅި ގައުމުން އިވެމުންދަނީ އިހުމާލާއި، އަނިޔާގެ ވާހަކަ ކަމަށާއި، އިންސާފު ހޯދުމަށް ނުކުންނަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިޝާރާތް ކުރައްވައި ބިގޭ ވިދާޅުވީ މިއީ އަނިޔާވެރި ސަރުކާރެއް ކަމަށާއި، އިންސާފުން ނެއްޓިފައިވާ ސަރުކާރެއް ކަމަށެވެ. މި ސަރުކާރު ހަމަ މަގަށް އެޅުވުމަށް ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށާއި، މަސައްކަތް ކުރެވޭނީ މަގުމަތިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މަސައްކަތް ކުރުމަށް ގާނޫނޫ އިމުގެ ތެރެއިން ރައްޔިތުންނަށް ލިބިދީފައިވާ ހައްގު ބަސް ބުނުމުގެ ހައްގު އެންމެ ފުޅާ މިނުގައި ބޭނުންކުރުމުގެ ފުރުސަތު ފުލުހުންނާއި ސިފައިން ވެސް ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ބިގޭ ވިދާޅުވީ ސަރުކާރު ބަދަލުވާނެ ކަމަށާއި، އެއިރެއްގައި އޮންނަ ސަރުކާރެއްގެ ނުފޫޒު ފުލުހުންގެ އިދާރަށް ފޯރާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ފުލުހުންގެ އިދާރާ ހިންގަންޖެހޭނީ މިނިވަންކަމާއެކު ކަމަށާއި، އެކަން ކުރެވޭނީ ފުލުހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ. ގައިރު ގާނޫނީ އަމުރުތަކަށް ނޫނެކޭ ބުނަންޖެހޭ ކަމަށާއި، ގައިރު ގާނޫނީ އަމުރަށް ތަބާވާނަމަ ކުރިއަށް އޮތް ޖީލު ސަލާމަތް ނުކުރެވޭނެ ކަމަށް ބިގޭ ވިދާޅުވިއެވެ.

އަޅުގަނޑުމެން ނުކުމެ މިތިބީ ދިވެހި ޒުވާނުންގެ ހައްގުގައި. އަޅުގަނޑުމެން ނުކުމެ މިތިބީ ބަލި އެދުގައި އޮތް މީހާގެ ހައްގު ކަށަވަރުކުރުމަށް. އަޅޫގަނޑުމެން ނުކުމެ މިތިބީ ދިވެހި ފުލުހުންގެ ތެރޭގައި އޮތް ޒުވާން އާބާދީގައި އޮތް ހައްގުގައި. އަޅުގަނޑުމެން ނުކުމެ މިތިބީ ދިވެހި ތޮބުވެތި އެންމެހާ ރައްޔިތުންގެ ހައްގުގައި. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އަޅުގަނޑުމެންގެ ހައްގުތައް ގެއްލިގެން ގޮސްފައިވާތީ އެކަން ކަށަވަރު ކުރުމަށް ހައްގުތަށް ހޯދުމަށް މަސައްކަތް. އަޅުގަނޑު ދިވެހި އާބާދީގެ ބޮޑު ބައެއް ހިމެނޭ އެންމެ ގިނަ ޒުވާނުންނަށް ދަންނަވާލަން ބޭނުން ޒުވާނުންގެ ހައްގުގައި ދިވެހި ރާއްޖެއަކީ ޒުވާނުންގެ މުސްތުގުބަލަށްޓަކައި އެބޭފުޅުންގެ ހައްގެއް ޒިންމާއެއް އޮތް ކަމެއްގައި ދިވެހި ރައްޔިތުންގެ އަންނަން އޮތް ޖީލުތަކުގެ ހައްގުގައި ޒުވާނުން ތެދުވަންވީ ވަގުތު މިއީ.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ބިގޭ ވިދާޅުވީ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، ވެރިކަން ފެށިގެން އަންނަނީ ވެސް ރައްޔިތުންނާ ހިސާބުން ކަމަށެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުނުވެ ހުދުމުހުތާރު ވެރިކަމެއް ކުރަމުންދާނަމަ އެގައުމު ހުރިހާ ދާއިރާއަކުން ވެސް ދާނީ ފަހަތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަލާމަތީ ބާރުތަކުން ރާއްޖެ ފަހަތަށް ދިއުމުގެ ފުރުސަތު ނުދިނުމަށް ބިގޭ ގޮވާލެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު